Advertisement
ކ. މާލެ
|
28 ޖުލައި 2019 | އާދީއްތަ 12:28
މީޑިއާނެޓު އޮފީސް ތެރެ
މީޑިއާނެޓު އޮފީސް ތެރެ
ރާއްޖެއެމްވީ
މީޑިއާނެޓް
ބައެއް ޗެނަލްތައް ފެނުން ދަތިވަނީ ޑައުންލިންކަށް ދިމާވާ އިންޓަފެރެންސެއްގެ ސަބަބުން: މީޑިއާނެޓް
ޖުލައި މަހުގެ 26ން ފެށިގެން މީޑިއާނެޓުގެ ބައެއް ހިދުމަތްތަކަށް ވަނީ ބުރޫ އަރާފައި
ޑައުންލިންކް ސިގްނަލް އަށް ދިމާވާ އިންޓަފެރެންސެއްގެ ސަބަބުން ބައެއް ޗެނަލްތަކުން ދައްކާ މަންޒަރުތައް ފްރީޒްވުން ފަދަ ކަންކަން ދިމާވަމުންދޭ
މިހާރު ދަނީ އިންޓަފެރެންސް މެދުވެރިވާން ދިމާވާ ސަބަބު ހޯދާ އެކަމަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން

މީޑިއާނެޓުގެ ބައެއް ޗެނަލްތައް ފެނުން ދަތިވަނީ ޑައުންލިންކަށް ދިމާވާ އިންޓަފެރެންސެއްގެ ސަބަބުން ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މީޑިއާނެޓުން އާދިއްތަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޖުލައި މަހުގެ 26ން ފެށިގެން މީޑިއާނެޓުގެ ބައެއް ހިދުމަތްތަކަށް ބުރޫ އަރާފައި ވާކަމަށެވެ.

އެ ކުންފުނީގެ ޑައުންލިންކް ސިގްނަލް އަށް ދިމާވާ އިންޓަފެރެންސެއްގެ ސަބަބުން ބައެއް ޗެނަލްތަކުން ދައްކާ މަންޒަރުތައް ގަނޑުވުން ފަދަ ކަންކަން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ދިމާވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް މީޑިއާނެޓުން ބުނެފައިވެއެވެ.

Advertisement

މީގެ އިތުރުން، އެ ކުންފުނިން މިހާރު ދަނީ އިންޓަފެރެންސް މެދުވެރިވާން ދިމާވާ ސަބަބު ހޯދާ އެކަމަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާ ދަތިތަކާއިމެދު މީޑިއާނެޓުން މާފަށް އެދިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް