Advertisement
ކ. މާލެ
|
25 ޖުލައި 2019 | ބުރާސްފަތި 22:17
މިޕްރޮޖެކްޓްގެ ދަށުން ޅަ ވެލާ ނަގައިގެން ދަނީ ބޮޑު ކުރަމުން
މިޕްރޮޖެކްޓްގެ ދަށުން ޅަ ވެލާ ނަގައިގެން ދަނީ ބޮޑު ކުރަމުން
ޓްވިޓަރ
ޅ.ނައިފަރު
ނައިފަރުގައި ވެލާ ޕްރޮޖެކްޓް ހިންގާ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
އެމަސައްކަތް ކުރަމުންދަނީ ގާނޫނާ ހިލާފަށް
8 ފެބްރުއަރީ 2018 ގެ ފަހުން އެބިމުގައި މަސައްކަތް ނުކުރުމަށް އެންގި

ޅ. ނައިފަރުގައި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވެލާ ޕްރޮޖެކްޓް ހިންގުމަށް ދޫކޮށްފައިވާ ބިމުގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް އެންގި ނަމަވެސް މަސައްކަތް ކުރަމުންދާތީ އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ނައިފަރު ކައުންސިލުން ބުނީ އީޕީއޭގެ ހުއްދައާއެކު ހިންގަމުން ގެންދާ ވެލާ ޕްރޮޖެކްޓްގެ ދަށުން ޅަވެލާ ނަގައިގެން އެތަކެތި އެއްގަމުގައި ހުންނަ ހަތަރު ފަސް ވަޅެއްގައި ގެންގުޅެ ރޯމަސްފަދަ ތަކެތި ކާންދީ ބޮޑުކުރާކަމަށެވެ. ނަމަވެސް އެމަސައްކަތް ކުރަމުން ގެންދަނީ ގާނޫނާވެސް ހިލާފަށްކަން ފާހަގަކޮށް ގިނަ ފަރާތްތަކުން ކައުންސިލަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށް ނައިފަރު ކައުންސިލުން ބުންޏެވެ. އަދި ބެލިބެލުމުން ވެސް އެކަން ފާހަގަވެފައިވާ ކަމަށް އެ ކައުންސިލުން ބުނެ އެވެ.

ކައުންސިލުން ބުނީ މިމައްސަލާގައި ސޯޝަލް މީޑިއާގައިވެސް ރައްޔިތުންގެ ކަންބޮޑުވުން ފާޅުކުރަމުންދާތީ އެކަންތައް ބަލާދިނުމަށް އެދޭ ކަމަށެވެ.

Advertisement

މީގެ އިތުރުން ކައުންސިލުން ބުނީ އީޕީއޭގެ ހުއްދައާއިއެކު އެތަނުގައި އެއްވެސް ކަމެއް ހިނގާނަމަ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނިންމުމާއި އެއްގޮތްވާ ގޮތުގެމަތިން ކައުންސިލުން ނައިފަރު ޖުވެނައިލްއަށް ދޫކޮށްފައިވާ ގްރީން އޭރިޔާ ނަންބަރު 40.16 އާއި 40.17 ނަންބަރު ބިންތަކުގެ އެގްރިމެންޓް ބާތިލްކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ދެ ބިމުގައި އެއްވެސް މަސައްކަތެއް އެއްވެސް ހަރަކާތެއް އެއްވެސް ފަރާތަކުން ހިންގުމަކީ މަނާކަމެއް ކަމެއް ކަމަށާއި، 28 ފެބްރުއަރީ 2018 ގެ ފަހުން އެތަނުގައި ހިންގާ ކޮންމެ ކަމަކީ ގާނޫނު ހިލާފު ކަމެއް ކަމަށް ކައުންސިލުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކާރިމް ވިދާޅުވީ މަނާ ކަމެއްކަން އެންގި ނަމަވެސް އީޕީއޭއިން މަސައްކަތް ހުއްޓާނުލާ ކަމަށެވެ. އަދި މިހާރު މިމައްސަލަ ބެލުމަށް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. މިއީ ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
2 އޯގަސްޓް 2019 | ހުކުރު 18:13
ޗަކޮއެ
ސާބަހޭ ކާރިމް ވަކި ޖުވެނަލްއަކަށް ގާނޫނުންމައްޗަކުނޫޅެވޭނެ ބޭރުކުރޭ ޗަތަނުން ކޮޅެއްގަޖައްސާ ފަނޫނީ ދޫނުކުރާތި
27 ޖުލައި 2019 | ހޮނިހިރު 14:26
ޒުލް
?????
26 ޖުލައި 2019 | ހުކުރު 10:04
ނައިފަރު ސޮރު
އެ ބުނާ މައްސަލައެއްގެ ކަންބޮޑުވުން ފޭސްބުކްގަ ބަޔަކު ނުޖައްސާ. ތިބުނާ ކާރިމް އުޅެނީ އޭނާގެ ރައްޓެސަކަށް އެބިން ނުދެވިގެން. އޭނާ އެ ތަނަށް އައިސް އެތާ ތިބި ބޭރު ވޮލަންޓިޔަރުންނާ ދިމާއަށް އެއްޗެހި ކިޔާކަން ވެސް ނައިފަރު މީހުނަށް އެނގޭނެ. މީ ދެން ބޮޑުވަރު!
26 ޖުލައި 2019 | ހުކުރު 10:00
ނުރަބޯ
ބަޔަކު ފަހެ މޮޔަ ވެދާނެނު. ކާރިމް ކަލޭގެ ކޮއްކޮ ހިންގާ ރެސްޓޯރަންޓްގެ އެގްރިމެންޓް ހަމަވެގެން ހުއްދަ ބާތިލް ކުރީމަވެސް ތަން ހުސްނުކޮށް ހިންގާ މައްސަލަ ހުށަހަޅާބަލަ މަޖިލީހަށް. އަމިއްލައަށް ސޯޓް ފައިބާ ހިތުން ތިއުޅެނީ. ކައުންސިލް ބިމެއް އެއީވެސް.
26 ޖުލައި 2019 | ހުކުރު 09:57
ޝާރޑް
ތިބިމުގެ މައްސަލަ އޮތީ ކޯޓްގަ. ކޯޓުންއޮތީ މައްސަލަ މައްސަލަނިމެންދެން އެބިމުގާ އެކަންކުރިޔަށްގެންދިއުމުގެ ވަގުތީއަމުރެއް ނެރެފަ. ކާރިމް ބޭނުންވަނީ މަޖިލީހަށް މައްސަލަ ވައްދާގެން ސަރީއަތަށް ސިޔާސީ ނުފޫޒު ފޯރުވަން.
26 ޖުލައި 2019 | ހުކުރު 07:42
ސާރު
ތި ކާރިމް ތީ އޭނަގެ އެއްބަނޑުމީހަކު ގަވާއިދާޚިލާފަށް ދައުލަތުގެ ބިމަކާ އިމާރާތެއްގައި ރެސްޓޯރެނަޓެއް ހިންގާއިރު ލޯމަރާގެން ހުރެ ގާނޫނު މުގުރާމީހެއް. މަޖިލީހަށް ކުރިމަތިލާގެން ޕާޓީމީހުންނާ ރައްޔިތުން ތާއީދު ނުކުރީމާ ދެން ޕާޓީ މީހުންނަށް މީނަގެ ގަދަކަން ދައްކަން އުޅޭމީހެއް.
26 ޖުލައި 2019 | ހުކުރު 01:00
ވެލާ ޕްރޮޖެކްޓް
ވުރިޔައްގެންދޭ ދިރާފުރާނަ ހުރިއެޗެހި ތިތާ ތިހުރީ،
25 ޖުލައި 2019 | ބުރާސްފަތި 23:27
މިސްޓަރ ކޭ
ނައިފަރު ކައުންސިލްގެ ރައީސްގެ ކޮއްކޮ ހިންގާ ރެސްޓޯރެންޓްގެ އެގުރީމެންޓް ބާތިލްވެފަ އޮއްވަ އެގުރީމެންޓާ ހިލާފައް ކޮރަޕުސަން ހިމެނޭގޮތައް އެތަން ހިންގާއިރު ކައުންސިލްގެ ރައީސް ހެވޭހިތައި ހުންނަ ވާހަކަވެސް މީގަ ހިމަނާލަންވީނު....