Advertisement
ކ. މާލެ
|
24 ޖުލައި 2019 | ބުދަ 14:20
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
މަޖިލިސް
މަޖިލިސް
ރާވިއްކުން މަނާ ކުރާ ގަރާރު މަޖިލީހުން ބޭރުކޮށްލައިފި!
މި ގަރާރު މަޖިލީހުން ބެރުކޮށްލާފައިވަނީ 55 މެމްބަރުންގެ ވޯޓުން

ރާއްޖޭގައި ބަނގުރަލާއި އޫރުމަސް އަދި އޫރުމަހުން އުފައްދާފައިވާ ތަކެތި ވިއްކުން މަނާ ކުރާ ގަރާރެއް މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ގަރާރު ފާސް ކުރުމަށް 8 މެމްބަރުން ވޯޓުދިން ނަމަވެސް ގަރާރު މަޖިލީހުން ބޭރުކޮށްލާފައިވަނީ 55 މެމްބަރުންގެ ވޯޓާއިއެކުއެވެ.

142 ވަނަ މާއްދާގެ ދަށުން ހުށަހެޅި މި ގަރާރު ހުށަހަޅުއްވާފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

މެމްބަރު ޖާބިރު ގަރާރު ހުށަހަޅުއްވަމުން ވިދާޅުވީ، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވާއިރު ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކާ ވިޔަސް ބަނގުރަލާއި އޫރުމަސް ވިއްކައިގެން ނުވާނެ ކަމަށެވެ.

Advertisement

މީގެ އިތުރުން މެމްބަރު ވިދާޅުވީ 40 އަހަރު ކުރިން ފަތުރުވެރިކަން ކުރިއެރުވުމަށްޓަކާ ރަލާއި އޫރުމަސް އެތެރެކޮށް ވިއްކުމަށް ލައިސަންސް ދޫކުރަން ފެށުނީ ވަކި ބައެއްގެ ވިޔާފާރިތައް ކުރިއެރުވުމުގެ ނިޔަތުގައި ކަމަށެވެ. އަދި ހުރިހާ ފަރާތެއްގެ ވިޔަފާރިވެސް ކުރިއެރުވެން ޖެހޭނީ ހަމަހަމައަށް ކަމަށްވެސް ވިދާޅުވިއެވެ.

މިހާރު ރަލާއި އޫރުމަސް ރާއްޖެ އެތެރެ ކުރެވެނީ ކީއްވެގެންތޯ އާއި ނުކޮށްފިނަމަ ކުރާނެ އަސަރު ދިރާސާ ކުރުމަށް ކޮމެޓީއަކަށް ފޮނުވަން ޖެހޭނަމަ ފޮނުވުމަށްވެސް މެމްބަރު ޖާބިރު ގޮވާލެއްވިއެވެ.

މި ގަރާރަށް ވާހަކަފުޅު ދައްކަވާފައިވަނީ ހަމައެކަނި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދް އާމިރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް