Advertisement
ކ. މާލެ
|
27 ޖުލައި 2019 | ހޮނިހިރު 08:29
ރައީސް އިބްރާހިމް މުހައްމަދް ސޯލިހް
ރައީސް އިބްރާހިމް މުހައްމަދް ސޯލިހް
ޝުއައިބް މުހައްމަދު އިގްބާލް
މިނިވަން ދުވަސް
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހެވިކަމާއި ކުޅިވަރު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލައްވައިފި
ރައީސް ސޯލިހް އާއި އެކު އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވެސް ވަނީ ބައްލަވާލައްވައިފަ
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް ވެސް ވަނީ ބައިވެރިވެލައްވާފަ

54 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި ރަސްމީ ދަނޑުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ހެވިކަމާއި ކުޅިވަރުގެ ޕްރޮގްރާމްތައް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ބައްލަވާލައްވައިފިއެވެ.

ރައީސް ސޯލިހް އާއި އެކު އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވެސް ވަނީ ކުޅިވަރުތައް ބައްލަވާލައްވައިފައެވެ.

Advertisement

ރައީސް ގެ ދެކަނބަލުންގެ އިތުރުން ހެވިކަމާއި ކުޅިވަރު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު ޝަމްޞަދާ ވެސް ވަނީ ރަސްމީ ދަނޑަށް ވަޑައިގެންފައެވެ.

މިނިވަން ދުވަަހުގެ މުނާސަބަތުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރަސްމީ ދަނޑަށް ވަޑައިގަތުމުން އެ ދެކަނބަލުންނަށް ވަނީ ރިޔާސީ ކުރުނީހެއް އެރުވާފައެވެ. މީގެއިތުރުން ސިފައިންނާއި ސްކޫލްތައް ހިމެނޭ ބޭންޑެއްގައި ޤައުމީ ސަލާން ކުޅެފައިވެއެވެ.

ދަނޑުގައި ހުށަހަޅައިދިން ކުޅިވަރުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވާ ސްކޫލްތަކުގެ ތެރޭގައި ފަލާހު ޕްރީ ސްކޫލް، ދަރުމަވަންތަ ސްކޫލް، މުހްޔިއްދީން ސްކޫލް، އިސްކަންދަރު ސްކޫލް، ރެހެންދި ސްކޫލް، އަދި ވިލާ އިންޓަރނޭޝަނަލް ހައިސްކޫލް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް