Advertisement
ކ. މާލެ
|
29 ޖުލައި 2019 | ހޯމަ 12:13
ސިވިލް ކޯޓު ހިންގަމުން އަންނަ ޖަސްޓިސް ބިލްޑިން
ސިވިލް ކޯޓު ހިންގަމުން އަންނަ ޖަސްޓިސް ބިލްޑިން
ރާއްޖެއެމްވީ
ސިވިލް ކޯޓު
ބީއެމްއެލުން ބޭނުންވާ ގޮތަށް އަމުރު ނެރެދެވޭކަށް ނެތް: ސިވިލް ކޯޓު
ކޯޓު އަމުރެއް ނެތި ގާނޫނީ ގޮތުން މައުލޫމާތު ދޭން ނުޖެހޭ ކަމަށް ކަނޑައަޅައި ދިނުމަށް ބީއެމްއެލުން އެދުނު
ޚިޔާނާތުގައި ބީއެމްއެލް އިން އިހުމާލުވެފައިވާ ކަމަށް ކުރާ ތުހުމަތުތަކަށް އެ ބޭންކުން އިންކާރު ކުރޭ
ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފްގެ މައްސަލަ ފުލުހުން ދަނީ ބަލަމުން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސިވިލް ކޯޓަށް ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނާއި ދެކޮޅަށް ހުށަހެޅި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް އެކޯޓުން އަމުރު ކޮށްފިއެވެ.

ބީއެމްއެލް އިން އެސެޓް ރިކަވަރީ ކޮމިޝަނާއި ދެކޮޅަށް ހުށައަޅާފައިވާ މައްސަލައިގައި ކޯޓުގައި އެދިފައިވަނީ ކޮމިޝަނުން އެދޭ މައުލޫމާތު ނުދޭ މުއައްޒަފުންނާއި މެދު ފިޔަވަޅު ނޭޅުމަށް އަމުރެއް ނެރެދިނުމަށާއި ކޯޓު އަމުރެއް ނެތި ގާނޫނީ ގޮތުން މައުލޫމާތު ދޭން ނުޖެހޭ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ނަމަވެސް ސިވިލްކޯޓުން ހޯމަ ދުވަހު ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް ކަނޑައަޅައި ހުކުމް ކޮށްފައެވެ.

Advertisement

ރާއްޖޭގައި މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑު ޚިޔާނާތް އެމްއެމްޕީއާރުސީ ތެރެއިން ހިންގާފައިވާއިރު އޭގެ އެއްވެސް ފައިސާއެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ. އެ ޚިޔާނާތުގައި ބީއެމްއެލް އިން އިހުމާލުވެފައިވާ ކަމަށް ކުރާ ތުހުމަތުތަކަށް އެ ބޭންކުން ވަނީ އިންކާރު ކޮށްފައެވެ. އާދަޔާ ޚިލާފު މުއާމަލާތެއް ކުރާ ކަމުގައިވާނަމަ އެކަން އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓުގެ (އެފްއައިޔޫގެ) ސަމާލު ކަމަށް އަބަދުވެސް ގެންނަ ކަމަށާއި އެސްއޯއެފްގެ މުއާމަލާތް ސަމާލު ކަމަށް ގެނެސްފައިވާނީ ހަމައެކަނި އެޔުނިޓަށް ކަމަށް ބޭންކުން ވަނީ އަންގާރަ ދުވަހު އޮތް ކޮމިޓީގައި ބުނެފައެވެ. ހުރިހާ ކަމެއް ވެސް ކޮށްފައި ވާނީ ގާނޫނުތަކާއި ގަވައިދުތަކާއި ބޭންކުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް ބޭންކުން ބުނެއެވެ.

މީގެ ކުރިން ތަހުގީގު އިދާރާތަކަށް ބީއެމްއެލުން އެއްބާރުލުން ދިން ނަމަވެސް މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ބޭންކުން ވަނީ ތަހުގީގީ އިދާރާތަކުން ބޭނުންވާ މައުލޫމާތު ދެވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ނިންމާފައެވެ. ބީއެމްއެލުން ބުނީ މައުލޫމާތު ނުދިނުމަށް ކަނޑައެޅީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ބ) އާއި ހައިކޯޓުން މިއަހަރު ނެރެފައިވާ ގަޒިއްޔާއަކާއި ހަވާލާދީ ކަމަށެވެ.

ބީއެމްއެލްގެ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވާއިރު އެބޭންކުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ސައްހަ ނޫން މައުލޫމާތު ދެއްވި މައްސަލައިގެ ތަހްގީގު ފުލުހުން ވަނީ ފަށާފައެވެ. އެމައްސަލައިގައި ބީއެމްއެލުން އެއްބާރުލުން މިހާތަނަށް ދީފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް