Advertisement
ކ. މާލެ
|
27 ޖުލައި 2019 | ހޮނިހިރު 15:08
ވީހާވެސް ގިނަ ބަޔަކު މި ހަރަކާތުގައި ބައިވެރިވުމަށް މިނިސްޓްރީން އެދޭ
ވީހާވެސް ގިނަ ބަޔަކު މި ހަރަކާތުގައި ބައިވެރިވުމަށް މިނިސްޓްރީން އެދޭ
ޓްވިޓަރ
ހޯމް މިނިސްޓްރީ
ބައިނަލް އަގްވާމީ ރަހްމަތްތެރިކަމުގެ ދުވަސް ފާހަގަކުރަނީ
މި ހަރަކާތް އޮންނާނީ 30 ޖުލައި
އަތު ގުޅާލުން ފެށެނީ ހަވީރު 4.45 ގައި ރިންގު ރޯޑުގައި
މިއީ މި ހަރަކާތް ރާއްޖޭގައި ފާހަގަކުރާ ފުރަތަމަ ފަހަރު

2019 ވަނަ އަހަރުގެ ބައިނަލްއަގްވާމީ ރަހްމަތްތެރިކަމުގެ ދުވަސް (އިންޓަރނޭޝަނަލް ފްރެންޑްޝިޕް ޑޭ) ދުވަސް ފާހަގަކުރުމުގެ ގޮތުން އަތުގުޅާލުމުގެ ހަރަކާތެއް ބާއްވަން ހޯމް މިނިސްޓްރީން ނިންމައިފިއެވެ.

ހޯމް މިނިސްޓްރީން ބުނީ މި ހަރަކާތް އޮންނާނީ 30 ޖުލައިގެ ހަވީރު 4.45 ގައި ބޮޑު ތަކުރުފާނު މަގު "ރިންގު ރޯޑު" ގައި ކަމަށެވެ. މި ހަރަކާތުގައި ރާއްޖޭގައި ދިރިއުޅެމުން އަންނަ އެކި ގައުމުތަކުގެ މީހުން ވެސް ބައިވެރިވާނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހޯމް މިނިސްޓްރީން ބުނީ އަތުގުޅާލުމުގެ މި ހަރަކާތުގައި ވީހާވެސް ގިނަ މީހުން ބައިވެރިވާން އެދޭ ކަމަށާއި، ހަރަކާތުގައި ބައިވެރިވާން އަންނަ ފަރާތްތަކުން ، ގައުމީ ކުލައެއްގެ ހެދުމުގައި އައުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަތުގުޅާލުން ކުރިއަށްދާ ވަގުތު ގައުމީ ދިދަ، ހުރިހާ އެންމެންނަށް ފޯރުކޮށްދޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

Advertisement

މިއީ މި ހަރަކާތް ރާއްޖޭގައި ފާހަގަކުރާ ފުރަތަމަ ފަހަރެވެ.

އަތުގުޅާލުމުގެ ހަރަކާތް ކުރިއަށްދާ ވަގުތު ބޮޑު ތަކުރުފާނު މަގުގައި، މާލެ ވަށާ އިންޖީނުލީ އުޅަނދު ދުއްވުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މަނާ ކޮށްފައެވެ. ބޮޑުތަކުރުފާނުމަގުގައި، އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވާ ގަނޑިތަކަކީ ހަވީރު 4.30 އިން 6.00 އަށެވެ.

އެ ގަނޑިތަކުގައި ދުއްވޭނީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި، އެމްބިއުލެންސް، އާ ފުރާ މީހުން ބޭނުންކުރުމަށް ހުއްދަ ދެވޭ އުޅަނދާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކުރެވިފައިވާ އުޅަނދުތަކާއި، ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ދެމުން ގެންދާ ބަހުގެ ހިދުމަތުގެ އިތުރުން އެ ގަޑިތަކުގައި ދުއްވުމުގެ ހުއްދަ ދެވޭ އުޅަނދުތައް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް