Advertisement
ކ. މާލެ
|
26 ޖުލައި 2019 | ހުކުރު 13:13
ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދަނީ
ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދަނީ
ޓްވިޓަރ
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ
ފެނާއި ނަރުދަމާ ނިޒާމަށް ގެއްލުންވާ ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފި
ގަވާއިދާ ހިލާފަށް ބައެއް ކަންކަން ދަނީ ކުރަމުން
ފެނުގެ ނިޒާމުގައި ކްރޮސް ކަނެކްޝަން ހެދުމަކީ ފެން ތަގައްޔަރުވާނެ ކަމެއް

ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމަށް ގެއްލުންވާ ގޮތަށް ގާނޫނާ ހިލާފު ބައެއްކަންކަން ކުރަމުންދާ ކަމަށާއި، އެފަދަ ކަންކަން ނުކުރުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، (އީޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

އީޕީއޭއިން ބުނީ ފެން އަދި ނަރުދަމާގެ ޚިދުމަތްދޭ ރަށްރަށުގައި ގަވާއިދާ ހިލާފު ބައެއް ކަންކަން ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން ފެން ފޯރުކޮށްދޭ ނިޒާމުތަކުން ދޫކުރާ ފެނާއި އެހެނިހެން ފެން ގުޅޭނެހެން ކްރޮސްކަނެކްޝަން ހެދުމާއި، ރަށުތެރޭގައި ފެން ބޮޑުވުމުން އެފެނާއި ދިޔަ ދޮވިތަކުން ފައިބާ ފެން ނަރުދަމާ ނިޒާމާއި ގުޅުވުމާއި، ފެން ބޮޑުވާ ސަރަހައްދުތަކުގައި ފެން ހިންދުމަށް މޭންހޯލްގެ މަތިގަނޑު ނެގުމާއި، ގޭގައި ނުވަތަ އެހެނިހެން ތަންތަނުގައި ނަޖިސް ހިންދާ ވަޅުގަނޑު ބެހެއްޓުން އަދި ގޭގެ ގޯތިތެރޭގައި ޗެކްޕިޓްގެ އިތުރުން ނަރުދާ ޖަންގްޝަނެއް ބަހައްޓާފައި ހުރުން ފަދަ ކަންކަން ފާހަގަކުރެވިފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.

Advertisement

އީޕީއޭއިން ބުނީ މިފަދަ އަމަލުތަކުގެ ސަބަބުން ފެނާއި ނަރުދަމާ ނިޒާމުތަކަށް ނުހަނު ބޮޑެތި ގެއްލުން ލިބި، ހިންގާ ބެލެހެއްޓުމަށް ބޮޑެތި އުދަނގޫތަކާއި ކުރިމަތިލާން ޖެހުމުގެ އިތުރުން ބިމުގެ ފެނަށް ނަޖިހުގެ އަސަރުކޮށް ބިމުގެ ފެން ތަގައްޔަރުވާ ކަމަށެވެ.

މީގެ އިތުރުން އީޕީއޭއިން ބުނީ ފެނުގެ ނިޒާމުގައި ކްރޮސް ކަނެކްޝަން ހެދުމަކީ ފެން ފޯރުކޮށްދޭ ނިޒާމުތަކުން ދޫކުރާ ފެން ތަގައްޔަރުވުމުގެ ފުރުސަތު ބޮޑު ކަމެއް ކަމަށެވެ.

މިފަދަ އަމަލުތަކަކީ އާންމު ބޭނުންތަކުގެ ޚިދުމަތާ ބެހޭ ގާނޫނު ހިލާފު ކަންކަމުގައިވާތީ އެފަދަ އަމަލުތައް ނުކުރުމަށް އިޕީއޭއިން ވަނީ ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް