Advertisement
ކ. މާލެ
|
24 ޖުލައި 2019 | ބުދަ 22:02
ހައި ކޯޓު
ހައި ކޯޓު
ގޫގުލް
އެސްއޯއީ
ސަރުކާރުގެ އިސްވެރިންގެ ބޭނުމަށް ޖިމެއް ހެދުމަށް 8 ލައްކަ ރުފިޔާ
ޖިމެއް ހެދުމަށް ފައިސާ ނަގާފައިވަނީ ކަނޑައެޅިގެން ކޮންފަރާތަކަށް ކަމެއް ނޭނގޭ
ޖިމްގެ އިކުއިޕްމެންޓް ގަތުމަށްޓަކާ 52056 ރުފިޔާ ބޭރުކޮށްފައިވޭ
އޭޖީ އޮފީހުގެ ރެކޯޑު ބަލަހައްޓާ ސިސްޓަމެއް ހެދުމަށް 53000 ރުފިޔާ

ސަރުކާރުގެ އިސްވެރިންގެ ބޭނުމަށް ލަގްޒަރީ ޖިމެއް ހެދުމަށް އަށް ލައްކަ ރުފިޔާ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބޭނުން ކޮށްފައިވާ ކަމަށް އެމްއައިޓީޑީސީ އިން ބުނެފިއެވެ.

އެ ކޯޕަރޭޝަންގެ ފަރާތުން މިހެން ބުނެފައިވަނީ ބުދަ ދުވަހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް ކޮމިޓީގައި މެމްބަރުން ކުރިމަތި ކުރުވި ސުވާލަށް ޖަވާބު ދެމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރާއިދެވެ.

އެމްއައިޓީޑީސީ އިން ބުނެފައިވަނީ ލިޔެކިޔުންތަކުގައި ފުށު އެރުން ހުރުމުން ޖިމެއް ހެދުމަށް ފައިސާ ނަގާފައިވަނީ ކަނޑައެޅިގެން ކޮންފަރާތަކަށް ކަމެއް ނޭނގޭ ކަމަށެވެ. ބައެއް ލިޔެކިޔުންތަކުގައި ހައިކޯޓުގެ ބޭނުމަށް ކަމަށް ބުނާއިރު ބައެއް ލިޔެކިޔުންތަކުގައި ހުރީ ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އޮފީހަށް ނެގި ކަމަށެވެ. އަދި ޖިމްގެ އިކުއިޕްމެންޓް ގަތުމަށްޓަކާ 52056 ޑޮލަރު ބޭނުން ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

Advertisement

މީގެއިތުރުން ރާއިދު ވިދާޅުވީ ޖިމަށް އިކުއިޕްމެންޓް ގަތުމަށް ފައިސާ ނެގިކަމުގައި ވީނަމަވެސް ޖިމެއް ހަދާފައިވާކަން ނޭނގޭ ކަމަށެވެ. ކުރީގެ ރައީސް ޔާމީން ގެ ސަރުކާރުގައި އެމްއައިޓީޑީސީގެ މެންޑޭޓުން ބޭރު އެތައް ކަމެއް ކުރުމަށް ފައިސާ ބޭރުކޮށްފައި ވާއިރު އެމްއައިޓީޑީސީ ބުނީ އޭޖީ އޮފީހުގެ ރެކޯޑު ބަލަހައްޓާ ސިސްޓަމެއް ހެދުމަށް ވެސް ސީއެސްއާރު ގެ ގޮތުގައި 53000 ޑޮލަރު އެކުންފުނިން ހަރަދު ކޮށްފައިވާ ކަމަށެވެ.

މިފަދަ މުއާމަލާތްތަކަށް އަލި އަޅުވާލައްވަމުން ރާއިދު ވިދާޅުވީ އިސްކަންދަރު ސްކޫލްގައި ޑިޖިޓަލް ލައިބްރަރީއަކާއި މަލްޓި ޕާރޕަސް ގްރައުންޑެއް ހެދުމަށްޓަކާ ވެސް އެމްއައިޓީޑީސީ އިން ފައިސާ ބޭރު ކޮށްފައިވާ ކަމަށެވެ.

އަދި އެމްއައިޓީޑީސީން ހަރަދު ކުރަން ޖެހޭ ކަމަށް ބުނެ ކުންފުނިތަކުން ކަރަންޓު ބިލުތަކާއި ދަތުރުތަކުގެ އިންވޮއިސްތަކެއް ލިބިފައިވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެ ކުންފުނީގެ ބަޖެޓުން މިޒާތުގެ ކަންކަމަށް ހަރަދު ކުރަންޖެހޭ ކަމަށް ގަބޫލު ނުކުރާކަމަށް ވެސް ރާއިދު ކޮމިޓީގައި ވިދާޅުވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
30 ޖުލައި 2019 | އަންގާރަ 16:04
ސްޓާފް
ކަލޯމެންނޭ ތިޔަ ޖިމް އަށް އަހަރެމެން ހުރިހާ ސްޓާފުން ނަށް އެކްސެސް ވެވޭ. ވެރިންނެއް ނޫން. މަސައްކަތު މީހާ އަށްވެސް ވަދެވޭނެ. ޙަބަރެއް ޖަހާ އިރު ތެދު ބަލާލުން މުހިއްމު. ޝަރުއީ މުވައްޒަފެއް