Advertisement
ކ. މާލެ
|
23 ޖުލައި 2019 | އަންގާރަ 09:09
ބިދޭސީއަކު މަސައްކަތް ކުރަނީ
ބިދޭސީއަކު މަސައްކަތް ކުރަނީ
މުހައްމަދު ޝަރުހާން
ބިދޭސީން
ބިދޭސީއަކު، ޗަކަ ފެނުން ތަރުކާރީ ދޮންނަ ވީޑިއޯއެއް އާންމު ވެއްޖެ
ވީޑިއޯއިން ފެންނަނީ މީހަކު ތަރުކާރީ މާރުކޭޓަކުން، ކޮންމެވެސް ބާވަތެއް ނަގާ ފެންގަނޑަކުން ދޮންނަ މަންޒަރު
ފެންގަނޑުން އެ ތަކެތި ދޮވެލުމަށްފަހު އަނބުރާ މުދާ ބަހައްޓާ ޝެލްފަށް ލާ
އެ ވީޑިއޯ އިން ބަލާ ބެލުމުގައި އެކަން ކުރާ ކަމަށް ފާހަގަ ވަނީ ބިދޭސީ ފިރިހެނެއް

މަގުމަތީގައި އޮތް ހަޑި ފެންގަނޑަކުން، ވިއްކަން ލާފައި ހުރި ތަރުކާރީ ކަމަށް ބެލެވޭ އެއްޗެއް ދޮންނަ މަންޒަރު ފެންނަ ވީޑިއޯއެއް އާންމު ވެއްޖެއެވެ.

Advertisement

އާންމު ރައްޔިތަކު ޓްވިޓާގައި ހިއްސާ ކޮށްފައިވާ އެ ވީޑިއޯއިން ފެންނަނީ މީހަކު ހުޅުމާލޭގައި ހުންނަ ފިހާރަޔަކުން ކޮންމެވެސް ބާވަތެއް ނެގުމަށްފަހު، މަގުމަތީގައި ހެދިފައި އޮތް ފެންކޯރަކުން އެ ތަކެތި ދޮވެލުމަށްފަހު އަނބުރާ މުދާ ބަހައްޓާ ހަރުގަނޑަށް ލާ މަންޒަރެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެކަން ކުރާ ކަމަށް ފާހަގަ ވަނީ ބިދޭސީ ފިރިހެނެކެވެ. އަދި ދޮންނަކަމަށް ފާހަގަ ކުރެވެނީ ދެ ބައްޓެވެ. އެ އެއްޗެހި ފެންގަނޑުން ދޮވެލުމަށްފަހު ފެންތައް ހިއްކާލުމުގެ ގޮތުންވެސް އޭނާ ހަރަކާތެއް ކުރާ މަންޒަރު އެ ވީޑިއޯ އިން ފެނިގެންދެއެވެ.

މިކަމާއިމެދު މީސް މީޑިއާގައި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންދާއިރު، ރާއްޖޭގެ ގިނަ ފިހާރަ ތަކުގައިވެސް ބިދޭސީން ވަޒީފާ އަދާ ކުރަމުން އަންނަ ކަން ފާހަގަ ކުރެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
23 ޖުލައި 2019 | އަންގާރަ 09:52
އަހަރަކު އެއް ފަހަރު
މީ މީގެ ދެތިން އަހަރު ކުރީގެ ވީޑިއޯއެއް. ކޮންމެ އަހަރަކު ވީޑިއޯ ވައިރަލްވޭ. ޥާއިރަށް ޚަބަރުވެސް ހަދަންވޭ.