Advertisement
ކ. މާލެ
|
16 ޖުލައި 2019 | އަންގާރަ 22:10
އޭސީސީގެ ރައީސް މުއައްވިޒް ރަޝީދާއި އެކަމިޝަނުގެ ބައެއް މުއައްޒަފުން. އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލާފައި ތިބި އެތަނުގެ މުއައްޒަފުންގެ ސީރިއަސް މައްސަލަތަކެއް ހިމެނޭ
އޭސީސީގެ ރައީސް މުއައްވިޒް ރަޝީދާއި އެކަމިޝަނުގެ ބައެއް މުއައްޒަފުން. އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލާފައި ތިބި އެތަނުގެ މުއައްޒަފުންގެ ސީރިއަސް މައްސަލަތަކެއް ހިމެނޭ
ޝުއައިބް މުހައްމަދު އިގްބާލް
އެންޓި-ކަރަޕްޝަން ކަމިޝަން
އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލާފައި ތިބި އެތަނުގެ މުއައްޒަފުންގެ ސީރިއަސް މައްސަލަތަކެއް
އޭސީސީގައި ތިއްބަވަނީ ފަސް މެމްބަރުން
ނަންތައް ދިރާސާ ކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައި

އެންޓިކަރަޕްޝަން ކަމިޝަން(އޭސީސީ)ގެ މެމްބަރުކަމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރޭގައި ސީރިއަސް މައްސަލަތައް ހިމެނޭ ފަރާތްތައް ހިމެނޭކަން ހާމަ ވެއްޖެއެވެ.

މިމަހުގެ ޖުލައި މަހުގެ 10 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އޭސީސީގެ މެމްބަރުކަމަށް ކުރިމަތި ލައްވާފައިވާ ފަރާތްތަކުގެ ތެރެއިން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ނަންތައް ފާހަގަކުރައްވާ މަޖިލީހަށް ފޮނުވާފައެވެ. އޭސީސީގައި މިހާރު ތިއްބެވި މެމްބަރުންގެ ދައުރު އަންނަ ސެޕްޓެމްބަރު މަހު ހަމަވާތީ މެންބަރުކަމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި 68 މީހަކު ކުރިމަތިލި އެވެ. އޭގެތެރެއިން މަޖިލީހަށް ފޮނުވާފައިވަނީ ރައީސް ސޯލިހަށް ފެނިވަޑައިގަންނަވާ 12 ނަމެކެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ރައީސަށް ފެނިވަޑައިގެންނެވި 12 ނަންތަކުގެ ތެރޭގައި ސީރިއަސް މައްސަލަތައް ހިމެނޭ ބައެއް ފަރާތްތައް ހިމެނެއެވެ. އަދި އޭގެ ތެރެއިން ބައެއް ފަރާތްތަކަކީ އޭސީސީގައި މަސައްކަތް ކުރި އަދި ކުރަމުންދާ ފަރާތްތަކެވެ.

ރައީސް އަށް ފެނުވަޑައިގެންނެވި 12 ނަން:

1. ފާތިމަތު އަނޫލާ، ގ. ވަޑިނުޅުގެ

2. އާރިފް ރަޝީދު، ބާޑް ވިލާ، ބ.ތުޅާދޫ

3. ޒީނިޔާ އަބްދުﷲ، މަދޮށިމާގެ ހއ. ބާރަށް

4. އިބްރާހިމް ޝަކީލް، ދަފްތަރު ނަންބަރު 3654

5. އައިޝަތު އަބްދުﷲ، ރޯލްގޯލްގެ، ޅ. ހިންނަވަރު

6. މަރިޔަމް ޝިއުނާ، ނެދުންގެ، ސ. ހިތަދޫ

7. މުޖުތަބާ ހަމީދު ދީފްރަމްގެ ރ، ކަނދޮޅުދޫ

Advertisement

8. އަލީ އަޝްރަފް، ދަފްތަރު ނަންބަރު 3366

9. މަރިޔަމް އަހުމަދު، ގ. ޓްރަސްޓް ހޯމް

10. ނިޔާޒު އިބްރާހިމް، ގްރޫމް، ގދ.، ތިނަދޫ

11. އަބްދުﷲ މިޒްއާން، ރަތްވިލާގެ، ފ. މަގޫދޫ

12. އާދަމް ޝާމިލް، ރަތްވިލާގެ، ތ. ލިލުފުށި

އެނގިފައިވާ ގޮތުގައި އޭސީސީގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގަށް މުޖްތަބާ ހަމީދު ހަމަޖެއްސި މުއްދަތު ހަމަވެ އަލުން އެމަގާމަށް ހުޅުވާލި ފުރުސަތުގައި އޭނާ ވަނީ އެމަގާމަށް ކުރިމަތިލާފައެވެ. ނަމަވެސް އެމަގާމަށް އަލުން އޭނާ ކުރިމަތިލީ ކަމުގައި ވިއަސް އޭސީސީގައި ވަޒީފާ އަދާކުރާ ފަރާތެއްގެ ހުންނަންޖެހޭ އަޚުލާގީ މިންގަނޑުތަކާއި ސުލޫކީ ހަމަމަތައް ހުރި ގޮތުން އެމަގާމަށް އެކަށީގެންވާ މީހެއް ނޫންކަން މެމްބަރުންގެ އިއްތިފާގުން ނިންމާފައިވާކަމަށް ބުނެފައި ވެއެވެ. ރާއްޖެއެމްވީއަށް ކޮޕީ ލިބިފައިވާ އެސިޓީގައި 7 މެއި 2014 ވަނަ ދުވަހު މުޖުތަބާއަށް ފޮނުވާފައިވާ ސިޓީގައި އޭނާއަށް އެ ވަޒީފާ ނުދޭނެކަމަށް ނިންމި ހަތް ސަބަބެއް ފާހަގަކޮށްފައި ވެއެވެ. އޭގެ ތެރޭގައި މުވައްޒަފުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅުމާއި ކޮމިޝަނުގެ މެމްބަރުންގެ ނިންމުމާއި ނުލައި އެކޮމިޝަނުގެ ގަވައިދަށާއި އުސޫލުތަކަށް ބަދަލު ގެނައުމާއި މެމްބަރުން ވަކި ގޮތަކަށް ކުރުމަށް ނިންމާފައިވާ ކަންކަން އެނިންމުންތަކާއި ޚިލާފަށް އެންގުން ހިމެނެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތުހުމަތު ކުރެވޭ މަނީލޯންޑަރ ކުރުމާއި އެކަމުގައި އެހީތެރިވުމުގެ ތުހުމަތުތައް ކުރެވޭއިރު އެކަމުގައި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީއަށް އެހީތެރިވެދިން ކަމުގެ ތުހުމަތު އާރިފްގެ މައްޗަށް ކުރެވޭކަމަށް ސޯޝަލްމީޑިއާގައި އަޑުފެތުރިފައިވެއެވެ. ނަމަވެސް އާރިފް ރަޝީދު ވަނީ އެކަން ދޮގުކުރައްވާފައެވެ. އޭނާ ރާއްޖެއެމްވީއަށް ވިދާޅުވީ މަނީލޯންޑަރިން އާއި އޭނާއާއި އެއްވެސް ގުޅުމެއް ނުވާނެކަމަށާއި އޭނާއާއި ލުތުފީއާއި އެކަހަލަ އެއްވެސް ގުޅުމެއް ނޯންނާނެކަމަށެވެ. އަދި އެތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.

އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު ވެސް ވަނީ އާރިފް ރަޝީދުގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. މުއައްވިޒު ވިދާޅުވީ މަނީލޯންޑަރިންގެ މައްސަލައިގައި އޭސީސީގެ އެއްވެސް މުއައްޒަފަކު ބައިވެރިވެފައި ނުވާނެކަމަށެވެ.

އާޢިޝަތު ޢަބްދުﷲ އަކީ ރައީސް ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗްގެ އާ އިމާރާތުގައި ކަރަޕްޝަން ހިމެނޭކަމަށް އޭސީސީއަށް ހުށައެޅި މައްސަލައަކާއި ގުޅިގެން އެމައްސަލަ ތަހުގީގު ކުރި ޓީމުގައި އެންމެ އިސްކޮށް ހުންނެވީ ފަރާތެވެ. އެމައްސަލައިގައި މަސައްކަތް ޙަވާލުކޮށްފައިވަނީ ގަވައިދާ ޚިލާފަށްކަމަށް ބުނާ މައްސަލައަކީކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި،މައްސަލަ ނިންމީ އޭނަ އިސްވެ ހުރެކަމަށް ކޮށްފައިވާ ކަމުގެ ތުހުމަތު އެއިދާރާގެ މުއައްޒަފުން އޭނާގެ މައްޗަށް ވަނީ ކޮށްފައެވެ.

އޭސީސީއަށް މެމްބަރުން ނެގުމުގައި ނަންތައް ދިރާސާ ކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. އޭސީސީގައި ތިއްބަވަނީ ފަސް މެމްބަރުންނެވެ. އެކަމިޝަނަށް މެމްބަރުން ނަގަނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހަށް އެމެމްބަރުންގެ ދައުރު ހަމަވާނެތީއެވެ. އޭސީސީގެ ރައީސްކަމުގައި ހުންނެވި ހަސަން ލުތުފީ ވަނީ މިމަހުގެ ތިން ވަނަ ދުވަހު އިސްތިއުފާ ދެއްވާފައެވެ. އެހެންކަމުން މިހާރު އެކަމިޝަންގައި ތިއްބަވަނީ ހަތަރު މެމްބަރުންނެވެ.

އޭސީސީގެ ދައުރަކީ ފަސް އަހަރެވެ. އޭސީސީގެ މިހާރުގެ މެމްބަރުންނަކީ ކޮމިޝަނުގެ ރައީސް މުއައްވިޒް ރަޝީދާއި ނައިބު ރައީސް އާމިނަތު މިންނާއާއި މެމްބަރު ސަފްވަތު މުހައްމަދާއި ޔަޒްމީދު އަހުމަދެވެ. އޭގެ ތެރެއިން މުއައްވިޒު ފުރިހަމަ ކުރައްވަމުން ގެންދަނީ ދެވަނަ ދައުރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
21 ޖުލައި 2019 | އާދީއްތަ 11:49
އަލީ
ނިޔާޒު އިބުރާހީމް އަކީ ވެސް ބޮޑަތި ހިޔާނާތް ތަކެއް ކުރައްވާ ފައިވާ ބޭފުޅެއް މިގޮތުން ލ އަތޮޅާއި ތ އަތޮޅުގެ ރަށްޔިތުންގެ އެކަންޓު ތައް އޮޑިޓް އޮފީހުގެ މުވައް ޒަފެއްގެ ނަމުގައި ނަގާ މިޔާޒު އިބުރާހީމް ސީދާ މިއޮޑިޓް ތައް ކުރައް ވާފައިވޭ...
17 ޖުލައި 2019 | ބުދަ 14:28
ހައްޖަ
މިގޮތަށް ކިތަންމެ ވަރަކަށް އެންޓި ކެމްޕެއިން ޖެއްސި ކަމުގައި ވިޔަސް އެންމެ ފަހުން ހޮވާނީ އެމްޑީޕީ ގެ ހައި ކޮމާންޑުން ނިންމާ ނަންތައް. ދެން ކޮބާ ޒާތީ ވެގެން ތިބެ ކުރިމަތިލާފައި ތިބި ފަރާތްތަކުގެ އަބުރު ކަތިލުމުގެ ބޭނުމަކީ. މި ކޮމެންޓް ޖަހާނެ ކަމަށް އުއްމީދު ކުރަން.
17 ޖުލައި 2019 | ބުދަ 08:07
އިންސާފު
ރައީސް ފޮނުވާފައިހުރި އެހެން ނަންތައްވެސް ރަނގަޅަށް ދިރާސާ ކޮށްލުންކިއްތޯ؟ މިޒްއާނު ކިޔާ ކުއްޖާއަކީ އަޅުގަނޑުމެންނާއި އެކު އިސްލާމީ ޔުނިވާރސިޓީއިން ފުރަތަމަ ޑިްގރީ ހާސިލްކުރަމުން ދިޔަ ދުވަސްވަރު އެމް.ޑީ.ޕީގެ ތޮފިއަޅައިގެން ޕޯޑިއަމްތަކުގައި ހަޅޭފަޅޭއް ޖަހަމުން ދުވި ކުއްޖެއް، އަދިވެސް އެ ފުރަތަމަ ޑިގްރީގަނޑުގެ އިތުރުން އިތުރު އެއްޗެއްނެތް، ނަމަވެސް ޢާރިފްމެން ފަދަ ޒީނިޔާމެންފަދަ އަދި އެހެނިހެން ކުދިންނަކީ މާސްޓަރސްހަދައިގެން އޭ.ސީ.ސީގައި ރަނގަޅަށް ޕާފޯރމް ކުރާ ކުދިން، އެއްވެސް އިރެއްގައި ސިޔާސީ ތޮފި އެޅުން އެއީ މިފަދަ މަޤާމަކަށް ކުފޫ ހަމަވާކަމެއްކަމަށް ޤަބޫލެއްނުކުރަން
17 ޖުލައި 2019 | ބުދަ 08:02
ޚާލިދު
މި ރިޕޯރޓަކީ މިހާތަނަށް މިކަމާއި ގުޅޭގޮތުން ލިޔެފައިވާ އެންމެ ރަނގަޅު ރިޕޯރޓް، ލިޔުނު ދެކުދިންނަށް ވަރަށް ޝުކުރު، ފާހަގަ ކުރެވޭ ކަންކަމަށް ބަލާއިރު އައި.ޖީ.އެމް.އެޗް ގެ މައްސަލައިގައި ކޮރަޕްޝަން ނެތްކަމަށް ނިންމި ނިންމުން އެއީހެން ހީވަނީ ބޮޑު މައްސަލައަކީ، ނަމަވެސް އެ ރިޕޯރޓް ކިޔާލުމުން އިންވެސްޓިގޭޓަރުގެ މޮޅުކަމާއި ޤާނޫނަށް ފަރިތަކަން ފާހަގަވި، އެއްވެސް މައްސަލައަކީ ރައްޔިތުމީހާ ޤަބޫލު ކުރާގޮތަށް ނިމޭނެ މައްސަލައެއްނޫން، އައި.ޖީ.އެމް.އެޗް މައްސަލައިގެ ރިޕޯރޓް ކިޔާލުމުން އެ އިންވެސްޓިގޭޓަރ މައްސަލަ ނިންމުމުގައި ހަވާލާދީފައިވަނީ ޤާނޫނާ ގަވާއިދުތަކަށް، މިއީ މިކަން ކުރަންޖެހޭނެގޮތް އެޤާނޫނުތަކާއި ޤަވާއިދު ތަކުގައި އެބުނާގޮތުން އެ މައްސަލަ ދިނުމުގައި ކޮރަޕްޝަން އެކު ނުލެވޭކަމަށް ނިންމާފައިވަނީ، އެހެންކަމުން އިންވެސްޓިގޭޓަރުގެ ޤާބިލްކަމާއިމެދު ސުވާލު ނުއުފެދޭ، ފާހަގަވާ އަނެއްކަމަކީ މިފަދަ ކޮމިޝަންތަކުގައި މައްސަލަތަށް ތަޙުޤީޤުކުރުމަށްފަހު ގޮތްނިންމާނީ ކޮމިޝަންތަކުގެ މެމްބަރުން، އެހެންކަމުން މި މައްސަލައިގައި ކޮމިޗަންގެ މެމްބަރުންނަށްވެސް ކޮރަޕްޝަން އެކުނުލެވޭކަމަށް ފެންނަކަމަށް ޤަބޫލުކުރެވޭ، ދެން ފާހަގަވި ކަމަކީ ޔާމީނުގެ ވެރިކަމުގައި ޤާނޫނުތަކާއި ގަވާއިދުތަކަށް ބޮޑެތި ބަދަލުތަށްގެނެސް ބިޑުކުރުމަކާއި ނުލާ ދެވޭގޮތަށް ނިންމި، އަދި އެހެން ގޮތްގޮތަށްވެސް ނިންމި، މިއީ އިންވެސްޓިގޭޓަރު ކުރާނެ ކަމެއްނޫން، ރައްޔިތުން އެންމެ ކަންބޮޑުވި ކަމަކީ އަގުގެ މައްސަލަ، އަޅުގަނޑަށް ފާހަގަވާގޮތުގައި އޭގެ އަގާއިގުޅޭ އިޑިޓެއް ނުވަތަ ތަޙުޤީގެއް ހިންގާފައިވާކަމަށް ރިޕޯރޓް ކިޔާލުމުން ފާހަގައެއްނުވޭ،