Advertisement
ކ. މާލެ
|
28 ޖުލައި 2019 | އާދީއްތަ 19:12
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ޕްރޭޑް
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ޕްރޭޑް
ރާއްޖެއެމްވީ
މިނިވަން ދުވަސް
މިނިވަން ދުވަހާއި ގުޅިގެން ޣިޔާސުއްދިން އިންޓަނޭޝަނަލް ސްކޫލްގެ ޕެރޭޑް ހުޅުމާލެގައި ބާއްވައިފި
މި ޕެރޭޑް ބާއްވަފައި ވަނީ އާދިއްތަ ދުވަހު ހަވީރު

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ފަރާތުން މިނިވަން ދުވަހާއި ގުޅިގެން ހުޅުމާލޭގައި ޕެރޭޑެއް ބާއްވައިފިއެވެ.

އާދިއްތަ ދުވަހު ހަވީރު ބޭއްވި މި ޕެރޭޑާއި ގުޅޭގޮތުން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ޝިރުމީނާ ފަހީމް ވިދާޅުވީ މި ޕެރޭޑަކީ މިނިވަން ދުވަހާއި ގުޅިގެން ހުޅުމާލެގައި ދިރުއުޅޭ ރައްޔިތުންނަށް ޕެރޭޑް ދައްކާލުމުގެ މަގްސަދުގައި ބޭއްވި ޕެރޭޑެއް ކަމަށެވެ. އަދި އެ ސްކޫލަކީ އިންޓަނޭޝަނަލް ސްކޫލަށްވެފައި ކެޑޭޓް ކޯ ނޯންނާތީ އެހެން ސްކޫލްތާކައި އެކު ބޭންޑް ހަރަކާތްތައް ބޭއްވެން ނެތް ކަން ޝިރުމީނާ ވަނީ ފާހަގަ ކުރައްވަފައެވެ.

ޢިޔާސުއްދީން ސްކޫލުން ދާދިފަހުން ވަނީ އެސްކޫލަށް ދިފަ އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މާލޭގައި ވެސް ޕްރޭޑް ބާއްވަފައެވެ.

Advertisement

ފުޅަނަދު ތަކާއި އެކު ކުރިއަށްދިޔަ އެ ޕެރޭޑް ގައި ސްކޫލްގައި ހިންގާ ހުރިހާ ހަރަކާތްތަކެއް ވަނީ ދައްކުވައިދީފައެވެ.

"މާލޭގައި ބޭއްވި ޕެރޭޑް މާލޭގެ ރައްޔިތުންނަށް ފެނިފައިވުމުން މި ފަހަރު ޕެރޭޑް ބޭޢްވުމުގެ މަގްސަދަކަށްވީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޕެރޭޑް ދައްކާލުން" ޝިރުމީނާ ވިދާޅުވިއެވެ.

މި ޕެރޭޑް ކުރިއަށް ގެންގޮސްފައިވަނީ ހިތިގަސް މަގު، ކުރިދިމާ ހިނގުން، ނިރޮޅު މަގު އަދި ހުވަދުމާހިނގުމުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް