ކ. މާލެ
|
25 ޖުލައި 2019 | ބުރާސްފަތި 15:00
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓްރީ
ަމަޖިލިސް 2019
އަބްދުﷲ ޝާހިދު ބުދަ ދުވަހު މަޖިލީހަށް ހާޒިރުކުރަނީ
މިނިސްޓަރާއި ސުވާލުކުރައްވަނީ ގަތަރާއި ރާއްޖެ އާއި ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރުމާއި ގުޅޭ ގޮތުން
މިނިސްޓަރާއި ސުވާލުކުރެއްވުމަށް މެމްބަރު ޖާބިރް ހުށަހެޅުއްވީ 2 ޖޫންގައި
ސުވާލުކުރެއްވުމަށް މިނިސްޓަރ މަޖިލީހަށް ހާޒިރުކުރުން ލަސްވެފައިވަނީ، ރާއްޖޭން ބޭރުގައި އުޅުއްވުމުގެ ސަބަބުން

ގަތަރާއި ރާއްޖެ އާއި ދެމެދު ސިޔާސީ ގުޅުން ބަދަހި ކުރުމާއި ގުޅޭ ގޮތުން ސުވާލު ކުރެއްވުމަށް، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބުދަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިސް ޖަލްސާއަށް ހާޒިރުކުރަން ނިންމައިފިއެވެ.

ގަތަރާއި ރާއްޖެ އާއި ދެމެދު ސިޔާސީ ގުޅުން ބަދަހި ކުރުމާއި ގުޅޭ ގޮތުން ސުވާލު ކުރެއްވުމަށް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއެވެ.

ޖާބިރު ހުށަހެޅުއްވި މައްސަލައިގެ 14 ދުވަހުގެ ނޯޓިސް ހަމަވިއިރު، މިނިސްޓަރ މަޖިލީހަށް ހާޒިރުކުރެވިފައެއް ނުވެއެވެ. މުއްދަތު ހަމަވިއިރު މިނިސްޓަރ ހާޒިރުކުރެވިފައި ނުވަނީ، ނޯޓިސްގެ މުއްދަތު ހަމަވިއިރު، މިނިސްޓަރ ރާއްޖޭން ބޭރުގައި ހުންނެވުމުގެ ސަބަބުންނެވެ. މިނިސްޓަރާއި ސުވާލު ކުރެއްވުމަށް މެމްބަރު ޖާބިރް ހުށަހެޅުއްވީ 2 ޖޫންގައެވެ.

ބުރާސްފަތިދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ އަމީން އާންމު ފާތިމައތު ނިއުޝާ ވިދާޅުވީ، ފޮރިން މިނިސްޓަރާއި ސުވާލުކުރެއްވުމުގެ މައްސަލަ ބުދަ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ.

މެމްބަރު ޖާބިރު މިނިސްޓަރާއި ސުވާލުކުރައްވަނީ ގަތަރާއި ރާއްޖެ އާއި ދެމެދު އޮންނަ ސިޔާސީ ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ހިސާބާއި ގުޅޭ ގޮތުންނާއި، އަދި މި ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ނަމަ އެކަން ގޮސްފައިވަނީ ކިހާ ހިސާބަކަށްތޯ އާއި ގުޅޭ ގޮތުންނެވެ. މީގެ އިތުރުން، ޖާބިރު ކުރައްވާ ސުވާލު ތަކުގެ ތެރޭގައި، ގަތަރާއި ރާއްޖެއާ އޮންނަ ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދަވާ ނަމަ، އެ ގުޅުން ބަދަހި ކުރުމުގެ ވިސްނުން މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ތެރޭގައި ނުހިމެނެނީ ތޯ ،އަދި އެހެން ކަމަށްވާ ނަމަ އޭގެ ސަބަބަކީ ކޮބާތޯ އާއި ގުޅޭ ގޮތުންނެވެ.

ސަރުކާރުގެ ގިނަ ވަޒީރުންތައް މަޖިލީހަށް ހާޒިރުކޮށް އެކި ކަންކަމާއި ގުޅޭ ގޮތުން މެމްބަރުން ގެންދަވަނީ ސުވާލު ކުރައްވަމުންނެވެ. އެގޮތުން މި ހަފްތާގެ ހޯމަ ދުވަހު އޮތް ޖަލްސާއަށް ހައުސިންގ މިނިސްޓަރ އާތިފާ ޝަކޫރު ހާޒިރުކޮށް ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ ސުވާލު ކުރައްވާފައެވެ.

- ކޮމެންޓް