ކ. މާލެ
|
19 ޖުލައި 2019 | ހުކުރު 22:52
ރާއްޖޭގެ ރިސޯޓެއް
ރާއްޖޭގެ ރިސޯޓެއް
ގޫގުލް
ޓޫރިޒަމާބެހޭ ގާނޫނު
ކޮންސްޓްރަކްޝަން ޕީރިއަޑް ހަމަވެފައިވާ ފަރާތްތަކުން އަންނަ މަހު މުއްދަތު އިތުރުކުރަންޖެހޭނެ: ޓޫރިޒަމް މިނިސްޓްރީ
ކޮންސްޓްރަކްޝަން ޕީރިއަޑްގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުން އޮގަސްޓް މަހުގެ 13 ވަނަ ދުވަހުގެ ކުރިން މުއްދަތު އިތުރުކޮށް ދިނުމަށް އެދި ހުށަހަޅަން ޖެހޭނެ

ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ކޮންސްޓްރަކްޝަން ޕީރިއަޑްގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުން އޮގަސްޓް މަހުގެ 13 ވަނަ ދުވަހުގެ ކުރިން މުއްދަތު އިތުރުކޮށް ދިނުމަށް އެދި ހުށަހަޅަން ޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީ ކުރުމަށް ދީފައިވާ މުއްދަތު އިތުރު ކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށް ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން، މިހާތަނަށް ކޮންސްޓްރަކްޝަން ޕީރިއަޑްގެ މުއްދަތު އިތުރު ކުރުމަށް މިނިސްޓްރީއަށް ހުށަހަޅާފައިނުވާ ފަރާތްތަކަށް އެ ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކޮންސްޓްރަކްޝަން ޕީރިއަޑްގެ މުއްދަތު އިތުރުކުރުމަށް ފުރުސަތު ދީފައިވާ ކަމަށެވެ.

ކޮންސްޓްރަކްޝަން ޕީރިއަޑްގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުން އޮގަސްޓް 13 ވަނަ ދުވަހުގެ މެންދުރު 02:00 ގެ ކުރިން މުއްދަތު އިތުރުކުރުމަށް އެދި ފޯމް ހުށަހެޅުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އެދިފައެވެ.

ޓޫރިޒަމާ ބެހޭ ގާނޫނުގެ 52 ވަނަ މާއްދާގެ ދަށުން މިނިސްޓްރީއަށް ލިބިގެންވާ ބާރުގެ ދަށުން، ފަތުރުވެރިކަމުގެ ބޭނުމަށް މިނިސްޓްރީން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ މުއްދަތު އިތުރު ކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށް ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމު ކޮށްފައިވަނީ ޖުލައި މަހުއެވެ.

މި ޤަވާއިދުގައިވާ ގޮތުން ކުއްޔަށް ދޫކޮށްފައިވާ ތަން ތަރައްގީކޮށް ނިންމައި ހިންގުމަށް އިތުރު މުއްދަތެއްދީ ތަން ކުއްޔަށް ދީފައިވާ އެއްބަސްވުމުގެ ދަށުން ކުއްޔާއި ޖޫރިމަނާގެ ފައިސާ ނުދައްކާ އޮތްނަމަ، އެ ފައިސާ ދެއްކުން ފަސްކޮށްދިނުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީ އަށް ލިބިގެންވެއެވެ. މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމުގައި ދީފައިވާ މުއްދަތަށް ތަރައްޤީކޮށް ނިމިފައިނުވާ ތަންތަނުގެ ކޮންސްޓްރަކްޝަން ޕީރިއަޑް މި ގަވާއިދުގައި ކަނޑައަޅައިފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން އިތުރުކޮށްދިނުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންދެއެވެ.

- ކޮމެންޓް