Advertisement
ކ. މާލެ
|
15 ޖުލައި 2019 | ހޯމަ 10:23
މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
ޝުއައިބް މުހައްމަދު އިގްބާލް
ސިވިލް ސާވިސް ކޮމިޝަން
ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުންނާއި ބައްދަލުކުރާ ކޮމިޓީ ސިއްރުކޮށްފި
ކޮމިޝަންގެ ފަސް މެންބަރުން ކޮމިޓީއަށް ހާޒިރު ކުރުމަށް ނިންމާފައިވަނީ ވަކިވަކިން

ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުންނާއި ބައްދަލު ކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ސިއްރު ކޮށްފިއެވެ.

ހޯމަ ދުވަހުގެ ކޮމިޓީއަށް ކޮމިޝަންގެ މެންބަރުން ހާޒިރު ކުރުމަށް ހަމަޖެހިފައިވަނީ:

9:30- ކޮމިޝަންގެ މެންބަރު ފާތިމަތު އާމިރާ

10:15- ކޮމިޝަންގެ މެންބަރު އިބްރާހިމް ޝަހީގް

11:05- ކޮމިޝަންގެ މެންބަރު ޒަކަރިއްޔާ ހުސައިން

12:00- ކޮމިޝަންގެ ނައިބް ރައީސް ޝަހީދު މުހައްމަދު

Advertisement

14:00- ކޮމިޝަންގެ ރައީސް ޑރ އަލީ ޝަހީމް

ސިވިލް ސާވިސް ކޮމިޝަން ގެ މެމްބަރުން ކޮމެޓީއަށް ހާޒިރު ކުރަން ނިންމާފައި މިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އާންމުކޮށް ކޮމިޝަން ތަކާއި ބައްދަލު ކުރަމުންދާ އުސޫލުންނެވެ.

މިދިޔަ ހަފްތާގައި ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ސިވިލް ސާވިސް ކޮމިޝަން ގެ ނައިބު ރައީސް ގެ މަގާމުން ޝަހީދު މުހައްމަދު ވަކި ކުރުމަށް ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ ވަނީ ހުށަހަޅުއްވާފައެވެ.

ކޮމެޓީ ބައްދަލުވުމުގައި ބާރަށު ދާއިރާގެ މެމްބަރު ވަނީ ސިވިލް ސާވިސް ކޮމިޝަން ގައި ހިނގާ ހުރިހާ ގާނޫނާއި ޚިލާފު މައްސަލަތަކުގައި ކޮމިޝަންގެ ނައިބު ރައީސް ގެ އިހުމާލު އޮތްކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ސީއެސްސީގެ ބައެއް މުވައްޒަފުންގެ ހައްގުތަކަށް ވެސް ޝަހީދު އަރުއްވާފައިވާ ކަމަށް ވެސް ތުހުމަތު ކުރެއްވިއެވެ.

ޝަރުތު ހަމަ ނުވެހުރެ މަގާމު ދީ މަގާމުގެ މައްސޫލިއްޔަތު އަދާނުކުރައްވާ އެތައް ބައެއްގެ ހައްގުތަކަށް އަރައިގަންނަ ކަމުގެ ތުހުމަތު ޝަހީދު މައްޗަށް ކުރައްވައި މަގާމުން ވަކިކޮށް ސީއެސްސީ ޒިންމާދާރު ކުރުވަން ޖެހޭ ކަމަށް ވެސް އަހްމަދު އަބްދުﷲ ވިދާޅުވިއެވެ. މި ހުށަހެޅުމަށް ތާއީދު ކުރައްވާފައިވަނީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމްއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް