Advertisement
ކ. މާލެ
|
16 ޖުލައި 2019 | އަންގާރަ 14:53
ނައިބު ރައީސް ފުވައްމުލަކުގެ މަގުތަކުގެ ޕްލޭން ބައްލަވަނީ
ނައިބު ރައީސް ފުވައްމުލަކުގެ މަގުތަކުގެ ޕްލޭން ބައްލަވަނީ
ރައީސް އޮފީސް
ފުވައްމުލައް
ފުވައްމުލަކުގެ މަގުތައް ހެދުމުގެ މަޝްރޫއު ގެ ދަށުން ބައެއް މަގުތަކުގެ އަމަލީ މަސައްކަތް ފެށިއްޖެ
މިއީ 279 މިލިއަން ރުފިޔާގެ މަޝްރޫއެއް
އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 1 އަހަރު ދުވަހުން މަގުަތައް ހަދާ ނިންމާގޮތަށް

ފުވައްމުލަކުގެ 31 މަގު ހެދުމުގެ މަޝްރޫއު ގެ ދަށުން އެރަށުގެ ރިންގް ރޯޑްގެ އަމަލީ މަސައްކަތް ފެށިއްޖެއެވެ.

ފުވައްމުލަކުގެ މަސައްކަތް ހެދުމަށްޓަކާ ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

ރާއްޖެެ އެމްވީ އަަށް އެމްޓީސީސީގެ ޕީއާރް އިން މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމްޓީސީސީއިން ދަނީ ރިންގް ރޯޑާއި ރަށުގެ އެތެރޭގެ މަގުތައް ހެދުމަށް ހަވާލު ކުރެވިފައިވާކަމަށެވެ.

Advertisement

އަދި އެހެން މަގުތަކުގެ ޑިޒައިނިންގް ފެށިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

279 މިލިއަން ރުފިޔާގެ މި މަޝްރޫއު ހަވާލު ކުރެވުނީ އެއްއަހަރު ދުވަހުން މަގުތައް ހަދާ ނިންމާ ގޮތަށެވެ.

އެމްޓީސީސީ އާއި މަގުތައް ހެދުމަށް ހަވާލުކުރެވުނީ އޭޕްރިލް މަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް