Advertisement
ކ. މާލެ
|
15 ޖުލައި 2019 | ހޯމަ 16:45
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު
މަޖިލިސް
ަމަޖިލިސް 2019
މަސްވެރިކަން ކުރާނެ ސަރަހައްދުތަކެއް ކަނޑައެޅުމަށް މަޖިލީހަށް ގަރާރެއް
ގަރާރު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު
އޮފް ޝޯ ޕްލެޓް ފޯމް ގާއިމް ކުރުމަށް ގަރާރުގައި ބުނެފައިވޭ
އައިސް އާއި ތެޔޮ އަދި މަސްދޯނި ފަހަރަށް ބޭނުންވާ ސާމާނު އޮފް ޝޯ ޕްލެޓްފޯމްގައި ގާއިމްކުރުމަށް ވެސް ގަރާރުގައި ވޭ

މަސްވެރިކަންކުރާ ސަރަހައްދުތަކެއް ފާހަގަކޮށް "އޮފް ޝޯ ޕްލެޓްފޯމެއް" ގާއިމު ކުރުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދުއެވެ. މި ގަރާރަކީ މަސްވެރިކަމާއި ބެހޭ ބިލަށް ގެންނަން ޖެހޭ ބަދަލުތަކުގެ މައިގަނޑުތަކާއި ގުޅޭ އިތުރު ބަހުސްތަކެއް ކުރިއަށް ގެންދިއުމުގެ ގޮތުން ހުށަހެޅުނު ގަރާރެކެއެވެ.

Advertisement

މަސްވެރިކަމުގެ ސިނާއަތަކީ ދިވެހިރާއްޖޭގެ އިގްތިސާދީ މުހިއްމު ސިނާއަތެއް ކަމަށާއި، ގިނަ އަދަދެއްގެ ދިވެހިން އެ މަސައްކަތުގައި ހަރަކާތްތެރިވާ ސިނާއަތަކަށްވާއިރު، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ފުޅާކޮށް އެ މަސައްކަތުގެ ސީދާ ނަފާ ވީހާވެސް ފުޅާ ދާއިރާއެއްގައި ދިވެހިންނަށް ހޯދައިދިނުމަކީ މި ގަރާރުގެ މަގްސަދުކަމުގައި ވަނީ ބުނެފައެވެ.

މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދާދިނުމަށްޓަކައި ބޭރުކަނޑުގައި މަސްވެރިކަންކުރާ މަސްވެރިންބާނާ މަސްވިއްކުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަކީ މުހިއްމުކަމަކަށްވީ ހިނދު، ރާއްޖޭގެ ރައްތަކާއި ދުރަށް ދުއްވައިގެން އާއްމުކޮށް މަސްވެރިކަން ކުރެވޭ ސަރަހައްދުތަކެއް ފާހަގަކޮށް އޮފްޝޯ ޕްލެޓްފޯމްތަކެއް ގާއިމް ކުރުމަށް ގަރާރުގައި ވަނީ ބުނެފައެވެ.

ްއޮފް ޝޯ ޕްލެޓްފޯމްގައި ގާއިމް ކުރުމަށް ބުނެފައިވާ ކަންތައްތަށް

  • އައިސް އާއި ތެޔޮ އަދި މަސްދޯނި ފަހަރަށް ބޭނުންވާ ސާމާނު އެތަންތަނުން ފޯރުކޮށްދިނުން
  • ސައި ހޮޓަލާއި މަސްވެރިންނަށް ބޭނުންވާނޭ އެހެނިހެން ހިދުމަތްތައް އެތަންތަނުން ލިބުން
  • މަސްވެރިން ބޭނުންވާނޭ ގިނަ ހިދުމަތްތަކެއް ޕްލެޓް ފޯމުގައި ގާއިމްކުރުން
  • ސަރުކާރާ އަމިއްލަ ފަރާތްތައް ހިއްސާވާ ކުންފުނިތަކުގެ ކަންނެލި ޖަގަހަތައް ގާއިމްކުރުން
  • ސަރުކާރާއި ބައިވެރިވެގެން ކަންނެލި ޖަގަހަ ގާއިމް ކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެކަން ހިންގޭނެ ގޮތަށް ހަމަޖައްސައިދިނުން

ގަރާރުގައި ހިމަނާފައިވާ ކަންތައްތައް ކުރުމަށް ކަމާއި ބެހޭ ވުޒާރާތަކަށާއި، ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކުރުމަށް ރައްޔިތުންގެ މަޖިލީހުން އިގްރާރްވާ ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް