Advertisement
ކ. މާލެ
|
29 ޖުލައި 2019 | ހޯމަ 11:41
ރާއްޖެޓީވީގެ ކުރީގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ
ރާއްޖެޓީވީގެ ކުރީގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިިލިސް 2019
ފިޔާޒްގެ ނަމާއެކު އިންފޮމޭޝަން ކޮމިޝަނަރު މަގާމަށް 4 ނަމެއް
މި މަގާމަށް މީހަކު އައްޔަންކުރަނީ ،މި ވަގުުތު ހުންނެވި އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރުގެ މަގާމްގެ މުއްދަތު 22 ވަނަ ދުވަހު ހަމަވެފައިވާތީ
އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތުތަކީ ދައުލަތުގެ އިދާރާތަކުން ހާމަކުރަންޖެހޭ މައުލޫމާތު ވީހާވެސް ހާމަކަން ބޮޑުކޮށް ހާމަކުރުން
ނަންތައް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައި

ރާއްޖެޓީވީގެ ކުރީގެ ސީއީއޯ ހުސެއިން ފިޔާޒްގެ ނަމާއެކު އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމަށް ހަތަރު ނަމެއް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުވައިފިއެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލިސް ޖަލްސާގައި އެ ހަތަރު ނަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިއުލާން ކުރައްވާފައެވެ. އިއުލާން ކުރެއްވުމަށް ފަހު، އެ ނަންތައް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

Advertisement

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަންކުރަން ފެންނަ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތަކަކީ:

  • ހުސައިން ފިޔާޒް މޫސާ
  • އަހްމަދު ފަޔާޒް
  • އަހްމަދު އާހިދް ރަޝީދު
  • ފާތިމަތު ސައުޝަން

އިންފޮރމޭޝަން ކޮމިޝަނަރު ކަމަށް ބޭފުޅަކު އައްޔަން ކުރަނީ، އެ މަގާމުގައި މި ވަގުތު ހުންނެވި އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރުގެ މަގާމްގެ މުއްދަތު މި މަހުގެ 22 ވަނަ ދުވަހު ހަމަވާތީއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތުތަކަކީ ދައުލަތުގެ އެކި އިދާރާތަކުން ހާމަކުރަންޖެހޭ މައުލޫމާތު ހާމަކުރުމަށް ބާރު އަޅައި، އެ ކަމަށް ހުރި ހުރަސްތައް ނައްތާލުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް