Advertisement
ކ. މާލެ
|
26 ޖުލައި 2019 | ހުކުރު 09:48
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)
މުހައްމަދު ޝަރުހާން
ޖޭއެސްސީ
ޖޭއެސްސީ އަށް ދަށު ކޯޓުތަކުން ފަނޑިޔާރަކު އިންތިހާބުކުރުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އިންތިހާބުގައި ކުރިމަތިލުމަށް އެދޭ ފަނޑިޔާރުންނަށް، ކުރިމަތިލުމުގެ ފުރުސަތުވަނީ 7 އޯގަސްޓް 2019 ހަމައަށް ހުޅުވާލާފަ
ޖޭއެސްސީ އަށް ދަށުކޯޓުތަކުން ފަނޑިޔާރަކު އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު އޮންނާނީ 24 އޯގަސްޓް 2019 ވާ ހޮނިހިރުދުވަހު

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު، އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައްވައިފިއެވެ.

ޖޭއެސްސީ އަށް ދަށުކޯޓުތަކުން ފަނޑިޔާރަކު އިންތިހާބުކުރުމަށް ބާއްވާ އިންތިހާބުގައި ކުރިމަތިލުމަށް އެދޭ ފަނޑިޔާރުންނަށް، ކުރިމަތިލުމުގެ ފުރުސަތުވަނީ 7 އޯގަސްޓް 2019 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ހަމައަށް ހުޅުވާލާފައެވެ.

Advertisement

ޖޭއެސްސީ އަށް ދަށުކޯޓުތަކުން ފަނޑިޔާރަކު އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު އޮންނާނީ 24 އޯގަސްޓް 2019 ވާ ހޮނިހިރުދުވަހުއެވެ.

ޖޭއެސްސީގައި ތިއްބަވާނީ މަޖިލީހުގެ ރައީސާއި، މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ބޭފުޅަކާއި، ބަންޑާރަ ނައިބާއި ދަށު ކޯޓުތަކުން ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި، އާންމުންގެ ތެރެއިން މެންބަރެއްގެ ގޮތުގައި މަޖިލީހުން ކަނޑައަޅުއްވާ ބޭފުޅަކާއި، ގާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ ވަކީލެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް