Advertisement
ކ. މާލެ
|
14 ޖުލައި 2019 | އާދީއްތަ 17:50
ގާޒީ ހަސަން ސައީދު
ގާޒީ ހަސަން ސައީދު
ޝުއައިބް މުހައްމަދު އިގްބާލް
ޖުޑީޝަލް ސާވިސް ކަމިޝަން
މުއައްޒަފުންނަށް ޝަހާދަތް ކިޔަން އެންގީ އިހާނާތްތެރި ކުރުވުމުގެ ގޮތުންނެއް ނޫން: ހަސަން ސައީދު
ހަމައެކަނި 10 މިނިޓް ގުރުއާން ކިޔެވުމަށްފަހު ބައްދަލުވުން ނިންމާލާ ޝަކުވާ
މޫކައި ހޮޓެލްގައި ބައްދަލުވުން ބޭއްވީ "ހެޔޮ" ނިޔަތުގައި
ހަސަން ސައީދާއި ގުޅޭ ބަދުއަޚުލާގީ މައްސަލައެއް ޖޭއެސްސީއިން ނުބަލާ

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފެމިލީ ކޯޓުގެ މުއައްޒަފުން ބޭއްވި އިވެންޓެއް ފެށުމުގެ ކުރިން ގިބްލައަށް ކުރިމަތި ކުރުވައި ޝަހާދަތުގެ ދެ ކަލިމަ ކިޔަން އެންގީ އެ މުވައްޒަފުންނަށް އިހާނެތްތެރި ވުމުގެ ގޮތުން ނޫންކަމަށާއި އެއީ އިސްލާމް ދީނަށް ފަރުވާތެރިކުރުމަށް ކަމަށް ސަސްޕެންޑް ކޮށްފައިވާ އެކޯޓުގެ އިސް ގާޒީ، ހަސަން ސައީދު ވިދާޅުވެއްޖެއެވެ.

ފެމިލީ ކޯޓުގެ މުވައްޒަފުން ހަސަން ސައީދާއި ގުޅޭގޮތުން ހުށައަޅާފައިވާ ޝަކުވާތަކާއި ގުޅިގެން ހިންގި ތަހުގީގުގެ މަޖިލީހުގައި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ އެގޮތަށް ކަންތައްތައް ކުރެއްވީ މުސްލިމުންނަށް ހިދުމަތް ދޭ ބަޔަކަށްވާތީ ކަމަށެވެ. އަދި ގުރުއާން ކިޔުއްވުން އެއީ މައްސަލައެއް ނޫން ކަމަށާއި އެއީ ފާފައެއް ވެސް ނޫން ކަމަށް ވިދާޅުވިއެވެ.

ކޯޓުގައި ބައްދަލުވުމެއް އޮތްކަމަށް މުވައްޒަފުންނަށް އަންގާ އެ ބައްދަލުވުން އެއީ ކޮން ބޭނުމެއްގައި ބާއްވާ ބައްދަލުވުމެއްކަމަށް ވިދާޅުނުވެ ހަމައެކަނި 10 މިނިޓް ގުރުއާން ކިޔެވުމަށްފަހު ބައްދަލުވުން ނިންމާލާ ޝަކުވާ ވެސް ވަނީ ކޮށްފައެވެ. އެކަމަކު ހަސަން ސައީދު އެކަމަށް އިންކާރު ކުރެއްވިއެވެ.

މީގެ އިތުރުން ހަސަން ސައީދު ޗުއްޓީގައި ހުންނަވަނިކޮށް ފެމެލީ ކޯޓުގެ މުވައްޒަފަކު އެކޯޓުގެ އިސްގާޒީ ބިއުރޯގެ ފަރާތަކާއި ގުޅިހެން ހުށައެޅި ޖިންސީ ފުރައްސާރައިގެ މައްސަލައަކާއި ގުޅިގެން އެމައްސަލަ ނުބެލުމަށް އެދުނުކަމުގެ ޝަކުވާ ވެސް ވަނީ އޭނާގެ މައްޗަށް ކޮށްފައެވެ. އެޝަކުވާގައި ޖިންސީ ޝިކާރައަށްވީ މުވައްޒަފު އެމައްސަލަ އަވަސް ކޮށްދިނުމަށް އެދި ހަސަން ސައީދަށް ގުޅުމުން "ގުރުއާނުގެ އާޔަތެއް ވިދާޅުވެ އެކަން ސުލްހަވެރިކޮށް ދެމީހުން އެމައްސަލަ ނިންމާލުމަށް އެދުނު" ކަމަށެވެ.

ހަސަން ސައީދު ވިދާޅުވީ އެމައްސަލައިގައި ޖިންސީ ފުރައްސާރަ ކުރި މުވައްޒަފުގެ މައްސަލަ ހުށައެޅުމަށް އިރުޝާދު ދެއްވީ ވެސް އޭނާ ކަމަށެވެ. އަދި އެމައްސަލަ ނުބެލުމަށް މައްސަލަ ހުށައެޅިފަރާތް ކައިރީގައި އެދިފައި ނުވާނެކަމަށެވެ. ޖިންސީ ފުރައްސާރަ ކުރި މުވައްޒަފު މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފައި ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

މިއަހަރުގެ ޖެނުއަރީގައި ކޯޓުގެ ފަނޑިޔާރުންގެ ބައްދަލުވުން ބޭއްވުމަށް މޫކައި ހޮޓެލްގައި ބޭއްވީ ދެ މުވައްޒަފުން އަމިއްލަ ޖީބުން ހަރަދުކޮށްގެން ކަމަށް ވެސް ޝަކުވާގައިވެއެވެ. އަދި ކޯޓުގައި ވެސް އެ ބައްދަލުވުން ބޭއްވޭނެ ކަމަށް މުވައްޒަފުން ހުށައެޅި ޝަކުވާގައި ވަނީ ބުނެފައެވެ. ނަމަވެސް މޫކައި ހޮޓެލްގައި އެ ބައްދަލުވުން ބޭއްވީ "ހެޔޮ ނިޔަތުގައި" ކަމަށާއި އެތަން ހިފުމަށް އަމިއްލަފުޅު ކްރެޑިޓް ކާޑު މުވައްޒަފަކަށް ދެއްވާ އެތަން ހިފީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމަށް 6،000ރ އަމިއްލަ ފުޅު ޖީބުން ޚަރަދު ކުރެއްވިކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެ ބައްދަލުވުމުގެ ތެރެއިން ފަނޑިޔާރަކާއި ދިމާލަށް ވިދާޅުވާން ނުޖެހޭއެއްޗެއް ވިދާޅުވެ އެބައްދަލުވުމުގައި ކޯފާ އިސްކުރައްވާ "ގެޓް އައުޓް" އެތަށް ފަހަރަކު ވިދާޅުވެ އޭނާ އެތަނުން ބޭރުކުރެއްވި ކަމުގެ ޝަކުވާ ވެސް އައެވެ. ހަސަން ސައީދު ވިދާޅުވީ އެގޮތަށް ވިދާޅުވި ކަމަށާއި އެހެން ވިދާޅުވީ ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ނިސްބަތްކުރައްވާ ކަމަށާއި، އެހެން ވިދާޅުވާން ޖެހުނީ އެއީ އާންމު އުސޫލާއި ޚިލާފަށް ކަންތައްތައް ކުރައްވާ ބޭފުޅަކަށް ވާތީ ކަމަށެވެ.

