ކ. މާލެ
|
28 ޖުލައި 2019 | އާދީއްތަ 11:45
ހޮންކޮންގްގެ ސަރުކާރުގެ ކުށްވެރިން ބަދަލުކުރުމާ ބެހޭ ބިލް ގާނޫނު ހަދާ މަޖްލީހުން ބޭރުކުރުމަށް ގިނަ އަދަދެއްގެ އާންމުން ދަނީ ގޮވާލަމުންނެވެ
ހޮންކޮންގްގެ ސަރުކާރުގެ ކުށްވެރިން ބަދަލުކުރުމާ ބެހޭ ބިލް ގާނޫނު ހަދާ މަޖްލީހުން ބޭރުކުރުމަށް ގިނަ އަދަދެއްގެ އާންމުން ދަނީ ގޮވާލަމުންނެވެ
ޓްވިޓަރ
ހޮންކޮންގް މުޒާހަރާ
ހޮންކޮންގް ފުލުހުންނާ ކުރިމަތިލި 11 މީހަކު ހައްޔަރުކޮށްފި
ހަމަނުޖެހުމުގައި ހައްޔަރު ކޮށްފައިވަނީ 18 އަހަރާ 68 އަހަރާ ދެމެދުގެ މީހުން

ޖުލައި 27 ވަނަ ދުވަހު ހޮންކޮންގައި އާންމުންނާ ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި ފުލުހުންނަށް ހަމަލާދީ ތޫނު އެއްޗެހި ބޭނުން ކުރުމުގެ ސަބަބުން 18 އަހަރާ 68 އަހަރާ ދެމެދުގެ 11 މީހަކު ހައްޔަރު ކޮށްފިއެވެ.

ހޮނިހިރު ދުވަހު ހޮންކޮންގެ ޔުއެން-ލޯންގް ގައި މުޒާހަރާ ކުރަމުންދިޔަ އާންމުން ހުއްޓުވުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރެއިން ދެ ފަރާތުގެ މެދުގައި ހިނގި ކުރިމަތި ލުމުގައި ފުލުހުންވަނީ ރަބަރު އުންޑަ އަދި ކަރުނަ ގޭސް ބޭނުންކޮށްފައެވެ. މުޒާހަރާގެ ބައިވެރިންވަނީ ގާ އަދި ފުޅި ފަދަ ތަކެތިން ފުލުހުންނަށް ހަމަލާދީފައެވެ.

މުޒާހަރާގެ ބައިވެރިންވަނީ "ޓްރައިޑް ގޭންގް" މެންބަރުންގެ ފަރާތުން އާދިއްތަ ދުވަހު ދިން ހަމަލާތަކަށް ފުލުހުން އެއްވެސް އަހައްމިއްޔަތުކަމެއް ނުދޭކަމަށް ބުނެފައެވެ. އަދި މި ހަމަލާތަކުން ލިބުނު އަނިޔާތައް މިނިވަންކަމާ އިންސާފުވެރިކަމާއެކު ތަހުގީގު ކުރުމަށް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ. އާދިއްތަ ދުވަހުގެ ހަމަލާތަކުގައި 45 ފަރާތަކަށް ވަނީ އަނިޔާ ލިބިފައެވެ.

ހޮންކޮންގްގެ ސަރުކާރުން ކުށްވެރިން ބަދަލުކުރުމާ ބެހޭ ބިލެއް އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށައެޅުމާއެކު ގިނަ އަދަދެއްގެ އާންމުންދަނީ ހޮންކޮންގްގެ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންނެވެ. މި މުޒާހަރާތަކާ ގުޅިގެން ހޮންކޮންގްގެ ސަރުކާރުން ބިލް ފާސްނުކޮށް މަޑު ޖައްސާލާފައި ވީނަމަވެސް އާންމުންދަނީ ގާނޫނު ހަދާ މަޖްލީހުން ބިލް ބޭރުކުރުމަށް ގޮވާލަމުންނެވެ.

- ކޮމެންޓް