Advertisement
ކ. މާލެ
|
25 ޖުލައި 2019 | ބުރާސްފަތި 19:06
މީކާއިލް ނަސީމް
މީކާއިލް ނަސީމް
ރައްޔިތުންގެ މަޖިލިސް
މީކާއިލް ނަސީމް
ވޯޓު އަނބުރާ ގެންދިޔައީ ހުރިހާ މެމްބަރުން ވަކި ނުކުރާތީ: މީކާއިލް
ޝަހީބް އާއި ޒީނާ ވަކިކުރަން ނިންމީ ހުރިހާ މެމްބަރުންގެ އިއްތިފާގުން
މީކާއިލް ބޭނުންވަނީ ހުރިހާ މެމްބަރުން ވަކިކުރަން

ބްރޮޑްކާސްޓިން ކޮމިޝަންގެ މެމްބަރު ޒީނާ ޒާހިރު ފިޔަވާ އެހެން މެމްބަރުން ވަކިކުރަން ބުދަ ދުވަހު ބޭއްވި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގައި، ވޯޓު ދެއްވުމަށްފަހު އަނބުރާ ގެންދެވީ ހުރިހާ މެމްބަރުން ވަކި ނުކުރާތީ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ބޭއްވި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގައި ޒީނާ ފިޔަވާ ހުރިހާ މެމްބަރުން ވަކިކުރަން ކޮމިޓީގައި ވޯޓަށް އެހުމުން އަތް ނެންގެވުމަށް ފަހުން މީކާއިލް ވިދާޅުވީ، ވޯޓު ނުދެއްވާ ކަމަށެވެ.

Advertisement

ކޮމިޓީގެ މުގައްރިރު އައްޑޫ މީދު ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއާ އެކު އެ ކޮމިޓީގައި 11 މެމްބަރުން ތިއްބެވިއެވެ. މީކާއިލްގެ ވޯޓު އަނބުރާ ގެންދެވުމުން ވޯޓު ބާތިލްވިކަމަށް މުގައްރިރު ނިންމެވިއެވެ. ޒީނާ ފިޔަވާ އެހެން މެމްބަރުން ވަކިކުރަން ނިންމެވީ ޒީނާ ހުރީ މެޓާނިޓީ ލީވްގައި ކަމަށް އޭނާ މަޖިލީހުގެ އިދާރާ އަށް ސިޓީ އެއް ފޮނުވާފައިވާތީއެވެ.

އެކަމާއި ބެހޭ ގޮތުން ރާއްޖެ.އެމްވީއަށް މީކާއިލް ވިދާޅުވީ، ސަބް ކޮމިޓީގެ ރިޕޯޓުން ދައްކާ ގޮތުން އެންމެ ބޮޑަށް ގޯސް ހައްދަވާފައި ވަނީ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް އާއި ނާއިބް ރައީސް ފަތިމަތު ޒައިނާއެވެ. އެ ނިންމުމަކީ އެއްވެސް އިރަކު އެއްބަސްވެ ނުވަތަ ތާއިދުކޮށްފައިވާ ނިންމުމެއް ނޫން ކަމަށް މީކާއިލް ވިދާޅުވިއެވެ.

އަޅުގަނޑު ފުރަތަމަ އަތް މައްޗަށް ނަގައިގެން ހުރެގެން ވޯޓުލީ އިރަކު އަޅުގަނޑަކަށް ނޭގެ ޒީނާ ފިޔަވާ އޮންނަ ކަމެއް. ހުރިހާ އެންމެންނޭ އޮންނަނީ. ދެން އަޅުގަނޑަށް ސާފުކޮށްދިނީ އަތްމައްޗަށް ނަގައިގެން ހުއްޓާ ކުރިމަތީ ގައި ހުންނެވި އުޝާމް (ވިލިމާލެ ދާއިރާ މެމްބަރު) ވިދާޅުވީ ވޯޓަށް އެހީ ޒީނާ ފިޔަވާ ކަމަށް. އަޅުގަނޑު ގަބޫލެއް ނުކުރަން ޒިނާ ފިޔަވާ ކަަމަށް ގަބޫލު ކުރަން ޖެހޭނީ. ގަނޑުކޮށް ވަކި ކުރާނަމަ ކުރަން ޖެހޭނީ ހުރިހާ އެއްމެން އެއްކޮށޭ
މީކައިލް ނަސީމް ~ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ~

މީކައިލް ދެކެވަޑައިގަންނަވާ ގޮތުން އެ ކޮމިޝަންގެ ހުރިހާ މެމްބަރުންވެސް ވަކިކުރަން ޖެހެއެވެ.

ޒީނާ ފިޔަވާ ބޮރްޑްކޮމްގެ އެހެން މެމްބަރުން ވަކި ކުރަން ވޯޓު ދެއްވި މެމްބަރުންނަކީ:

  1. ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް
  2. ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮން ބިލެތް)
  3. އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު (ހަސަންޓޭ)
  4. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ (ޕީޕީއެމް)
  5. ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ

އެ ހުށައެޅުމަށް ކޮމިޓީގެ ހަތަރު މެމްބަރުން ވޯޓު ދެއްވާފައެއް ނުވެއެވެ. އެ މެމްބަރުންނަކީ:

  1. ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް (އެމްޑީޕީ)
  2. ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް (އެމްޑީޕީ)
  3. ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުސާމް (އަމިއްލަ)
  4. އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު (ޖޭޕީ )

އެންމެ ފަހުން ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ ބްރޮޑްކޮމްގެ ރައީސްއާ ނައިބް ރައީސް ވަކި ކުރުމަށެވެ.

ބްރޮޑްކޮމްއަކީ ހަތް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ. ކޮމިޝަންގެ ދެ މެމްބަރުން ކަމަށްވާ އިސްމާއިލް ސޮފްވާން އާއި ހަސަން ނަބާހު ވަނީ އިސްތިއުފާދެއްވާފައެވެ.

އެއާއި އެކު ކޮމިޝަންގައި މިހާރު ތިއްބަވާ ފަސް މެމްބަރުންގެ ތެރެއިން ޝަހީބު އާއި ޒައިނާ ވަކިކުރުމުން ތިއްބަވާނީ ތިން މެމްބަރުންނެވެ. އެއީ ޒީނާ ޒާހިރު އާއި އަމްޖަދު ވަހީދުގެ އިތުރުން އާމިނާތު ސަރާޙު އިއްޒަތުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް