ރެޑްވޭވް އިން ހަފްތާ ރެސް ޕްރޮމޯޝަން ފަށައިފިއެވެ.
މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުން ބުދަ ދުވަހަށް 100 ރުފިޔާ އިން މަތީގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މެދުގައި ބާއްވާ ގުރުއަތު ނެގުމުން ހޮވޭ ފަރާތްތަކަށް ހާއްސަ އިނާމްތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރެޑްވޭވް އިން ބުންޏެވެ.
މި ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު 3 ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވާ ކަމަށާއި 1 ވަނަ އަށް ހޮވޭ ފަރާތަކަށް ފަސް ހާސް ރުފިޔާ، 2 ވަނަ އަށް ހޮވޭ ފަރާތަކަށް ތިން ހާސް ރުފިޔާ އަދި 3 ވަނަ އަށް ހޮވޭ ފަރާތަކަށް ދެ ހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ ކަމަށް ރެޑްވޭވް އިން ބުނެއެވެ.
މި ޕްރޮމޯޝަން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާއިރު ކަސްޓަމަރުންގެ ފަރާތުން ލިބިގެންދާ ތަރުހީބަށް ބެލުމަށްފަހު ޕްރޮމޯޝަންގެ މުއްދަތު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށް ރެޑްވޭވް އިން މައުލޫމާތުދެއެވެ.
މި ޕްރޮމޯޝަން މާލެ އަދި ހުޅުމާލޭގައި ހުރި ރެޑްވޭވްގެ ހުރިހާ އައުޓްލެޓެއްގައި ކުރިއަށްދާއިރު ހަފްތާ ސޭލްގައި ކަނޑައެޅޭ އައިޓަމްތަކުން ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭނެ ކަމަށް ވެސް ރެޑްވޭވް އިން ބުންޏެވެ.