Advertisement
ކ. މާލެ
|
16 ޖުލައި 2019 | އަންގާރަ 17:16
އެމްއެމްއޭ
އެމްއެމްއޭ
މުހައްމަދު ޝަރުހާން
މާލިއްޔަތު ކޮމިޓީ
އެސްއޯއެފްގެ އެކައުންޓަށް ފައިސާ ވަނުމުން ހިފެހެއްޓިން، އެކަން ހުއްޓުވީ އެމްއެމްއޭއިން: ބީއެމްއެލް
މުއާމަލާތްތައް ހިންގަން ފެށީ ނޮވެމްބަރު، 25، 2014ވަނަ ދުވަހުން ފެށިގެން
ދެ ބޭފުޅުން ވެސް ލަފާދެއްވީ އެކައުންޓުގެ މުއާމަލާތްތައް ނުހުއްޓުވަން
އެފްއައިޔޫއާއެކު މުއާމަލާތް ކުރީ ފޯނުގެ އިތުރުން ބޭއްވި ދެ ބައްދަލުވުމެއްގައި، އެ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް އެބަހުރި: ބީއެމްއެލް

އެމްއެމްއޭ މެދުވެރިކޮށް ހިންގި ބޮޑު ކަރަޕްޝަންގައި ހިމެނޭ އެސްއޯއެފްގެ އެކައުންޓު މެދުވެރިކޮށް ހިންގި މުއާމަލާތްތައް ވަތް ހިސާބުން އެކައުންޓް ހިފެހެއްޓި ކަމަށާއި ނަމަވެސް އެކަން ހުއްޓުވީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ އިސްވެރިން ދެއްވި ލަފާގެ މަތިން ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓް ރިޕޯޓުތަކާއި ގުޅޭގޮތުން އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ބީއެމްއެލްގެ އިސް ފަރާތްތައް ވަނީ ހާޒިރުކޮށް ސުވާލު ކޮށްފައެވެ. އެ ބައްދަލުވުމުގައި ބީއެމްއެލްގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައި ގެންނެވި ޑެޕިޔުޓީ ސީއީއޯ މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިންޓަރިމް ރިސްކް އޮފިސަރު ޔާމީން އާދަމެވެ.

Advertisement

އެސްއޯއެފުން އާދަޔާ ޚިލާފު މުއާމަލާތްތައް ހިންގަން ފެށީ ނޮވެމްބަރު، 25، 2014ވަނަ ދުވަހުން ފެށިގެންނެވެ. ޔާމީން އާދަމް ވިދާޅުވީ އެދުވަހު އާދަޔާ ޚިލާފު މުއާމަލާތެއް ހިންގުމުން ނޮވެމްބަރު، 27، 2014 ވަނަ ދުވަހު އަށް ސަސްޕިޝަސް ޓްރާންސްއެކްޝަން ރިޕޯޓެއް (އެސްޓީއާރް) ފޮނުވައި އެ އެކައުންޓުން މުއާމަލާތްތައް ހިންގުން ހުއްޓުވި ކަމަށެވެ. ނަމަވެސް އޭރު އެފްއައިޔޫއާއި ހަވާލުވެ ހުންނެވި ޑެޕިއުޓީ ގަވަރުނަރު ނީޒާ އިމާދު ލަފާދެއްވީ އެކައުންޓުން ކުރާ މުއާމަލާތްތައް ހުއްޓުވާނުލާ އެމުއާމަލާތްތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އެމްއެމްޕީއާރުސީގެ އެކައުންޓް މެދުވެރިކޮށް އެސްއޯއެފަށް ފުރަތަމަ ޖަމާ ކޮށްފައިވަނީ 65،000 ޑޮލަރުގެ ޗެކެކެވެ. އަދި އެފްއައިޔޫގެ ވެރިޔާ އާތިފު ޝަކޫރު ވެސް ޗުއްޓީއިން ވަޑައިގެންނެވުމަށްފަހު ޑިސެމްބަރު 1، 2014 ވަނަ ދުވަހު އެގޮތަށް އިރުޝާދު ދެއްވިކަމަށް ވިދާޅުވިއެވެ. އެކައުންޓް ދޫކޮށްލުމަށް އެދުނީ ލިޔެކިޔުމުން ނޫންކަމަށާއި ފޯނުން ކަމަށް ވެސް ވަނީ ބުނެފައެވެ. އޭނާ ވިދާޅުވީ ހިފެހެއްޓި އެކައުންޓްތައް ހިފެހެއްޓުމުގެ ބާރެއް ބޭންކަށް ލިބިވަޑައިގެންފައި ނުވާކަމަށް އެފްއައިޔޫއިން ބުނެފައިވާ ކަމަށެވެ. އެފްއައިޔޫއާއެކު މުއާމަލާތް ކުރީ ފޯނުގެ އިތުރުން ބޭއްވި ދެ ބައްދަލުވުމެއްގައި ކަމަށާއި އެ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް ހުންނާނެކަމަށް ވިދާޅުވިއެވެ.

މުއާމަލާތް ކުރިއަށް ގެންދެވިދާނެ ކަމާއި އެކައުންޓް ހޯލްޑްއެއް ނުކުރެވޭނެ ކަމަށާއި އިތުރު މުއާމަލާތްތަކަށް އެކައުންޓް އިންއެކްޓިވޭޓްކޮށްފައި ނުބެހެއްޓޭނެ ކަމަށާއި އެކައުންޓް އެކްޓިވޭޓް ކުރަން ޖެހޭނެ ކަމަށް ނީޒާ އިމާދުގެ ފަރާތުން ވެސް އަދި އާތިފް ޝަކޫރުގެ ފަރާތުން ވެސް އަޅުގަނޑުމެންނަށް އިންސްޓްރަކްޝަން އައީ

ކުރީގެ ރައީސް ޔާމީން ސަރުކާރުގައި ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނެވި ނީޒާ އިސްތިއުފާ ދެއްވީ ގަވަރުނަރު ކަމަށް ހަމަޖައްސަން ރައީސް ޔާމީން ނަން ފޮނުވައި، ނީޒާ އިމާދުގެ ނަން އަނބުރާ ގެންދެވުމުން އެކަމާ މެދު ހިތްހަމަ ނުޖެހިގެންނެވެ. ނީޒާއަކީ މިސަރުކާރުގެ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ.

ބީއެމްއެލްއިން ބުނީ އެފްއައިޔޫއިން އެކަށީގެންވާ ފިޔަވަޅު އެޅުނު ނަމަ ކަރަޕްޝަންގެ މުއާމަލާތްތައް ހުއްޓުވުނީސް ކަމަށެވެ. އަދި ޗެކްތައް އެބޭންކަށް ޖަމާކުރަމުން އަންނަނީ ޒަމާނުއްސުރެ ޗެކް ޖަމާކުރާ އުސޫލުންކަމަށެވެ. އާދަޔާ ޚިލާފު މުއާމަލާތެއް ކުރާ ކަމުގައިވާނަމަ އެކަން އެފްއައިޔޫގެ ސަމާލުުކަމަށް އަބަދުވެސް ގެންނަ ކަމަށާއި އެސްއޯއެފްގެ މުއާމަލާތް ސަމާލުކަމަށް ގެނެސްފައިވާނީ ހަމައެކަނި އެޔުނިޓަށް ކަމަށް ބޭންކުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް