Advertisement
ކ. މާލެ
|
17 ޖުލައި 2019 | ބުދަ 10:57
ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް
ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް
ރައީސް އޮފީސް
ޖުޑީޝަރީ ކޮމިޓީ
ޕީޖީ ބިޝާމް ކޮމިޓީއަށް ހާޒިރު ކުރުން އަންނަ ހޯމަ ދުވަހަށް ފަސްކޮށްފި
ބިޝާމް ހާޒިރުކުރައްވާ ދުވަސް ފަސްކުރީ ރަސްމީ ދަތުރުފުޅެއްގައި އުޅުއްވާތީ
މީގެ ކުރިން ޕީޖީއިން ކޮށްފައިވާ ދައުވާތަކާއި ބެހޭގޮތުން ސުވާލުކުރައްވާނެ
ކުއްލިއަކަށް ޕީޖީގެ ސްޓޭންޑް ބަދަލުވާގޮތް ސާފު ކުރުން ވެސް ހިމެނޭ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް އެ އިދާރާ އިން ގަދަކަމުން ނެރެ ދައުވާ ކުރި މައްސަލާގައި ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ހާޒިރު ކުރުމަށް ކަނޑައަޅާފައިވާ ދުވަސް އަންނަ ހޯމަ ދުވަހަށް ފަސްކޮށްފިއެވެ.

ޖުޑީޝަރީ ކޮމިޓީގެ މެމްބަރަކު ވިދާޅުވީ ބިޝާމް ހާޒިރުކުރައްވާ ދުވަސް ފަސްކުރީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވާކަން އެ ކޮމިޓީއަށް އަންގަވާފައިވާތީ ކަމަށެވެ. ކުރިން ބިޝާމް ހާޒިރު ކުރަން ހަމަޖެއްސީ އަންގާރަ ދުވަހަށެވެ.

ޖުލައި، 24، 2017 ވަނަ ދުވަހު އޭރުގެ ސަރުކާރުގެ އިދިކޮޅު މެމްބަރުން މަޖިލީހަށް ވަނުމަށް ހުރަސްއެޅީ ސިފައިންނާއި ފުލުހުންނެވެ. ސުޕްރީމް ކޯޓުން އޭރު ނިންމީ މެމްބަރުން އިންތިހާބުވި ޕާޓީން ވަކިވެއްޖެ ނަމަ، އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެ ކަމަށެވެ. ނަމަވެސް އެގޮތަށް ސުޕްރީމް ކޯޓުން ނިންމުމުގެ ކުރިން އެ 12 މެމްބަރުން ވަނީ ޕީޕީއެމްގެ މެމްބަރު ކަމުން ވަކިވެފައެވެ. އެކަން އެހެން އޮތްކަމުގައި ވީ ނަމަވެސް އިލެކްޝަންސް ކަމިޝަނުން ވެސް އޭރު ކަނޑައެޅީ 12 މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށެވެ.

އެގޮތަށް އެހެން އޮއްވައި މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެމްބަރުން ސޮއި ކުރައްވާ މަޖިލީހަށް ލީއިރު ޕީޕީއެމްގެ ކުރީގެ 12 މެމްބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ. މެމްބަރުން މަޖިލީހަށް އެދުވަހު ވަނީ މަސީހުގެ މައްސަލަ އެޖެންޑާނުކޮށް ބޭރުކުރުމުން އެކަމާ ހިތްހަމަ ނުޖެހިގެންނެވެ. މަޖިލިސް އިދާރާ ހިމެނޭ ސަރަހައްދު ބަންދު ކޮށްފައިވަނިކޮށް، ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލިސް އިދާރާއަށް ވަންކަމުގެ ދައުވާ އެ 12 މެމްބަރުންގެ މައްޗަށް ކޮށްފައި ވެއެވެ.

އޭރު ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވީ ހަސަން އަރީފެވެ. އަދި ޑިފެންސް މިނިސްޓަރަކަށް ހުންނެވީ މިހާރު މަޑުއްވަރީ ދާއިރާގެ މެމްބަރަކަށް ހުންނެވި އާދަމް ޝަރީފެވެ. މަޖިލީހަށް ވެންނެވުމުން ބޭރުކުރި މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި މަޖިލީހުން އެދުވަހު ބޭރު ކުރީ އާދަމް ޝަރީފުގެ އޯޑަރަށެވެ.

Advertisement

މި މައްސަލާގައި 12 މެމްބަރުންނަށް ކުރި ދައުވާ ޕީޖީއިން އަނބުރާ ގެންގޮސްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އިންތިހާބުވެވަޑައިގެންނެވި ފަހުން މިދިޔަ އަހަރުގެ އޮކްޓޫބަރު 15 ވަނަ ދުވަހު އެވެ.

ޖުޑީޝަރީ ކޮމިޓީއަށް ބިޝާމް ހާޒިރު ކުރައްވާއިރު މީގެ ކުރިން ޕީޖީއިން ކޮށްފައިވާ ދައުވާތަކާއި ކުއްލިއަކަށް ޕީޖީގެ ސްޓޭންޑް ބަދަލުވާގޮތް ސާފު ކުރުން ވެސް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް