ކ. މާލެ
|
17 ޖުލައި 2019 | ބުދަ 08:59
ޕަސްކާލް ޔޯގަޓް
ޕަސްކާލް ޔޯގަޓް
ޕަސްކާލް ޔޯގަޓް
ޕަސްކާލް އަށް 50 އަހަރުފުރުން ސޯސަން ފިހާރައިން ފާހަގަކޮށްފި
 
ޕަސްކާލް ޔޯގަޓަކީ ސްޕެއިންގެ ގައުމީ ފުޓުބޯޅަ ޓީމް އަދި މަޝްހޫރު ފުޓުބޯޅަ ޓީމް ރިއާލް މެޑްރިޑް ގެ އޮފިޝަލް ޑްރިންކް
 
ޕަސްކާލް ޔޯގަޓަކީ ދިވެހި ކުޑަ ކުދިންގެ މެދުގައި އެންމެ މަޝްހޫރު ޔޯގަޓް
 
ޕަސްކާލް ޔޯގަޓް ރާއްޖޭގެ މާކެޓަށް ތައާރަފް ކުރިތާ 10 އަހަރު

ސްޕެއިން ގެ އެންމެ މަގްބޫލް ޑެއިރީ ބްރޭންޑް، ޕަސްކާލް އަށް 50 އަހަރުފުރުން ސޯސަން ފިހާރައިން ފާހަގަ ކޮށްފިއެވެ.

އަންގާރަ ދުވަހުގެ ރޭ ސޯސަން ފިހާރައިން ސޯލްޓް ރެސްޓޯރެންޓް ގައި ބޭއްވި ހާއްސަ ހަފްލާގައި ވަނީ ރާއްޖޭގެ މާކެޓުގައި ޕަސްކާލް ޔޯގަޓް ވިއްކާ އަދި އިޝްތިހާރު ކުރާ ފަރާތްތަކަށް އެބޭފުޅުންގެ އަގު ވަޒަންކޮށް ހަދާނީލިޔުން އަރުވާފައެވެ.

މި ހަފްލާ ޝަރަފްވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވަނީ ޕަސްކާލް ޔޯގަޓަކީ ދިވެހި ކުޑަކުދިންގެ މެދުގައި އެންމެ މަޝްހޫރު ޔޯގަޓްކަން ފާހަގަކުރައްވާފައެވެ.

ޕަސްކާލް ޔޯގަޓް ރާއްޖޭގެ މާކެޓަށް ތައާރަފް ކުރިތާ 10 އަހަރު ފުރިފައި ވާއިރު ޕަސްކާލް ޔޯގަޓަކީ މިހާރު ރާއްޖޭގެ އެންމެ މަގްބޫލްޔޯގަޓް ބްރޭންޑެވެ.

ޕަސްކާލް ޔޯގަޓް ރާއްޖެ އެތެރެކޮށް މާކެޓް ކުރަނީ ސޯސަން ފިހާރައިންނެވެ. ޕަސްކާލް ރާއްޖޭގެ މާކެޓަށް 2008 ވަނަ އަހަރު ތައާރަފް ކޮށްފައި ވާއިރު، 2011 ވަނަ އަހަރާ ހަމައަށް، ސޯސަން ފިހާރައިން އަހަރެއްގެ މައްޗަށް އެތެރެކުރަނީ ޕަސްކާލް ޔޯގަޓުގެ ދެ ކޮންޓެއިނަރެވެ. ނަމަވެސް މިހާރު މަހެއްގެ މައްޗަށް 40 ފޫޓުގެ ދެ ކޮންޓެއިނަރު ސޯސަން ފިހާރައިން ރާއްޖެއަށް އެތެރެކުރެއެވެ.

ޔޯގަޓްގެ އިތުރުން ޕަސްކާލްގެ އިތުރު އުފެއްދުންތައް ވެސް މާކެޓަށް ތައާރަފްކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ޕަސްކާލްގެ އެކްސްޕޯޓް މެނޭޖަރ ޚަވިއަރ ޕަލަމިނޯ ވިދާޅުވިއެވެ.

ޕަސްކާލް ޔޯގަޓަކީ ސްޕެއިންގެ ގައުމީ ފުޓުބޯޅަ ޓީމް އަދި މަޝްހޫރު ފުޓުބޯޅަ ޓީމް ރިއާލް މެޑްރިޑް ގެ އޮފިޝަލް ޑްރިންކްއެވެ.

އެންމެ ފުޅާ ދާއިރާއެއްގައި ޕަސްކާލްގެ ވިޔަފާރި ކުރާ 10 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