Advertisement
ކ. މާލެ
|
25 ޖުލައި 2019 | ބުރާސްފަތި 23:13
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް
ޝުއައިބް މުހައްމަދު އިގްބާލް
މިނިވަން ދުވަސް
މިނިވަންކަން ނެތިއްޔާ އެގައުމެއް، ގައުމެއް ގޮތުގައި ނޯންނާނެ: ރައީސް މައުމޫން
ރައީސް މައުމޫން ވިދާޅުވީ މިނިވަންކަމަކީ އެ ގައުމެއްގެ ދިރުން ބިނާވެފައިވާ އަސާސްކަމަށް

ގައުމެއްގެ މިނިވަންކަން ނެތިއްޔާ, އެގައުމެއް ގައުމެއްގެ ގޮތުގައި ނޯންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބޭއްވި ހަފްލާގައި ރައީސް މައުމޫން ވިދާޅުވީ މިނިވަންކަމަކީ އެ ގައުމެއްގެ ދިރުން ބިނާވެފައިވާ އަސާސްކަމަށެވެ. އަދި މިނިވަންކަން ދިފާއުކޮށް ދަމަހައްޓަން ޖެހޭ ކަމަށާއި އެއްވެސް ހާލަތެއްގައި މިނިވަންކަމަކީ ދޫކޮށްލެވޭނެ އެއްޗެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.

Advertisement

ރައީސް މައުމޫން ވިދާޅުވީ ހުރިހާ އެންމެންގެ އަޒުމަކަށް ވާން ޖެހޭނީ ދިވެހި ރާއްޖޭގެ މިނިވަންކަން ވަރުގަދަކޮށް، އެ ދެމެހެއްޓުމަށްޓަކާ ކުރެވެން ހުރި މަސައްކަތެއް ކުރުން ކަމަށެވެ.

ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރާތާ މިއީ 54 ވަނަ އަހަރު އެވެ. ދިވެހިންނަށް މިނިވަންކަން ލިބުނީ 1965 ވަނަ އަހަރު އިނގެރޭސީންގެ ދަށުންނެވެ. މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އޭރުގެ ރައީސް އިބްރާހިމް ނާސިރު، ކޮޅުނބުގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް