Advertisement
ކ. މާލެ
|
15 ޖުލައި 2019 | ހޯމަ 10:06
ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް
ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް
ރައްޔިތުންގެ މަޖިލިސް
ަމަޖިލިސް 2019
ޝައިމްގެ މައްސަލައިގައި މުޅި ދައުލަތުން ޒިންމާ ނަގަންޖެހޭ: ޝިދާތާ
މިނިސްޓްރީ އާއި އެކު މުޅި ދައުލަތުން ޒިންމާ ނަގަންޖެހޭ
އެކި ފަންތީގެ އެކި ބާވަތުގެ ކުޑަކުދިންނަށް ހިދްމަތް ދިނުމަށްޓަކައި މަރުކަޒުތައް ގާއިމްކުރުމަކީ ދައުލަތުގެ ޒިންމާއެއް
ގެއްލިގެން ހޯދަމުން ދަނިކޮށް ޝައިމް ފެނިފައިވަނީ ޖުލައިމަހުގެ 1 ވަނަ ދުވަހު

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ޝައިމް އަބްދުﷲ މައްސަލައިގައި ،މުޅި ދައުލަތުން ޒިންމާ ނަގަންޖެހޭ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ ސޯޝަލް ސާރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް އެ ކަމަނާ ހާޒިރުކޮށް ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރ އާއި ސުވާލުކުރެއްވުމަށް ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ. ޖެންޑަރ މިނިސްޓަރާއި، މެމްބަރު ސުވާލު ކޮށްފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ޝައިމް އަބްދުﷲގެ، މައްސަލައިގައި މިނިސްޓަރ ނެންގެވި ޒިންމާއަކީ ކޮބައިތޯ އާއި އަދި އެކަމުގައި ޒިންމާވާންޖެހޭ ފަރާތަކީ ކޮބައިތޯއެވެ.

Advertisement

މެމްބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މި ކަމުގެ ޒިންމާ ޖެންޑަރ މިނިސްޓްރީން ކޮންމެވެސް މިންވަރަކަށް ނަގަންޖެހޭނެ ކަމަށާއި، ނަމަވެސް އެ ކަމަނާ ގަބޫލުކުރައްވާ ގޮތުގައި، މި ކަމުގެ ޒިންމާ ނަގަންޖެހޭނީ މުޅި ދައުލަތުން ކަމަށެވެ. އެކި ގިންތީގެ އެކި ފަންތީގެ އެކި ބާވަތުގެ ކުޑަކުދިންނަށް ހިދްމަތް ދިނުމަށްޓަކައި މަރުކަޒުތައް ގާއިމްކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

"މި ވަގުތު ކުޑަކުދިން ބަލަހައްޓަން ގާއިމްކުރެވިފައިވާ މަރުކަޒުތަކަކީ އެކި ހާލަތްތަކުގައި ކުޑަކުދިން ބަލާނެ ފަރާތްތައް ނެތިގެން އަދި އިހްމާލުވެގެން މިފަދަ ހާލަތްތަކުގައި ހާއްސަ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކާ ކުދިން މަރުކަޒު ކުރެވޭ މަރުކަޒުތަކެއްކަން އަޅުގަނޑު މި ފުރުސަތުގައި ފާހަގަކުރަން "
ޝިދާތާ ޝަރީފް ވިދާޅުވިއެވެ.

އުމުރުން 14 އަހަރުގެ ޝައިމް ގެއްލިގެން ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވަނީ ޖޫން މަހުގެ 18 ވީ އަންގާރަ ދުވަހުއެވެ. ޝައިމް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް، އޭނާ ފެނިފައިވަނީ ޖުލައިމަހުގެ އެއްވަނަ ދުވަހު މާލޭގެ ގެއަކުންނެވެ.

ޝައިމް ގެއްލިފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ހުއްޓަ އެވެ. އެ މައްސަލާގައި ގިނަ ބަޔެއްގެ ފާޑުކިޔުންތައް ޖެންޑާރ މިނިސްޓަރަށް އަމާޒުވިއިރު، މިނިސްޓަރ ޝިދާތާ ވަނީ ޝައިމް ފިލީ ކަމަށާއި، ފިލުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ކުރި ކަމަށް ވިދާޅުވެފަ އެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން މިހާރަށް ވުރެ ރަނގަޅަށް ބެލުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް