Advertisement
ކ. މާލެ
|
27 ޖުލައި 2019 | ހޮނިހިރު 19:01
ދީޝާ ޕަޓާނީ
ދީޝާ ޕަޓާނީ
އިންޑިޔާ ޓުޑޭ
ދީޝާ ޕަޓާނީ
ބޮލަށް ލިބުނު އިންޖަރީ އެއްގެ ސަބަބުން ހަ މަސްވަންދެން ހަނދާން ނެތުން: ދީޝާ
އަނިޔާ ލިބުނީ ޖިމްނާސްޓިކް ހެދުމުގެ ތެރޭގައި

ޖިމްނާސްޓިކް ހަދަން އުޅުމުގެ ތެރޭގައި ބޮލަށް ލިބުނު އަނިޔާއަކާއި ގުޅިގެން ހަ މަސްދުވަސް ވަންދެން ކުރިންވެފައި ހުރި ކަންތައްތައް ހަނދާން ނެތުުނު ކަމަށް ދީޝާ ޕަޓާާނީ ބުނެފިއެވެ.

ބޮލީވުޑްގެ އަންހެން ތަރިންގެ ތެރެެއިން އެންމެ ފިޓްކޮށް ހުންނަ ދީޝާ އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ، ކޮންކްރިޓް ތަޅުން ގަނޑެއްގެ މަތީގައި ޖިމްނާސްޓިކް ހަދަމުން ދަނިކޮށް ދަނިކޮށް ބޯ ތަޅުންގަނޑު ގައި ޖެހި ހަމަސް ދުވަސް ވަންދެން ބައެއް ކަންތައްތައް ހަނދާން ނެތިގެން ދިޔަ ކަމަށެވެ. އެކަން ހިނގާދިޔައީ ކޮން އިރަކު ކަމެއް އުމުރުން 27 އަހަރުގެ ދީޝާ އެއް ނުބުނެއެވެ. އެކަަމަކު ލަފާކުރެވޭ ގޮތުން އެ ހާދިސާ ހިނގާފައިވަނީ ފިލްމު ކުޅުމުގެ ކުރިންނެވެ.

އެހެން ނަަމަވެސް އެ އަނިޔާގެ ސަބަބުން އޭނާގެ ޖިމްނާސްޓިކަށް އެއްވެސް ބޫރޫއެއްް ނާރާއެވެ. މިހާރުވެސް ލިބޭ ހުސް ވަގުތުތަކުގައި ޖިމްނާސްޓިކް ހަދަމުންދާ ދިޝާ ދެކޭގޮތުން އޭނާ މިހާރު ހުރި ހިސާބަށް އާދެވިފައިވަނީ ގިނަ ކަންތައްތަކެއް ކަޑަތު ކޮށްފައެވެ. ލިބޭ ހުސްވަގުތުތަކުގައި ދީޝާ އެންމެ ބޮޑު އިސްކަމެއް ދެނީ ޖިމްނާސްޓިކް ހެދުމަށެވެ.

Advertisement

ދިޝާ ބޮލީވުޑަށް ތައާރަފް ވެގެން ދިޔައީ ޝުޝަންތަ ސިންގްއާ އެކު ކުޅެފައިިވާ '' އެމްއެސް ދޯނީ'' ފިލްމުންނެވެ. އެ ފިލްމުގެ ކާމިޔާބީއާ އެކު އޭނާ ވަނީ ކުރުމުއްދަތެއްގެ ތެރޭ ފަސް ފިލްމެއް ކުޅެ، މިހާރު ދަނީ ހަ ވަނަ ފިލްމެއް ކުޅުމުގެ ތައްޔަރީތައް ވަމުންނެވެ.

އެމްއެސްދޯނީ ގެ އިތުރުން '' ބާގީ 2'' އަކީ ވެސް ދީޝާގެ ފާހަގަ ކޮށްލެވޭ ފިލްމެކެވެ. މި އަހަރު ނެރުނު ސަލްމާންޙާންގެ ބާރަތުން ވެސް ދިޝާ ފެނިގެން ގޮސްފައިވެއެވެ. ބޮލީވުޑަށް ނިކުތުމުގެ ކުރިން އޭނާ އެންމެ ފުރަތަމަ ކުޅެފައިވަނީ ''ލޯފާ'' ކިޔާ ތެލަގޫ ފިލްމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް