Advertisement
ކ. މާލެ
|
24 ޖުލައި 2019 | ބުދަ 22:16
އެމްއައިޓީޑީސީގެ މެނޭޖިންގް ޑިރެކްޓާރ މުހައްމަދު ރާއިދު
އެމްއައިޓީޑީސީގެ މެނޭޖިންގް ޑިރެކްޓާރ މުހައްމަދު ރާއިދު
ޝުއައިބް މުހައްމަދު އިގްބާލް
އެމްއައިޓީޑީސީ
ޓުއަރިޒްމް މިނިސްޓްރީއިން ރިސޯޓުތަކުގެ ފައިސާ އެމްއައިޓީޑީސީގެ އެކައުންޓަށް ޖަމާ ކޮށްފައިވޭ: ރާއިދު
ޖުމްލަ 2360441 މިލިއަން ޑޮލަރު ވަނީ ޖަމާ ކޮށްފަ
14 ރިސޯޓެއްގެ ފައިސާ ވަނީ ޖަމާ ކޮށްފަ
މަނީލޯންޑަރިންގގެ އަމަލެއްކަމަށް ގަބޫލުކުރެވޭތީ ކަމާއިބެހޭ އިދާރާތަކަށް މައްސަލަ ވަނީ ހުށައަޅާފައި

ޓުއަރިޒަމް މިނިސްޓްރީއިން ރިސޯޓުތަކުން ސީއެސްއާރުގެ ނަމުގައި ފައިސާ ނެގުމަށްފަހު އެ ފައިސާތައް މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެޕޮލްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އެކައުންޓަށް ޖަމާކޮށްފައިވާކަމަށް އެ ކޯފަރޭޝަންގެ މެނޭޖިންގް ޑިރެކްޓާރ މުހައްމަދު ރާއިދު ވިދާޅުވެއްޖެއެވެ.

Advertisement

ރާއިދް މިހެން ވިދާޅުވެފައިވަނީ ބުދަ ދުވަހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް ކޮމިޓީގައި މެމްބަރުން ކުރިމަތި ކުރިވި ސުވާލު ތަކަށް ޖަވާބުދެއްވަމުންނެވެ.

"އެފައިސާ އޭރު ޓުއަރިޒަމް މިނިސްޓްރީއިން ޚަރަދު ކުރެވެން ނެތީތީ އެމީހުންގެ ނަމުގައި ފްރެންޑްލީ ކޮމްޕެނީސްތަކެއް އެބަހުރޭ. އޭގެތެރޭގައި އޮންނަ ފްރެންޑްލީ ކުންފުންޏެއް އެމްއައިޓީޑީސީ އަކީ. އެހެންވީމަ އެމްއައިޓީޑީސީގެ ބަޖެޓެއްވެސް ނޫން، އަދި އެމްއައިޓީޑީސީއިން ނަގާފަ ހުރި ލާރިއެއްވެސް ނޫން. ރިސޯޓުތަކުން ސީއެސްއާރުގެ ނަމުގައި ޓުއަރިޒަމް މިނިސްޓްރީއަށް ލާރި ނަގާފައި އެލާރި މި ވައްދަނީ އެމްއައިޓީޑީސީގެ އެކައުންޓަށް"
އެމްއައިޓީޑީސީގެ މެނޭޖިންގް ޑިރެކްޓާރ މުހައްމަދު ރާއިދު

ރާއިދު ވިދާޅުވީ މި މުއާމަލާތަކީ މަނީ ލޯންޑްރިންގް ގެ އަމަލެއް ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެމްއައިޓީޑީސީ ގެ މެންޑޭޓުން ބޭރު އެތައް ކަމެއް ކޮށްފައިވާ ކަމަށް ފާހަގަ ކުރައްވަމުން ރާއިދު ވިދާޅުވީ ރިސޯޓުތަކުގެ ފައިސާތައް އެމްއައިޓީޑީސީ ގެ އެކައުންޓަށް ޖަމާވެފައިވާ ކަން ކަށަވަރު ވާކަމަށެވެ. އަދި ފައިސާ އެކައުންޓަށް ޖަމާވާއިރު ޓުއަރިޒްމް މިނިސްޓްރީގެ ސިޓީއެއްވެސް ލިބޭ ކަމަށާއި ފައިސާއިން ހަރަދު ކުރަން ވީ ގޮތް އެ ސިޓީގައި ބަޔާން ކޮށްފައި އޮންނަ ކަމަށްވެސް ވިދާޅުވިއެވެ.

ރާއިދު ވިދާޅުވީ ޖުމްލަ 2360441 މިލިއަން ޑޮލަރު 14 ރިސޯޓަކުން އެކި އަދަދު ތަކެއް ދައްކާފައިވާކަމަށެވެ. އަދި އެ ރިސޯޓުތަކުގެ ނަން ހާމަ ކުރުމަށް މެމްބަރުން އެދުމުން ފުރަތަމަ ފަސްޖެހިވަޑައިގެންނަމަވެސް ފަހުން ނަންތައް ވަނީ ހާމަ ކުރައްވާފައެވެ.

ނަންތަކާއި ދެއްކި ފައިސާ ގެ އަދަދު ހާމަ ކުރެއްވުމުގެ ކުރިން ރާއިދު ވިދާޅުވީ، އަތުގައި ހުރި ނަންތަކަކީ ރަށްތަކުގެ ނަންކަމަށާއި އެރަށްތައް މިހާރު ރިސޯޓުތަކަށް ބަދަލު ނުވާ ކަމެއް ސާފުނޫން ކަމަށެވެ.

ނ. ކުރެދިވަރު: 20000 ޑޮލަރު

ނ. ލޯފަރު: 1 މިލިއަން ޑޮލަރު

އިތާފުށި : 1 ލައްކަ ޑޮލަރު

ދިގު ރަށް: 70000 ޑޮލަރު

ހުރަވަޅި ބީޗް ރިސޯޓް: 10000 ޑޮލަރު

ފަސްމެންދޫ: 10000 ޑޮލަރު

މާރަންދޫ: 20000 ޑޮލަރު

މާގައު : 66000 ޑޮލަރު

އުތުރު މާފަރު : 10000 ޑޮލަރު

މިރިއަންދޫ : 10000 ޑޮލަރު

މާމުޓަ: 1 ލައްކަ ޑޮލަރު

އެނބޫދޫ : 1 ލައްކަ ޑޮލަރު

އޮޑަގައްލާ : 5 ލައްކަ

ނަސަންދުރަ ޕެލެސް ހޮޓެލް: 20000 ޑޮލަރު

މި މައްސަލައާއި ގުޅިގެން ވާހަކަ ދައްކަވަމުން ރާއިދު ވިދާޅުވީ މި މައްސަލައާއި ގުޅޭ ސިޓީއެއް އޮޑިޓާރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް