Advertisement
ކ. މާލެ
|
19 ޖުލައި 2019 | ހުކުރު 17:15
ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނުން ސަރަހައްދު
ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނުން ސަރަހައްދު
އެމްއެންޑީއެފް
ކަނޑުމަތީގެ ހާދިސާ
ގެއްލިގެން ހޯދަމުންދިޔަ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ
އޭނާ ފެނިފައިވަނީ ހުކުރު ދުވަހު ހަވީރު 4:21 ހާއިރު
އޭނާގެ ހަށިގަނޑު ވަނީ އައިޖީއެމްއެޗް އަށް ގެންދެވިފައި

ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ ފަޅުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އެމްއެންޑީއެފް ކޯސްޓްގާރޑްގެ ޑައިވަރުންނަށް އޭނާ ފެނިފައިވަނީ ހުކުރު ދުވަހު ހަވީރު 4:21 ހާއިރު ކަމަށާއި އެނާގެ ހަށިގަނޑު ފެނިފައިވަނީ 21 މީޓަރު އަޑީގައި އޮއްވާ ކަމަށެވެ.

އޭނާގެ ހަށިގަނޑު މިހާރު މާލެ ގެނެސް އިއަޖީއެމް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

Advertisement

މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 8:50 ހާއިރުއެވެ. އޭނާ ގެއްލިފައިވަނީ ކ.ގުޅީފަޅުގައި އަޅާފައި އޮތް "ސާހިބާ" ނަމަކަށް ކިޔާ މަސްވެރިކަން ކުރާ ދޯންޏެއްގެ ނަގިލި ނަގަން ފޭބި ފަހުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް