Advertisement
ކ. މާލެ
|
17 ޖުލައި 2019 | ބުދަ 10:59
ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ
ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ
މަޖިލިސް
ބިދޭސީންގެ މައްސަލަ
ބިދޭސީންގެ މައްސަލަ އާއި ގުޅޭގޮތުން ބާއްވާ ކޮމިޓީ ސިއްރު ކޮށްފި
ބިދޭސީންގެ މައްސަލައިގައި މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އާއި ބައްދަލުކުރޭ
މޯލްޑިވްސް އިމިގްރޭޝަން އަދި ލޭބަރ ރިލޭޝަންސް އޮތޯރިޓީ އާއި ވެސް ބައްދަލުކުރޭ

ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލަ އާއި ގުޅޭ ގޮތުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ ސިއްރު ކޮށްފިއެވެ.

ބުދަ ދުވަހު ބާއްވާ މިކޮމިޓީގެ އެޖެންޑާގައި ބިދޭސީންގެ މައްސަލައިގައި މިނިސްޓްރީ އޮފް ހޯމް އެފެއަރޒް، މޯލްޑިވްސް އިމިގްރޭޝަން އަދި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ބޭފުޅުންނާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން "ސާކް ވިޝަން 2030" މި ކަރުދާހަށް ކޮމިޓީން އެއްވެސް އިސްލާހެއް ނުވަތަ ކޮމެންޓެއް އޮތްތޯ ބެއްލެވުމަށް ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓް އިން ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރުން ކޮމިޓީގެ އެޖެންޑާގައި ވެއެވެ.

Advertisement

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭންސީގެ އަދަދު އިންތިހާއަށް އިތުރުވެގެން ގޮސްފައިވާއިރު، އެ މީހުންގެ ފަރާތުން ގައުމުގެ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކަލަށް ވިސްނަންޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމދު ހަމީދު ވެސް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައިގަވައިދާ ޚިލާފަށް އުޅޭ 63،000 ބިދޭސީން ރާއްޖޭގައި މިވަގުތު ތިބި ކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
17 ޖުލައި 2019 | ބުދަ 18:41
ޙުސެން
މި ހުރިހާމީހުން ރާއްޖެ އެތެރެވެގެން މަސައްކަތް ކުރަމުން ދާއިރު މިކަން ކަމާއިބެހޭ އެއްވެސް ފަރާތަކަށް ނޭނގުނީ ކީއްވެވެގެން ތޯއެވެ؟ އެމުއައްސަސާތަކުގައިވެސް ޒިންމާދާރު އެތަކެއް ވެރިންނެއް ތިބެއެވެ. މުސަާރައާއި ޢިނާޔަތް ތައް ބަރާބަރަށް ނަގައެވެ. އެމް އެމް ޕީއާރ ސީގެ ކަންތައް ވެސް ދިޔައީ ހަމަ މިގޮތަށެވެ.