Advertisement
ކ. މާލެ
|
15 ޖުލައި 2019 | ހޯމަ 13:55
ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
މަޖިލިސް
ަމަޖިލިސް 2019
ރަށްރަށުގައި ގޭދޮށު މަސްފެކްޓްރީ ގާއިމް ކުރުމަށް މަޖިލީހަށް ގަރާރެއް
މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
މި ގަރާރަކީ މަސްވެރިކަމާއި ބެހޭ ބިލަށް ގެންނަންޖެހޭ މައިގަނޑު ބަދަަލުތަކާއި ގުޅޭ ގޮތުން ބަހުސް ކުރިއަށް ގެންދިއުމަށް ހުށަހެޅުނު ގަރާރެއް
ދިވެހި މަސްވެރިން ބާނާ މަހަށް ހަމަ އަގުހޯދާ ދިނުމަކީ ސަރުކާރުގެ ވައުދެއް

ރަށު ކައުންސިލާއި އަދި އަމިއްލަ ފަރާތްތަކާއި ގުޅިގެން ރަށްރަށުގައި ގޭ ދޮށު މަސްފެކްޓްރީ ގާއިމް ކުރުމާއި ގުޅޭ ގޮތުން މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާންއެވެ.

މި ގަރާރަކީ މަސްވެރިކަމާއި ބެހޭ ބިލަށް ގެންނަން ޖެހޭ ބަދަލުތަކުގެ މައިގަނޑުތަކާއި ގުޅޭ އިތުރު ބަހުސްތަކެއް ކުރިއަށް ގެންދިއުމުގެ ގޮތުން ހުށަހެޅުނު ގަރާރެކެއެވެ.

Advertisement

ގަރާރުގައި ބުނެފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކައުންސިލާއި އަމިއްލަ ފަރާތްތައް ގުޅިގެން ގޭދޮށު މަސްޕްލާންޓްތައް ތަރައްގީކޮށް ހިންގުމަކީ އިގްތިސާދީގޮތުން ދިވެހި އިންވެސްޓަރުންނަށް ނަފާހުރި ވިޔަފާރިއަކަށް ވެގެންދާނެ ކަމަށެވެ. މަހަށް ރަނގަޅު އަގެއް ލިބިގެން ނުދާ ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ.

ދިވެހިމަސް ސްރީލަންކާ އަދި ތައިލެންޑް ފަދަ ގައުމުތަކަށް ބޭރުކޮށް އެ ގައުމުތަކުގައި ވެލިއު އެޑިޝަންގެ ތަފާތު ބާވަތްތައް ހަދައި ދިވެހި ކަނޑުމަހުގެ ލޭބަލްގައި ވިލާތުގެ ގައުމުތަކަށް ނިސްބަތުން ބޮޑު އަގުގައި ވިއްކައިގެން އެތަކެތިން ބޮޑު މަންފާއެއް ހޯދަމުން އަންނަ ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ.

ގަރާރުގައި ކުރަން ކަނޑައަޅާފައިވާ ކަންތައްތައް

  • ރަށްރަށުގައި ގާއިމްކުރެވޭ މަސް ބަންދުކުރާ ޕްލާންޓްތަކުގައި ބޭނުންކުރާނޭ މެޝިނަރީ އާއި އިކުއިޕްމަންޓް (ޓެކްނޮލޮޖީ) ކަނޑައެޅުން
  • ރަށްރަށުގައި ގާއިމްކުރެވޭ މަސް ބަންދުކުރާ ޕްލާންޓްތައް ގާއިމްކުރުމަށް ބޭނުންވާ ބިން ކައުންސިލްތަކުން ދޫކުރެވޭނެ އުސޫލްތައް ކަނޑައެޅުން
  • މިފަދަ ވިޔަފާރިތަކުގައި ރަށުކައުންސިލް ނުވަތަ ސިޓީ ކައުންސިލް ތަކުން ބައިވެރިވެވޭނެ އުސޫލްތައް ކަނޑައައެޅުން
  • ދިވެހި މަސްވެރިން އަތުންމަސްގަނެ، ޕްރޮސެސްކުރާނެ ގޭދޮށު މަސްޕްލާންޓްތައް ތަރައްގީކޮށް ހިންގުމަށް ފުރުސަތު ހުޅުވާލުން

މި ކަމާއި ގުޅޭ އިންތިޒާމްތައް ހަމަޖެއްސުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިލްތިމާސް ކުރުމަށް ގަރާރުގައި ވަނީ ހުށަހަޅައިފަ އެވެ.

ދިވެހި މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވައި، ދިވެހި މަސްވެރިން ބާނާ މަހަށް ހަމަ އަގުހޯދާދީ ދިވެހި އުފެއްދުންތެރިކަން އިތުރުކުރުމަކީ ސަރުކާރުގެ އިތުރުން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ވައުދެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
15 ޖުލައި 2019 | ހޯމަ 15:12
alhamdulillah
ވަރަށް ފުރިހަމަ ޙިޔާލެއް!
15 ޖުލައި 2019 | ހޯމަ 14:58
ރަށޫމީހާ
ކޮސްވާހަކަ. ނިދާކޮޓަރީގެ އެދުތަންދޮށުގައި މަސްފެކްޓަރީ އެޅީމަކާތާހިރެއްނުވާނެ.