Advertisement
ކ. މާލެ
|
23 ޖުލައި 2019 | އަންގާރަ 11:08
ނަސޭހަށް ދޭން ނިންމި ތިން ފަނޑިޔާރުން
ނަސޭހަށް ދޭން ނިންމި ތިން ފަނޑިޔާރުން
ރައީސް އޮފީސް
ޖޭއެސްސީ
ފަނޑިޔާރުންނަށް ނަސޭހަތްދެނީ އިކްރާމްގެ ލިޔުންތައް ގެންދިޔަ މައްސަލާގައި
ސިވިލް ކޯޓުގެ ފައިލް ސުޕްރީމް ކޯޓަށް ގެންދިޔުމަށް
ސުލޫކީ މިންގަނޑާ ހިލާފުވެފައި ވަނީ
ރައްޔިތުންނަށް ލިބިދީފައިވާ އިސްތިއުނާފުކުރުމުގެ ހައްގަށް ހުރަސްއެޅޭ

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އަބްދުﷲ އާރިފްގެ އިތުރުން އާދަމް މުހައްމަދު އަބްދުﷲ އަށް ޖުޑީޝަލް ސަރިވިސް ކޮމިޝަން (ޖޭއެސްސީ) އިން ނަސޭހަތް ދީފައިވަނީ ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމްއާ ގުޅޭ ދަރަނީގެ ލިޔެކިޔުންތައް ހޯދުމަށް ސުޕްރީމް ކޯޓުން އެދުމުންކަން ރާއްޖެ.އެމްވީ އަށް އެނގިއްޖެއެވެ.

ޖޭއެސްސީން އެ ތިން ފަނޑިޔާރުންނަށް ނަސޭހަތް ދޭން ނިންމީ ހޯމަ ދުވަހު ބޭއްވި އެ ކޮމިޝަންގެ 47 ވަނަ ޖަލްސާ އިންނެވެ.

ތިން ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅަން ނިންމި ސަބަބު ބަޔާންކޮށް ޖޭއެސްސީން ނެރެފައިވާ ބަޔާނެއްގައި ބުނީ، ފަނޑިޔާރުންނަށް ނަސޭހަތް ދޭން ނިންމީ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެއް ތަންފީޒުކުރުމުގެ ގޮތުން އެ ކޯޓުން ބަލަމުން ގޮސްފައިވާ މައްސަލައެއްގެ ފައިލް ސުޕްރީމް ކޯޓަށް ފޮނުވުމަށް ސިވިލް ކޯޓަށް އަދި އެފައިލް ސުޕްރީމް ކޯޓަށް ގެނައުމާއި ގުޅިގެން، އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ފަރާތުގެ ގާނޫނީ ހައްގު ގެއްލިފައިވާތީ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮންފަރާތެއް ކަމެއް ޖޭއެސްސީ އިން ނުބުނެއެވެ.

Advertisement

ޖޭއެސްސީގެ ބަޔާނުގައި ބުނީ، ފަނޑިޔާރުންގެ އެ އަމަލަކީ ފަނޑިޔާރުން އެމީހުންގެ ވާޖިބު އަދާކުރަންވާނީ، ތައައްސުބުން އެއްކިބާވެ ތިބެ ހަމަހަމަކަމާއި މުސްތަގިއްލުކަމާއެކު، ވަކި ފަރާތަކަށް ނުވަތަ ވަކިފަރާތެއްގެ މަސްލަހަތަށް އިސްކަން ދިނުމަކާ ނުލައިކަމަށް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ބުނެފައިވާ ބުނުމާއީ، އަދި ފަނޑިޔާރުން އެމީހުންގެ ވާޖިބު އަދާކުރުމުގައި، އެފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ އެއްވެސް ފަރާތަކުން ކުރާ އަމަލަކުން ނުވަތަ ބުނާ ބަހަކުން، ނުވަތަ އެނޫން ގޮތަކުން ވެސް، ނަހަމަގޮތުގައި އެއްވެސް ފަރާތެއްގެ މަސްލަހަތަށް ގެއްލުމެއް ލިބިދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ އެކަމެއް ވަގުތުން ހުއްޓުވަންވާނެ ކަމަށް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ބުނެފައިވާ ބުނުމާއި ހިލާފު އަމަލެއްކަމަށް ވާތީ ކަމަށެވެ.

ފިޔަވަޅު އެޅުމާބެހޭ އުސޫލުތައް ބަޔާންކޮށް ސުޕްރީމް ކޯޓުން ނެރެފައިވާ ސާރކިއުލަރ ގެ ދަށުން މައްސަލައިގެ ފައިލް، ސުޕްރީމް ކޯޓަށް ގެންދިއުމަކީ، ޤާނޫނު އަސާސީންނާއި ގާނޫނުތަކުން ރައްޔިތުންނަށް ލިބިދީފައިވާ އިސްތިއުނާފުކުރުމުގެ ހައްގަށް ހުރަސްއެޅި، ޝަރުއީ ތިން މަރުހަލާގައިން ހައްގުތައް ކަށަވަރުކުރުމަށް އޮތް ފުރުސަތު ގެއްލިގެން ދާކަމެއްކަމަށް ޖޭއެސްސީގެ ކޮމިޓީގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް