Advertisement
ކ. މާލެ
|
19 ޖުލައި 2019 | ހުކުރު 11:44
ޖުޑީޝަލް ސަރވިސް ކޮމިޝަން
ޖުޑީޝަލް ސަރވިސް ކޮމިޝަން
މުހައްމަދު ޝަރުހާން
ޖޭއެސްސީ
ޖޭއެސްސީއަށް ގާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބު މިމަހު 27 ގައި
ވޯޓު ނެގުން އޮންނާނީ ހެނދުނު 9:00 ން ހަވީރު 5:00 އަށް
ވޯޓު ގުނަން ފަށާނީ ވޯޓު ނަގާ ނިމޭތާ 30 މިނެޓުފަހުން
މިމަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އަށް ގާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބު މިމަހު 27 ގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ދިވެހިރާއްޖޭގެ ބާ ކައުންސިލުން ބުނީ ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 69 ވަނަ މާއްދާގެ ދަށުން، ބާއްވަންޖެހޭ ޖޭއެސްސީއަށް ގާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބު ޖުލައި 27 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޖޭއެސްސީއަށް ގާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، ޖުލައި 19 ވާ ހުކުރު ދުވަހުން ފެށިގެން ޖުލައި 23 ވާ އަންގާރަ ދުވަހުގެ ހަވީރު 5:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށް ބާ ކައުންސިލުން މައުލޫމާތުދެއެވެ.

Advertisement

މީގެ އިތުރުން ބާ ކައުންސިލުން ބުނީ އިންތިޚާބަށް ކުރިމަތިލާން އެދޭ ފޯމާއި ތަކެތި ހުށަހަޅަންޖެހެނީ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން މި އިންތިޚާބުގެ ކަންތައް ބެލެހެއްޓުމަށް ގާއިމުކޮށްފައިވާ މަރުކަޒު ބައު ޖަމާލުއްދީނަށް ކަމަށެވެ. އަދި ފޯމް ބަލައިގަންނާނީ ޖުލައި 21 ވާ އާދީއްތަ ދުވަހުން ފެށިގެން ޖުލައި 23 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން ހަވީރު 5:00 އަށެވެ.

މިއިންތިޚާބުގެ ވޯޓު ނެގުން އޮންނާނީ މިމަހުގެ 27ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ން ހަވީރު 5:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުފަހުންނެވެ. އަދި ދެވަނަ ބުރަކަށް ވޯޓުލާންޖެހޭ ހާލަތުގައި ފިޔަވައި، މިއިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވާ އާދީއްތަ ދުވަހު ކަމަށް ވެސް ބާ ކައުންސިލުން މައުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް