ކ. މާލެ
|
28 ޖުލައި 2019 | އާދީއްތަ 08:36
ފުޅަނދުބުރުގެ ހަރަކާތުގެ ތެރެއިން
ފުޅަނދުބުރުގެ ހަރަކާތުގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
މިނިވަން ދުވަސް
މިނިވަން ދުވަހުގެ މުނާސަބަތުގައި ފުޅަނދުބުރުގެ ހަރަކާތް ބާއްވައިފި
މި ހަރަކާތައް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފަަ

ދެ އަހަރުގެ މެދު ކެނޑުމަކަށް ފަހު މިނިވަން ދުވަހުގެ ފުޅަނދުބުރު ހަރަކާތް ބާއްވައިފިއެވެ.

މި އަހަރުގެ މި ހަރަކާތްތަކަށް އާންމުންގެ ބޮޑުތަރުހީބެއް ލިބުނުއިރު މިއަހަރުގެ މިހަރަކާތް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވަނީ ބައްލަވައިލައްވައިފައެވެ. މިއަހަރުގެ ފުޅަނދުބުރުގައި ފަސް ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ. އެ ފަސް ކުންފުންޏަކީ ބީއެމްއެލް، އެމްޕީއެލް، އެމްޑަބްލިއުއެސްސީ، އެމްއޭސީއެލް އަދި ސްޓެލްކޯއެވެ.

މިހަރަކާތާ ބެހޭ ގޮތުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ދެ އަހަރަށް ފަހު މިހަރަކާތް އަލުން ފެށީ މިނިވަންދުވަހުގެ އުފަލުގައި ހުރިހާ ރައްޔިތުން ބައިވެރިކުރުމަށާއި ހާއްސަގޮތެއްގައި ކުޑަކުދިންނަށް މިނިވަންކަމުގެ އިހުސާސް އަދި ފޮނި މީރުކަން ހާމަކުރުމަށް ކަމަށެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މިހަރަކާތް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުން ވެދެއްވި އެހީތެރިކަމަށް ޝުކުރުއަދާ ކުރައްވާ ކަމަށެވެ.

ފުޅަނދުތަކާއެކު ދިވެހިންގެ ސަގާފަތް އަދި ކުޑަ ކުދިންގެ މެދުގައި މަސްހޫރު ކާޓޫނު ކެރެކްޓަރތައް ފެނިގެންދިޔައެވެ. އަދި ފުޅަނދުތައް ތައްޔާރުކުރެވިފައިވަނީ ފުޅަނދުބުރުގައި ބައިވެރިވެފައިވާ ކުންފުނިތަކުން ދޭ ހިދުމަތްތައް ދައްކުވައިދޭ ގޮތަށެވެ.

މިހަރަކާތް ބެލުމަށް ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ މާލޭގެ މަގުތަކަށް ނިކުމެފައެވެ.

- ކޮމެންޓް