Advertisement
ކ. މާލެ
|
27 ޖުލައި 2019 | ހޮނިހިރު 17:13
ބްރިގޭޑިއަރ ޖެނަރަލް އަލީ ޒުހައިރު
ބްރިގޭޑިއަރ ޖެނަރަލް އަލީ ޒުހައިރު
އަވަސް
އެމްއެންޑީއެފް
ބްރިގޭޑިއަރ ޖެނަރަލް އަލީ ޒުހައިރު ރިޓަޔާ ކުރައްވައިފި
ރިޓަޔާ ކުރައްވާފައިވަނީ ބުރާސްފަތި ދުވަހު
30 އަހަރަށްވުރެ ގިނަ ދުވަސް ހިދުމަތް ކުރެއްވި
މިޑިއާ އަށް ހާމައެއް ނުކުރޭ

ކޯސްޓްގާޑްގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނަރަލް އަލީ ޒުހައިރު ސިފައިންގެ ވަޒީފައިން ރިޓަޔާ ކުރައްވައިފިއެވެ.

ރާއްޖެ.އެމްވީ އަށް އިތުބާރު ހުރި ގޮތެއްގައި އެނގިފައިވާ ގޮތުގައި އަލީ ޒުހައިރު ސިފައިންގެ ވަޒީފާއިން ރިޓަޔާ ކޮށްފައިވަނީ ބުރާސްފަތި ދުވަހުގައެވެ. ރިޓަޔާ ކުރައްވާފައިވަނީ 30 އަހަރަށް ވުރެ ދިގުމުއްދަތެއްގައި ސިފައިންގެއަށް ޚިދުމަތް ކުރެއްވުމަށް ފަހު ޝަރަފުވެރިކަމާ އެކުގައެވެ.

ސިފައިންގެ ރިޓަޔަރމެންޓް ގެ ގަވައިދު ބުނާ ގޮތުން ޝަރަފުވެރިކަމާއި އެކު ސިފައިންގެ ވަޒީފާ އިން ރިޓަޔަރ ކުރެވެނީ 20 އަހަރު ވުމުންނެވެ.

Advertisement

ޖެނަރަލް ޒުހައިރު ރިޓަޔަރ ކުރުމާ ގުޅޭ ގޮތުން ރަސްމީގޮތުން އެމްއެންޑީއެފް އިން އަދި އެއްވެސް މައުލޫމާތެއް މިޑިއާ އާއި ހިއްސާކޮށްފައިނެތެވެ.

މިކަމާއި ގުޅޭ ގޮތުން، އެމްއެންޑީއެފް ގެ އިސްތަރުޖަމާނު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، ސިފައިންގެ މިހުންނަށް ވަޒީފާދިނުމާއި ވަޒީފާއިން ވަކިވުމަކީ ސިދާ އެމީހެއްގެ އިދަރީ ކަންކަމަށް ގުޅުން ހުރިކަމެއް ކަމަށެވެ. އަދި އިތުރު ތަފްސީލެއް ނުދެއްވިކަމުގައި ވިޔަސް، ޖެނަރަލް ޒުހައިރު ރިޓަޔަރ ކުރިކަން އާޒިމް ދޮގުކޮށްފައެއް ނުވެއެވެ.

ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރ ކުރުމަށް ސިފައިންގެ ލެވަލްގައި ރަސްމިއްޔާތެއް ބޭއްވިކަމެއް އަދި މީޑިއާ އަށް ހިއްސާކޮށްފައިނެތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް