Advertisement
ކ. މާލެ
|
24 ޖުލައި 2019 | ބުދަ 11:54
ޖޭއެސްސީގެ މެމްބަރުން ތަކެއް
ޖޭއެސްސީގެ މެމްބަރުން ތަކެއް
ޝުއައިބް މުހައްމަދު އިގްބާލް
ޖޭއެސްސީ
ޖޭއެސްސީ އިންތިހާބުގައި ހަ ފަރާތަކުން ކުރިމަތިލައިފި
އިންތިހާބު އޮންނާނީ ހޮނިހިރު ދުވަހު
ކުރީގެ އިންފޮމޭޝަން ކޮމިޝަނަރުވެސް ވާދަކުރައްވާ

ވަކީލުންގެ ކަންތައްތައް ރެގިއުލޭޓް ކުރުމަށް އުފައްދާފައިވާ ބާ ކައުންސިލުން ޖުޑީޝަލް ސަރވިސް ކޮމިޝަން ( ޖޭއެސްސީ) އަށް ވަކީލަކު އައްޔަން ކުރުމަށް ބާއްވަން ހަމަޖެހިފައިވާ އިންތިހާބަށް ހަ ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ކޮށްފައިވަނީ އަންގާރަ ދުވަހުއެވެ.

ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ އެ އިންތިހާބުގައި ކުރިމަތިލައްވާފައިވަ ބޭފުޅުންގެ ތެރޭގައި ދާދީ ފަހުން އިންފޮމޭޝަން ކޮމިޝަނަރުގެ ދައުރު ހަމަވެފައިވާ އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު ހިމެނެއެވެ.

ޖޭއެސްސީގެ އިންތިހާބަށް ކުރިމަތިލައްވާފައިވާ ބޭފުޅުން:

1. އަލީ ރަޝީދު، ކުންނާރުގެ، ދ. ރިނބިދޫ

2. އަބްދުލްމާނިއު ހުސައިން، އަންބަރީގެ، ހއ. އިހަވަންދޫ

3. އަހުމަދު ނަޝީދު ހުސައިން، ދަފްތަރު ނަންބަރު ރސ 1890

Advertisement

4. އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު، މާޒީ ލ.މާވަށް

5. މަރިޔަމް ހަނީފާ ހާލިދު، އަނބުގަސްދޮށުގެ، ހއ.ކެލާ

6. އަބްދުލްހަންނާނު އަހުމަދު، ގ.އަސްމަހި، މާލެ

ގާނޫނީ ފަންނުގެ ބިލް ގެޒެޓް ކުރެވުމާއިއެކު ދިވެހިރާއްޖޭގެ ފުރަތަމަ ބާ ކައުންސިލަށް ރައީސް އާއި ނާއިބް ރައީސްގެ އިތުރުން އެކްޒެކްޓިވް ކޮމިޓީ އަށް މެމްބަރުން ވަނީ އިންތިހާބު ކޮށްފައެވެ.

ގާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (މ) ގެ ދަށުން ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީ އަށް ގަނޫނީ ވަކީލަކު ޢައްޔަނުކުރުމަށްޓަކައި ބާއްވަންޖެހޭ އިންތިޚާބު ބޭއްވުމަށްޓަކައި އިންތިޚާބީ ކޮމިޓީއެއް އެކުލަވާލުމާއި، އެކަމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރަން ޖެހެނީ ބާ ކައުންސިލުންނެވެ.

ޖޭއެސްސީ އަށް ގާނޫނީ ވަކީލުންގެ ތެރެއިން މެމްބަަރަކު އައްޔަން ކުރަން ހަމަޖެހިފައިވާއިރު، ކުރިން އެ މަގާމުގު ހުންނެވީ ލަތީފާ ގާސިމްއެވެ. ގާނޫނީ ފަންނުގެ ބިލް ފާސްކުރުމާއި އެކު އޭނާގެ މަގާމު ވަނީ ގެއްލިފައެވެ. ޖޭއެސްސީ އަކީ 10 މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ މިނިވަން މުސްތަގިއްލު މުއައްސަސާއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް