Advertisement
ކ. މާލެ
|
25 ޖުލައި 2019 | ބުރާސްފަތި 17:01
މަޖިލީހުގެ އަމީން އާންމު ޕްރެސްކޮންފަރެންސް އެއްގައި ވާހަކަދައްކަވަނީ
މަޖިލީހުގެ އަމީން އާންމު ޕްރެސްކޮންފަރެންސް އެއްގައި ވާހަކަދައްކަވަނީ
ޝުއައިބް މުހައްމަދު އިގްބާލް
ރައްޔިތުންގެ މަޖިލީސް
އިންޒާރުދީގެން ފަސް މެމްބަރަކު ސެކިއުރިޓީ އަށް އެދިފައިވޭ: މަޖިލީސް
ކޮން މެމްބަރުން ތަކެއްކަން ހާމައެއް ނުކުރޭ
މީގެ ކުރިންވެސް މެމްބަރުންނަށް އިންޒާރު ދީފައިވޭ
މައުލޫމާތު ލިބިފައިވާގޮތުން އިންޒާރު ދިނީ އެމްޑީޕީ މެމްބަރުންތަކަކަށް

ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރަކަށް އިންޒާރުތަކެއް ލިބުމާއި ގުޅިގެން ސެކިއުރިޓީ އެދިއްޖެއެވެ.

އެމްޑީޕީއަށް ނިސްބަށްވާ ބައެއް މެމްބަރުންނަށް ދާދީ ފަހުން އިންޒާރު ދީފައިވާ ކަމަށް އިތުބާރު ހުރި ފަރާތަކުން ވަނީ ރާއްޖެ.އެމްވީ އަށް ކަށަވަރުކޮށްދީފަ އެވެ.

އެކަމާއި ގުޅޭގޮތުން މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ރާއްޖެ.އެމްވީ ވިދާޅުވީ، ފަސް މެމްބަރަކަށް އިންޒާރު ދީފައިވާތީ އެ މެމްބަރުންނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް އެމްއެންޑީއެފްގައި އެދިފައިވާ ކަމަށެވެ. ނަމަވެސް އެ މެމްބަރުންތަކުގެ ނަމެއްް އަމީންއާންމު ހާމައެއް ނުކުރައްވައެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސެކިއުރިޓީ އަށް އެދިއްޖެނަމަ އެމްއެންޑީއެފުން ސެކިއުރިޓީ ފޯރުކޮށްދެން ޖެހެއެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް މަރުގެ އިންޒާރުތަކެއް ދިނުމާއި ގުޅިގެން އެމްއެންޑީއެފުން ސެކިއުރިޓީ ފޯރުކޮށްދީފައިވެއެވެ. އެގޮތުން 2014 ވަނަ އަހަރު އެމްޑީޕީގެ ހަތަރު މެމްބަރަކަށް މަރުގެ އިންޒާރު ދީފައިވެއެވެ. އެއީ ކޮން ބައެއްކަން ދަނެގަނެވިފައިވާކަމަށް ގެއްލުވާލާފައިވާ މީހުންނާ މަރާލާފައިވާ މީހުންގެ މައްސަލަ ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ވަނީ މި އަހަރުގެ މޭމަހު ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
29 ޖުލައި 2019 | ހޯމަ 23:38
އިންސާނާ
ސިފައިންނާ ފުލުހުންނައް ނިކަމެތި ރައްޔިތުމީހައައް ވިއަފާރިވެރިންނާ ދީނީ އިލްމުވެރިންނައް ސިއާސީ މީނުންނައް މިހެންގޮސް ކިޔާނެކަމެއްނެއް އިންޒާރުދޭބަޔަކީ އެމްޑީޕީ އެކްޓިވިސްޓުން މީ ދިވެހިގައުމުދަންނަ ހަގީގަތެއް