Advertisement
ކ. މާލެ
|
20 ޖުލައި 2019 | ހޮނިހިރު 16:57
2016 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާގައި ފަރިވާ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި
2016 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާގައި ފަރިވާ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި
އަވަސް.އެމްވީ
ހައިކޯޓު
ފަރިވާ ފިހާރާ ރޯވުމުގައި ސްޓެލްކޯގެ އިހުމާލެއް ނެތް ކަމަށް ހައިކޯޓުންވެސް ކަނޑައަޅައިފި
ފޮށީގެ އެތެރޭގައި އަލިފާން ރޯވި ކަމަށް ފޮރެންސިކް ރިޕޯޓުން ނުދައްކާ
ދައުވާކޮށްފައިވަނި 33 މިލިއަން ރުފިޔާ ނަގައިދިނުމަށް
ހައިކޯޓުން ހުކުމް ކުރީ ބުރާސްފަތި ދުވަހު

ދެހާސް ސޯޅަ ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ވިހަ ވަނަ ދުވަހު ފާމުދޭރި މަގުގައި ހުންނަ ފަރިވާ އިލެކްޓްރޯނިކްސް ފިހާރާގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ސްޓެލްކޯގެ އިހުމާލުން ނެތް ކަމަށް ހައިކޯޓުންވެސް ކަނޑައަޅައިފިއެވެ.

ފިހާރަ އަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ވެރިފަރާތް މަހުމާ ހުސައިން ރަޝީދު 2016 ވަނަ އަހަރު ސިވިލް ކޯޓުގައި ކުރި ދައުވާގައި ބުނެފައިވަނީ ފިހާރާ ގައި އަލިފާން ރޯވީ ސްޓެލްކޯގެ ކަރަންޓު ފޮށީގައި ރޯވެގެން ކަމަށާއި، އެކަމުގައި ސްޓެލްކޯގެ އިހުމާލެއް އެބައޮތް ކަމަށެވެ.

އޭގެ ބަދަލުގައި 33 މިލިއަން ރުފިޔާ ނަގައިދިނުމަށް އޭނާ ކުރި ދައުވާގައިވެއެވެ. 2017 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ސިވިލް ކޯޓުން ނިންމާފައިވަނީ ސްޓެލްކޯގެ އިހުމާލެއް ނެތް ކަމަށެވެ. އެ މައްސަލަ އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށައެޅުމުން ބުރާސްފަތި ދުވަހު ހައި ކޯޓުންވެސް ނިންމީ އެ މައްސަލާގައި ސްޓެލްކޯގެ އިހުމާލެއް ނެތް ކަމަށެވެ.

Advertisement

ބުރާސްފަތި ދުވަހު ހައި ކޯޓުން ކޮށްފައިވާ ހުކުމް ގައި ބުނެފައިވަނީ ކަރަންޓު ޑިސްޓިރިބިއުޝަން ފޮށީގައި އަލިފާން ރޯވެގެން ހިނގާފައިވާ ކަމެއްތޯ ބެލުމަށް ފޮރެންސިކް އޮފިސަރުން މެދުވެރިކޮށް އެފޮށިން ކަރަންޓް ކޭބަލް ގެނެސް ފޮރެންސިކް ފިޒިކަލް އެގްޒަމިނޭޝަން ހެދި ރިޕޯޓުން ފޮށީގެ އެތެރޭގައި ހުރި ކަރަންޓް ކޭބަލް ރޯވެފައި ވާކަން ފާހަގަވެފައިނުވާ ކަމަށެވެ.

ހުކުމްގައި ބުނެފައިވަނީ، ސްޓެލްކޯގެ ޒިންމާ އެކުންފުނީގެ މައްޗަށް ލާޒިމު ކުރެވޭނީ އެ ކުންފުނީގެ ގާނޫނީ ވާޖިބެއް އޮތުމާއި އެ ވާޖިބަށް ދައުވާ ލިބޭ ފަރާތުން ޚިލާފުވެފައިވުން ކަމަށް ސާބިތުކޮށް ދެވިގެން ކަމަށެވެ.

އެ ހުކުމުގަ ހުކުމް ބާތިލު ކުރަންޖެހޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ނެތްކަމަށް މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
20 ޖުލައި 2019 | ހޮނިހިރު 18:31
ސްލަމް ކޮލިޓީ
ސްލަމް ކޮލިޓީ