ކ. މާލެ
|
23 ޖުލައި 2019 | އަންގާރަ 00:43
ވެސްޓަރނ ޔޫނިއަން
ވެސްޓަރނ ޔޫނިއަން
ބަނޑަހަ ފައިނޭންޝަލްސް
ވެސްޓަރނ ޔޫނިއަން
ވެސްޓަރން ޔޫނިއަން ކައިރިން ފޭރުނު މައްސަލައެއް ބަލަނީ
މީޑިއާ އޮފިޝަލް ވިދާޅުވީ، ފުލުހުންނަށް މި މައްސަލަ ރިޕޯޓުކޮށްފައިވަނީ ހޯމަ ދުވަހުގެ ރޭ 21:14 ހާއިރު ކަމަށް

ޗާންދަނީ މަގުގައި ހުންނަ ވެސްޓަރން ޔޫނިއަން ކައިރިން ފޭރުނު މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުލުހުންނަށް މި މައްސަލަ ރިޕޯޓުކޮށްފައިވަނީ ހޯމަ ދުވަހުގެ ރޭ 21:14 ހާއިރު ކަމަށެވެ. ނަމަވެސް ފޭރިގަނެފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއްކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުޤީޤްކުރަމުން އަންނަކަމަށެވެ.

މި ފަހަކަށް އައިސް ފޭރުމުގެ މައްސަލަތައް އިތުރުވެފައިވާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

- ކޮމެންޓް