Advertisement
ކ. މާލެ
|
27 ޖުލައި 2019 | ހޮނިހިރު 16:56
ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވާހަކަ ދައްކަވަނީ
ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ރައީސް ޔާމިނުގެ ޝަރީއަތް
ރައީސް ޔާމިނުގެ ޝަރީއަތް އިންސާފްވެރިކަމާއެކު ގެންދިއުމަށް ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފި
ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު ސައީދު ވިދާޅުވީ ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވަނީ ސިޔާސީ ދައުވާއެއްކަމަށް
އެކައުންޓުގައި ހުރި ފައިސާ އެއްވެސް ފަރާތަކަށް އަތްނުލެވޭ ގޮތަށް އަދިވެސް އެބަހުރި އަދި އެ ފައިސާ ރައީސް ޔާމިނު ބޭނުން ނުކުރައްވާ: ސައީދު
ރައީސް ޔާމިނުގެ ޝަރީއަތް ކުރެއްވުމުގައި ބެންޗެއް ނެތް މައްސަލައަކީ ރައީސް ޔާމިނުގެ ވަކީލުންގެ ޓީމުގެ އިތުރުން ޕްރޮގްރެސިވް ކޯލިޝަނުން ކަންބޮޑުވާ ކަމެއްކަމުގައި ސައީދު ވިދާޅުވި

ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިނގެ މައްސަލައިގެ ޝަރީއަތް އަދުލުވެރި އިންސާފުވެރި ހާމަކަންބޮޑު ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.

ހޮނިހިރު ދުވަހު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުމުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު ސައީދު ވިދާޅުވީ ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވަނީ ސިޔާސީ ދައުވާއެއްކަމަށާއި ރައީސް ޔާމިނުގެ މައްޗައް ހިންގޭ ތަހުގީގަކީ އަދުލުވެރި ޝަރީއަތަކަށް ވާންޖެހޭނެ ކަމަށެވެ.

މަނީ ލޯންޑްރިންގެ ގާނޫނާއި ހިއުމަން ޓްރެފިކިންގ ގާނުނާއި އަދިވެސް އެހެން މުހިއްމު ގާނޫނުތައް ޔާމީނުގެ ޒައާމަތުގައި ފާސްކުރެއްވިކަމަށް އަލިއަޅުއްވާލާ ސައީދު ވިދާޅުވީ އެމްއެމްއާރުޕީސީގެ ހިޔާނާތުގައި 150 އެތަށް ބަޔަކު ޝާމިލުވާކަމަށާއި އޭގެތެރެއިން ވަކިން ރައީސް ޔާމިނުގެ ޝަރީއަތް ހިންގޭކަމީ ކަންބޮޑުވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.

މަނީ ލޯންޑްރިންގ ގެ މައްސަލައިގައި ސައީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ރިޕޯޓް ފުރަތަމަ އާންމުކޮށްފައިވަނީ 21 ފެބްރުއަރީ 2018 ގައި ކަމަށާއި ނަމަވެސް ވެރިކަން ނިމި އޭގެ އެއް އަހަރު ފަހުން ފާހަގަ ކުރައްވާ ކަންތައްތަކުން އިނގޭކަމަކީ ސިޔާސީ ނުފޫޒު މި ޝަރީއަތުގެ ތެރެއަށް ވަދެ، މުޅި މި މައްސަލަ ހަރާބު ވަމުން ދާ ކަމުގައެވެ.

Advertisement

އަދި އެކައުންޓުގައި ހުރި ފައިސާ އެއްވެސް ފަރާތަކަށް އަތްނުލެވޭ ގޮތަށް އަދިވެސް އެބަހުރިކަމަށާއި އެ ފައިސާ ރައީސް ޔާމިނު ބޭނުން ނުކުރައްވާކަމަށް ސައީދު ވިދާޅުވިއެވެ.

ރައީސް ޔާމިނުގެ ޝަރީއަތް ކުރެއްވުމުގައި ބެންޗެއް ނެތް މައްސަލައަކީ ރައީސް ޔާމިނުގެ ވަކީލުންގެ ޓީމުގެ އިތުރުން ޕްރޮގްރެސިވް ކޯލިޝަނުން ކަންބޮޑުވާ ކަމެއްކަމުގައި ސައީދު ވިދާޅުވިއެވެ.

ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު ޝިޔާމްވެސް ވަނީ ރައީސް ޔާމިނުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ސިޔާސީ ދައުވާއެއްކަމަށް ތުހުމަތުކުރައްވާފައެވެ. އަދި ޕީޖީން އެއްއަހަރުވަންދެން މި ދައުވާ ނުއުފުލާ އޮތީ ކީއްވެގެންކަމާއި މެދު ޝިޔާމް ވަނީ ސުވާލު އުފައްދަވާފައެވެ. އަދި އެއްވެސް އިރެއްގައި ރައީސް ޔާމިނުގެ މައްޗަށް ޝަރީއަތް ނުހިންގުމަށް ގޮވާނުލާކަމަށާއި ވަކާލާތު ކުރަނީ ކޮންމެ ދިވެހިރައްޔިތަކާއި ދޭތެރޭވެސް އޮންނަ އުސޫލުން އަދުލުވެރި އިންސާފުވެރި ޝަރީއަތެއް އޮންނަން ޖެހޭނެ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުން ނިންމާލަމުން ސައީދު ވަނީ 1 އޮގަސްޓުގައި ރައީސް ޔާމިން ބައިވެރިވެވަޑައިގަންނަވާ "ކޮބާ ނުވިއެއްނު" ނަމުގައި ކުރިޔަށް ގެންދިޔުމަށް ނިންމަވާފައިވާ ރެލީއަށް ވީހާވެސް ގިނަ ރައްޔިތުން ވަޑައިގެންދެއްވުމަށް އެދި ދައުވަތުއަރުވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް