Advertisement
ކ. މާލެ
|
24 ޖުލައި 2019 | ބުދަ 12:22
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ރައްޔިތުންގެ މަޖިލިސް
މަޖިލިސް
ރަލާއި އޫރުމަސް ވިއްކުމަށް ރިސޯޓުތަކުގައި ހުއްދަ ދޭން ފެށީ ވަކި ބަޔަކަށް ފައިދާ ވާ ގޮތަށް: ޖާބިރު
142 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވާފައިވާ ގަރާރުގައި ބަނގުރަލާއި އޫރު މަސް އެތެރެ ކުރުން މަނާ ކުރޭ
ބަނގުރަލާއި އޫރުމަސް އެތެރުކޮށް ވިއްކަން ދީފައިވާ ހުއްދަތައް ވަގުތުން ބާތިލުކުރުމަށް މެމްބަރު ވަނީ ގޮވާލާފަ
ޖާބިރު ވިދާޅުވީ ރަލާއި އޫރުމަސް ވިއްކުމަށް ލައިސަންސް ދޫކުރަން ފެށުނީ ވަކި ބައެއްގެ ވިޔާފާރިތައް ކުރިއެރުވުމުގެ ނިޔަތުގައި ކަމަށް

40 އަހަރު ކުރިން ފަތުރުވެރިކަން ކުރިއެރުވުމަށްޓަކާ ރަލާއި އޫރުމަސް ވިއްކުމަށް ލައިސަންސް ދޫކުރަން ފެށުނީ ވަކި ބައެއްގެ ވިޔާފާރިތައް ކުރިއެރުވުމުގެ ނިޔަތުގައި ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދޫﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ ރާއްޖޭގައި ރަލާއި އޫރުމަސް ވިއްކުން މަނާ ކުރާ ބިލެއް ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ހުށަހަޅުއްވަމުންނެވެ. 142 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވާފައިވާ ގަރާރުގައި ބަނގުރަލާއި އޫރު މަސް، އަދި އޫރުމަހުން އުފައްދާފައިވާ އެއްވެސް އެއްޗެއް ރާއްޖެ އެތެރެ ކުރުން މަނާ ކުރެއެވެ.

ގަރާރު ހުށަހަޅުއްވަމުން މެމްބަރު ޖާބިރު ވިދާޅުވީ، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވާއިރު ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކާ ވިޔަސް ބަނގުރަލާއި އޫރުމަސް ވިއްކައިގެން ނުވާނެ ކަމަށެވެ.

Advertisement

ޖާބިރު ވިދާޅުވީ ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަށް ގެންދަން ޖެހޭނީވެސް އިސްލާމްދީން އަންގަވާފައިވާ ގޮތުގެ މަތިން ކަމަށެވެ. އަދި ގާނޫނުތަކާއި ގަވާއިދުތައް ހަދަން ޖެހޭނީ ވެސް އިސްލާމްދީނާއި އެއްގޮތަށް ކަމަށާއި މަޖިލީހުންވެސް މި ފަދަ ކަމަކަށް ބާރު ދީގެން ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މެމްބަރު ޖާބިރު ވަނީ މީގެ ކުރިންވެސް ރާއްޖޭގައި ކެސީނޯ އެޅުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވުމާ ގުޅިގެން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް, ގަވާއިދު ކޮމެޓީގައި ބަހުގެ ހަމަލާތަކެއް ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް