Advertisement
ކ. މާލެ
|
26 ޖުލައި 2019 | ހުކުރު 13:13
އާތިޔާ ނަސީރު
އާތިޔާ ނަސީރު
ސޯޝަލް މީޑިއާ
ހައިކޯޓު
އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުން އާތިޔާ ވަކިކުރީ ގާނޫނާ ހިލާފަށް: ހައިކޯޓު
ހަމަސް ދުވަހުގެ މުސާރަ ދިނުމަށް ހުކުމްކޮށްފއިވޭ
އޭނާ މަގާމުން އާތިޔާ ވަކިކުރީ 13 އޭޕްރީލް 2015 ގައި

އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުން އާތިޔާ ނަސީރު ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ބަދަލު ދިނުމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާ ދެކޮޅަށް އާތިޔާ ހުށަހެޅި މައްސަލަ ބެލުމަށް ފަހު ހައި ކޯޓުން ހުކުމް ކުރީ އޭނާ ޕްރިންސިޕަލްގެ މަގާމުން ވަކި ކުރީ ދިވެހި ސިވިލް ސަރވިސްގެ ގާނޫނާ ގަވާއިދާ ހިލާފަށް ކަމަށެވެ. އެގޮތުން ބަދަލުގެ ގޮތުގައި ހަ މަސް ދުވަހުގެ މުސާރަ، 155،000ރ. ދިނުމަށް ހުކުމްގައިވެއެވެ.

އެއްވެސް އިންޒާރަކާ ނުލާ އަމީނިއްޔާ ސުކޫލުގެ ޕްރިންސިޕަލްގެ މަގާމުން އާތިޔާ ވަކިކުރީ 13 އޭޕްރީލް 2015 ގައެވެ. އަދި ހަމަ އެއަހަރު މިމައްސަލަ ހަމަ ސިވިލް ކޯޓަށް ހުށަހެޅި ނަމަވެސް 2016 ވަނަ އަހަރު ކޯޓުން ހުކުމްކުރީ އާތިޔާ ވަކިކުރީ ރަނގަޅަށް ކަމަށެވެ.

Advertisement

އާތިޔާ ވަޒީފާއިން މަގާމުން ވަކިކުރި ސަބަބެއް ކަމަށް ސިވިލް ސާވިސްއިން ބުނެފައިވަނީ އާތިޔާގެ ސަބަބުން އަމީނިއްޔާ ސްކޫލަށް ގެއްލުންތަކެއް ވަމުންދަތީ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ ސްކޫލުގެ ޕްރިސްސިޕަލަކަށް އާތިޔާ ހުރެއްޖެނަމަ ސްކޫލަށް އިތުރު ގެއްލުން ވެދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ފެންނާތީ މިނިސްޓްރީން ސިވިލް ސާވިސް އަށް ފޮނުވި ސިޓީ އަކާ ގުޅިގެން ކަމަށެވެ.

އާތިޔާ ތައުލީމީ ދާއިރާގައި ވަޒީފާ އަދާކުރައްވަން ފެއްޓެވީ 1995 ވަނަ އަހަރު ޓީޗަރެއްގެ ގޮތުގަ އެވެ. އޭގެ ފަހުން ސުކޫލްތަކުގެ ހުރިހާ ލެވަލެއްގައި ވެސް މަގާމުތައް އަދާކުރައްވާފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް