Advertisement
ކ. މާލެ
|
20 ޖުލައި 2019 | ހޮނިހިރު 14:42
ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ
ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ
ރާއްޖެއެމްވީ
ފަލަސުރުހީ
މިސަރުކާރުން ވައްކަން ކުރާ މީހެއްގެ ދިފާއުގައި ނުނިކުންނާނެ: މެމްބަރު ގަފޫރު
ހަގީގަތް އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް ކާމިޔާބު ނުވާނެ
ހައްގު ގޮތުގައި މަސައްކަތް ނުކުރުމުގެ ހިތި ނަތީޖާގެ ޒިންމާ އެފަރާތްތައް ނަގަން ޖެހޭ
ވައްކަމުން ހާސިލް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެއްވެސް މީހަކު ވައްކަން ކުރުމުން ސަރުކާރަކުން ދިފާއުގައި ނުނިކުންނާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ފަލަސުރުހީ ޕްރޮގްރާމްގައި މެމްބަރު ގަފޫރު ވިދާޅުވީ އެކިއެކި މައްސަލަތަކުގައި ސުވާލުކުރުމަށް މަޖިލިސްގެ އެކި ޖަލްސާތަކަށާއި، އެކި ކޮމެޓީތަކަށް ބޭފުޅުން ހާޒިރުކުރުމުން ރެކިވަޑައިގަތުމަށް ތަފާތު އެކިއެކި ވާހަކަތައް ދައްކަވަމުންދާ ކަމަށެވެ. ނަމަވެސް ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށާއި، މަންޒަރު ފެންނަން އޮތް މައްސަލަތަކުގައި ހަގީގަތް އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް ކާމިޔާބު ނުވާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.

Advertisement

ކުރީގެ ރައީސް ޔާމީންގެ ސަރުކާރަށް އަލިއަޅުއްވާ ލައްވާ މެމްބަރު ގަފޫރު ވިދާޅުވީ އެއްބަޔަކު އަނެއް ބައެއްގެ ބާރުތަކަށް އަރައިގަނެ ފިއްތުންތައް ކުރިމަތިވި ނަމަވެސް ހައްގު ބަސްބުނުމުގެ އިހުތިޔާރު ކޮންމެ މީހަކަށް ވެސް ލިބުނު ކަމަށެވެ. އެދުވަހު ހައްގު ގޮތުގައި މަސައްކަތް ނުކުރުމުގެ ހިތި ނަތީޖާގެ ޒިންމާ އެފަރާތްތައް ނަގަން ޖެހޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.

ދެން އަޅުގަނޑު ވެސް ގަބޫލުކުރަން ހަމަ މިދިޔަ ދުވަސްތަކުގެ ތެރޭގައި ހަމަ ހިއުމަން ރައިޓްސް ކޮމިޝަނުން އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ކަންކަމެއް ކުރެވިފައި ނެތް. އެބޭފުޅުންނެއް މިހިނގާ ދިޔަ ކަންތައްތަކާއި ގުޅޭ ގޮތުން އެބޭފުޅުން ބަސްބުނާ އަޑު އިވިފައި ނެތް. ދެން ހުރި ދައުލަތުގެ މުއައްސަސާތަކަށް ވެސް.
މެމްބަރު ގަފޫރު ވިދާޅުވި

މެމްބަރު ގަފޫރު ވިދާޅުވީ ކޮންމެ ފަރާތަކަށް ވެސް ބާރު ލިބެނީ ގާނޫނު އަސާސީން ކަމަށާއި، އެއްބަޔެއްގެ ގާނޫނީ ބާރުތަކަށް އެއްބަޔަކު އަރާގަތުމަކީ މިއީ ނިޒާމް ދަންނަ ކަމެއް ނޫން ކަމަށެވެ. އަދި މިވެރިކަމުގެ އެންމެ ބޮޑު އެއް އަމާޒަކީ އެބައެއްގެ ބާރުވެރިކަން އެބަޔަކަށް ފުރިހަމައަށް ފުރަތަމަ ހޯދައިދިނުން ކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ގަފޫރު ވިދާޅުވީ ގަވާއިދާ ހިލާފަށް ކުރަން ބުނާ ކަންކަމަށް އަދި ވެސް ނޫނެކޭ ބުނާލެއް މަދު ކަމަށާއި، ނަމަވެސް މަސައްކަތް ކުރަމުން ދަނީ ރައްޔިތުން އެދޭ ފަދަ ގައުމަކަށް ބަދަލުވެގެން ދިއުން ކަމަށެވެ.

ކާކުތޯ ބުނާނީ ވަރުގަދަ ކަމަށް ރައްޔިތުން ކުރިމަތީގައި ދައްކަމުން އައިވެރިކަން މިއަދު ނިމިގޮސް ހުރިހާ ކަމެއް ނިމި ރައްޔިތުން ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ބައްޓަންވެގެން މިދިޔައީ. އެހެންވީމަ ވެރިކަމާ ބާރުވެރިކަމަކީ އެއީ އަބަދު މުށުތެރޭގައި އޮންނާނެ ކަމެއް އެއްޗެއް ކަމަށް ދެކިގެން ވިޔަސް ވެރިކަން ކުރަން އުޅުނީމަ ވާގޮތް އަޅުގަނޑުމެންނަށް ރީތިކޮށް ފެނިގެން މިދަނީ.
މެމްބަރު ގަފޫރު ވިދާޅުވި

މެމްބަރު ގަފޫރު ވިދާޅުވީ ވެރިކަން ކުރުން މަތީ ދެމިތިބެވޭނީ އިންސާފުވެރިކަމާއި، ތެދުވެރިކަމާއެކު ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން މަސައްކަތް ކުރުމުން ކަމަށެވެ. އަނިޔާވެރިކަމާއި، ވައްކަމުން ހާސިލް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ މެމްބަރު ވިދާޅުވިއެވެ.

މީގެ އިތުރުން މެމްބަރު ގަފޫރު ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމުގައި ސަރުކާރުގެ ތެރެއިން އިސްބޭފުޅެއް ނަމަވެސް ވައްކަންކޮށްފިނަމަ އެމީހެއްގެ ދިފާއުގައި ސަރުކާރުން ނުނިކުންނާނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހުން ވެސް ދައުލަތުގެ ހަޒާނާއަށް ފާރަވެރިވެ މަސައްކަތްތައް ބަލަމުން ގެންދާ ކަމަށެވެ.

މެމްބަރު ވިދާޅުވީ އޮޅިގެން ވައްކަން ނުކުރާނެ ކަމަށާއި، ރައީސްއާއި، ރައްޔިތުންނާއި ގައުމަށް ތެދުވެރިވާނަމަ އެފަދަ ނޭއްގާނީ އަމަލުތައް ނުކުރާނެ ކަމަށެވެ. އަދި މަކަރާ ހީލަތާއި ހިޔާނަތްވުމުގެ ނިޔަތުގައި ކަމެއްކޮށްފިނަމަ އިންސާފު ގާއިމް ކުރުމަށް މިސަރުކާރުން ފަސް ނުޖެހޭނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
20 ޖުލައި 2019 | ހޮނިހިރު 18:04
ޒިދުނާ
ސާބަހޭ ގަފޫރުބެ.ތިހެންވާންޖެހޭނެ.އެމްޑީޕީއިން ގޯސްކަމެއްކޮށްފިއްޔާ ހައްގުބަސް ބުނާތި.އެއިރުން ގަފޫރުބެގެ ވާޖިބު އަދާވީ.ވަގުންނަށް ފުރުސަތުނުދޭތި.