Advertisement
ކ. މާލެ
|
28 ޖުލައި 2019 | އާދީއްތަ 08:37
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ޓްވިޓަރ
54 ވަނަ މިނިވަންދުވަސް
މިނިސްޓަރގެ ޝުކުރު ހުރިހާ ސުކޫލު ތަކާއި، ކުންފުނިތަކުގެ އިތުރުން އެމް.އެން.ޑީ.އެފްއަށް
ޖުލައި 26 ވީ ހުކުރުދުވަހުގެ ރޭ ވަނީ އެމް.އެން.ޑީ.އެފް ގެ ފަރާތުން ހެވިކަމުގެ ކުޅިވަރުތައް ދައްކާލާފައި
ޖުލައި 27 ވަނަ ދުވަހު ކުރިޔަށްގެންދިޔަ ހަރަކާތް ތަކުގެ ތެރޭގައި ސުކޫލު ދަރިވަރުންގެ އިތުރުން އެމް.އެން.ޑީ.އެފް ގެ ފަރާތުން ވަނީ މާލޭގެ ބޮޑެތި މަގުތަކުގައި ޕެރޭޑް ބާއްވާފަ

މިނިވަން ދުވަހުގެ މުނާސަބަތުގައި ފުޅަނދުތައް ތައްޔާރުކޮށްދެއްވި ކުންފުނިތަކަށާއި، އައިޓަމްތައް ތައްޔާރުކޮށްދެއްވި ސުކޫލުތައް އަދި އެމް.އެން.ޑީ.އެފް އަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ޝުކުރު އަދާކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ 54 މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުލައި 26 ވީ ހުކުރުދުވަހުގެ ރޭ ވަނީ އެމް.އެން.ޑީ.އެފް ގެ ފަރާތުން ހެވިކަމުގެ ކުޅިވަރުތައް ދައްކާލާފައިވާއިރު ސުކޫލު ތަކުގެ ދަރިވަރުން ވަނީ ރީތި ހުށައެޅުންތައް ހުށައަޅައިދީފައެވެ.

ޖުލައި 27 ވަނަ ދުވަހު ކުރިޔަށްގެންދިޔަ ހަރަކާތް ތަކުގެ ތެރޭގައި ސުކޫލު ދަރިވަރުންގެ އިތުރުން އެމް.އެން.ޑީ.އެފް ގެ ފަރާތުން ވަނީ މާލޭގެ ބޮޑެތި މަގުތަކުގައި ޕެރޭޑް ބާއްވާފައެވެ. އަދި 27 ވަނަ ދުވަހުގެރޭ ވަނީ ސަރުކާރުގެ ކުންފުނިތަކުން ފުޅަނދުބުރެއް ބާއްވާފައެވެ.

Advertisement

ޖުލައި 28 ވަނަ ދުވަހު ފުޅަނދުތައް އާއްމުކޮށް ދައްކާލުމާއި ފޮޓޯނެގުމުގެ އިންތިޒާމް، އެކުވެނި ވެލި ދަނޑު ސަރަހައްދުގައި ހަވީރާއި ރޭގަނޑު އޮންނާނެއެވެ.

ރާއްޖޭގެ 54 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަރަކާތްތައް ރައީސްގެ ދެކަނބަލުން ވަނީ ބައްލަވާލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް