Advertisement
ކ. މާލެ
|
28 ޖުލައި 2019 | އާދީއްތަ 10:54
ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާ ފަސް ފަނޑިޔާރުން
ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާ ފަސް ފަނޑިޔާރުން
މުހައްމަދު ޝަރުހާން
ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަން ކުރަން ނަން ފޮނުވާ ދުވަހުގެ މައުލޫމާތެއް ނުލިބޭ: ރައީސް އޮފީސް
ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ވަނީ ތަސްދީގު ކުރައްވާފައި
ދެ ފަނޑިޔާރުން އިތުރު ކުރުމުން އަހަރަކަށް 7.9 މިލިއަން ރުފިޔާ އަރާ
ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވީ ފަސް ފަނޑިޔާރުން

ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަން ކުރާ ދުވަހެއް އަދި އެނގިވަޑައި ނުގަންނަވާ ކަމަށާއި އެފަދަ މައުލޫމާތެއް އަދި އެނގިނުލައްވާ ކަމަށް ރައީސް އޮފީހުގެޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓު އިބްރާހިމްހޫދު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް ބަދަލުކޮށް ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.

ގާނޫނު އަސާސީގެ 148 ވަަނ މާއްދާގެ (ހ)ގެ ބުނެފައިވާ ގޮތުން ސުޕްރީމް ކޯޓުގެ އެންމެހާ ފަނޑިޔާރުން އައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. މިގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަންކުރާ މީހުން ކަނޑައަޅާނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފަހު ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ނަންތަކެއް ފާސްވުމުން ކަމަށެވެ. މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާ ބޭފުޅުންނަށް މަޖިލީހުން ރުހުން ދިނުމުން އެބޭފުޅުން ހަތް ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ޖެހެ އެވެ.

ހޫދު ރާއްޖެއެމްވީއަށް ވިދާޅުވީ ސުޕްރީމް ކޯޓަށް އަލަށް އައްޔަން ކުރާ ދެ ފަނޑިޔާރުން އައްޔަން ކުރައްވާނެ ދުވަހެއްގެ މައުލޫމާތު އެނގިނުލައްވާ ކަމަށެވެ. އަދި މައުލޫމާތު އެނގުނުހާ އަވަހަކަށް ހާމަ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

Advertisement

ހަތް ފަނޑިޔާރުންނަށް ބަދަލު ކުރުމަށް ހުށައެޅި އިސްލާހަށް މަޖިލީހުގައި ބަހުސް ކުރައްވަމުން ހެންވޭރު ހުޅަނގު ދާއިރާގެމެމްބަރު ހަސަން ލަތީފު ވިދާޅުވީއެކޯޓަށް ދެ ފަނޑިޔާރުން އިތުރު ކުރުމުން އަހަރަކަށް 7.9 މިލިއަން ރުފިޔާ އަރާ ކަމަށާއި އެޚަރަދު ކުޑަ ކުރެވިދާނެ ގޮތްތައް ކަނޑައަޅައި ދިނުމަށް ފިނޭންސް މިނިސްޓްރީއަށް ހުށައަޅުއްވާފައިވާނެ ކަމަށެވެ. ދައުލަތުގެ ބަޖެޓުން އެހާވަރުގެ ބޮޑު އަދަދެއް ޚަރަދު ކުރާއިރު އެއަށް ވުރެ ލުއި ގޮތެއް ހޯދުމަށް ކޮމިޓީއަށް ފެންނަ ކަމަށް ނިންމައި، ޚަރަދު ކުޑަކުރެވޭނެ ގޮތްތައް ކަނޑައަޅައި ފަނޑިޔާރުންނަށް ދާނެ ޚަރަދު އަލުން ފޮނުވައި ދެއްވުމަށް އެދި ފިނޭންސް މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވާނެ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ ފަސް ފަނޑިޔާރުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި، ފަނޑިޔާރު ޢަބްދުﷲ ޢަރީފް އާއި، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ އާއި، ފަނޑިޔާރު ޢަބްދުﷲ ދީދީ އާއި ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު އެވެ.

އާ ގާނޫނު އަސާސީގެ ދަށުން އެކުލަވާލެވުނު ސުޕްރީމް ކޯޓުގައި ފުރަތަމަ ތިއްބެވީ ވެސް 7 ފަނޑިޔާރުންނެވެ. ނަމަވެސް 2014 ވަނަ އަހަރުގެ ޑިސެމްބަރުގައި ކޯޓުތަކަށް ގެނައި އިސްލާހާއެކު ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލުކޮށް އުއްތަމަ ފަނޑިޔާރާއި އެކު ފަސް ފަނޑިޔާރުން ތިއްބަވާ ގޮތަށް ބަދަލު ކުރިއެވެ.

2010 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް މުސާރައިގެ ގޮތުގައި 73،125 ރުފިޔާ ލިބިލައްވައެވެ. އަދި ކާރުކޮޅު، މެޑިކަލް އިންޝިއުރެންސްގެ ގޮތުގައި 12،500 ރުފިޔާ މުސާރައިގެ އިތުރުން ލިބިލައްވައެވެ. މީގެ އިތުރުން ސުޕްރީމް ކޯޓުގެ ކޮންމެ ފަނޑިޔާރަކަށް މުސާރައިގެ ގޮތުގައި 70،000 ރުފިޔާ އަދި ކާރުކޮޅު، މެޑިކަލް އިންޝިއުރެންސްގެ ގޮތުގައި 12،500 ރުފިޔާ މުސާރައިގެ އިތުރުން ލިބިލައްވައެވެ. މި އިނާޔަތްތަކާއި އެކު އިތުރު އެހެން އިނާޔަތްތަކާއި އެކު ހަތް ފަނޑިޔާރުންނަށް ބަދަލު ކުރުމުން އަހަރެއްގެ މައްޗަށް ހަތް ފަނޑިޔާރުންނަށް 7.9 މިލިއަން ރުފިޔާ އަރައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް