Advertisement
ކ. މާލެ
|
25 ޖުލައި 2019 | ބުރާސްފަތި 09:37
ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ. ތިން ފަނޑިޔާރެއްގެ މައްސަލަ ބަލަން ޖޭއެސްސީއިން ވަނީ ނިންމާފައި
ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ. ތިން ފަނޑިޔާރެއްގެ މައްސަލަ ބަލަން ޖޭއެސްސީއިން ވަނީ ނިންމާފައި
މުހައްމަދު ޝަރުހާން
ޖުޑީޝަލް ސާވިސް ކޮމިޝަން
ފަނޑިޔާރު ހަސަން އާއި އިސްގާޒީ އަބްދުﷲގެ މައްސަލައެއް ޖޭއެސްސީން ބަލަނީ
ތިން ފަނޑިޔާރުންގެ މައްސަލަ ބެލުމަށް ވަކި ތިން ކޮމިޓީ ވަނީ އެކުލަވާލާފައި
ޖޭއެސްސީއިން މިހާރު ވެސް ފަނޑިޔާރުންގެ މައްސަލަ ދަނީ ބަލަމުން
ފަނޑިޔާރުންގެ މައްސަލަ ބެލުމަށް ޖޭއެސްސީގެ ޓީމެއް ގއ އަށް ވަޑައިގެންނެވި

ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީ އާއި ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީއާ ގުޅޭ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެކަމާއި ގުޅިގެން ޖޭއެސްސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައިކޯޓުގެ ފަނޑިޔާރާއި ސިވިލްކޯޓުގެ އިސް ގާޒީގެ މައްސަލައިގެ އިތުރުން ލ. ދަނބިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ޝަރީފާގުޅޭ މައްސަލައެއް ވެސް އެކޮިޝަނުން ބަލަން ނިންމާފައިވާ ކަމަށެވެ. އެތިން ފަނޑިޔާރުންގެ މައްސަލަ ބެލުމަށް ވަކި ތިން ކޮމިޓީ އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.

ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ މައްސަލަ ބައްލަވާ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އެ ކޮމިޝަނުގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި ކޮމިޝަނުގެ މެމްބަރު މުހައްމަދު އީސާފުޅާއި ކޮމިޝަނުގެ މެމްބަރު އިބްރާހީމް ރިފްއަތެވެ.

Advertisement

އިސް ގާޒީ އަބްދުﷲ ގެ މައްސަލަ ބެލުމަށް އެކުލަވާލި ކޮމެޓީގައި ތިއްބަވަނީ ނައިބު ރައީސް މަސްތޫރާއި އެ ކޮމިޝަނަށް ހައި ކޯޓުން ކަނޑައަޅާފައިވާ މެމްބަރު ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ބަންޑާރަ ނައިބު ރިފްއަތެވެ.

އަދި ލ. ދަނބިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ޝަރީފާ ގުޅޭ މައްސަލަ ބަލާ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަނުގެ ނައިބު ރައީސް މަސްތޫރު ހުސްނީއާއި ކޮމިޝަނުގެ މެމްބަރު އަބްދުއްރައޫފް އިބްރާހިމް އާއި ކޮމިޝަނުގެ މެމްބަރު މުހައްމަދު އީސާފުޅު ކަމަށް ޖޭއެސްސީއިން ބުނެއެވެ.

ޖޭއެސްސީއިން ތިން ފަނޑިޔާރެއްގެ މައްސަލަ ބެލުމަށް ނިންމާފައި ވާއިރު އެކޮމިޝަނުން މިހާރު ވެސް ގެންދަނީ ފަނޑިޔާރުން ތަކެއްގެ މައްސަލަ ބަލަމުންނެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަތަކާއި ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދާއި ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބާއި ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު ހިމެނި ވަޑައިގަންނަވައެވެ. ފަނޑިޔާރުންގެ މައްސަލަ ބެލުމަށް ޖޭއެސްސީގެ ޓީމެއް ވަނީ މިދިޔަ ހަފްތާ ތެރޭގައި ގއ އަތޮޅަށް ވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
25 ޖުލައި 2019 | ބުރާސްފަތި 13:49
ފަނޑިޔާރު
މިއާލާތުންފަނޑިޔާރުންނައްހެދީކާބާ!؟