ފެމިލީ ކޯޓުގެ އެޑްމިނިސްޓްރޭޓަރ އާއި މުޚާތަބު ކުރައްވާއިރު ނަފްސަށް ހުތުރުވާ ގޮތަށް ވާހަކަ ދެއްކި ކަމަށް ޝަކުވާ ހުށައެޅިއެވެ. އެ މައްސަލައިގައި އެޑްމިނިސްޓްރޭޓަރ އޮފީހަށް ވަޑައިނުގަންނަވާ ދުވަހެއްގައި އޭނާ ވަޑައިނުގަންނަވާ ކަމަށް މުވައްޒަފަކު ވިދާޅުވުމުން ކައިރީގައި ހުރި ޑަސްޓްބިން ބަލާ "މީގައި ވެސް ނެތް" ކަމަށް ވިދާޅުވެ ނަފްސަށް ހުތުރުވާގޮތަށް ވާހަކަ ދެއްކެވި ކަމުގެ ޝަކުވާ އައެވެ. ނަމަވެސް ހަސަން ސައީދު އެކަމަށް އިންކާރު ކުރެއްވިއެވެ.

މިއަޑުއެހުމުގައި ހަސަން ސައީދު ވިދާޅުވީ އޭނާއާއި ބެހޭ މައްސަލަތައް ހުށައަޅަން ފެށުނީ ކޯޓުގެ ތެރޭގައި ހައްޖު ގުރޫޕުގެ މަސައްކަތް ކުރަމުންދާ މައްސަލަ ބަލަން ފެށި ހިސާބުން ކަމަށެވެ. އަދި އޭނާއަކީ އަބަދު ވެސް ކަރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރައްވާނެ ފަރާތެއްކަމަށާއި އަދި ދޮގުހަދައިގެން މަގާމުގައި ހުންނަވާނެ ފަރާތެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.

އާދީއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ޖޭއެސްސީއިން ބަލަމުން ދަނީ އޭނާގެ ބަދު އަޚުލާގީ މައްސަލައެއް ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާކަމަށާއި އޭނާއަކީ ދުވަހަކު ވެސް އެފަދަ ކަމެއް ކުރައްވާފައިވާ ބޭފުޅެއް ނޫންކަމަށްބުނެ ފުން އަސަރުތަކެއްކޮށް ތަހުގީގު މަޖިލީހުގައި ކީރިތި ކުރެއްވުނެވެ. އަދި ވިދާޅުވީ އެޚަބަރާއި ގުޅިގެން އޭނާއާއި އާއިލާއަށް ވަރަށްބޮޑު ދެރައެއް ލިބުނު ކަމަށެވެ.

ވަރަށް ދެރަވެއްޖެ. 18 އަހަރު ކޯޓުގައި މަސައްކަތް ކުރި އިރު އަޅުގަނޑު ނޯންނާނެ އެފަދަ ކަމެއް ކޮށްފައެއް. އަޅުގަނޑުގެ މަންމައާއި އަންހެނުން. އާއިލާއަށް ވަރަށް ބޮޑު ދެރައެއް. ބަދުއަޚުލާގީ މައްސަލައެއްގައި އަޅުގަނޑު ނޯންނާނެ ކޮށްފައެއް.

ޖޭއެސްސީއިން ވެސް ވަނީ ހަސަން ސައީދާއި ގުޅޭ އެފަދަ މައްސަލައެއް ނުބަލާކަމަށް ބުނެފައެވެ.

އާދީއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ހަސަން ސައީދުގެ ދެމައްސަލައެއްގެ އަޑުއެހުމެއް ވަނީ ބާއްވާފައެވެ. މިމައްސަލަ ހުޅުވާލައިގެން ބޭއްވީ އެގޮތަށް ހަސަން ސައީދު އެދިލެއްވުމުންނެވެ.

އެމައްސަލަ ބެއްލެވީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި ހައިކޯޓުގެ ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހިމެވެ. އަޑުއެހުމަށް ހަސަން ސައީދު ވަޑައިގެންނެވީ ގާނޫނީ ވަކީލަކާ ނުލަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
15 ޖުލައި 2019 | ހޯމަ 08:13
ޖެކް
މީހެއްގެ ގައިގައި ޖަހަން އަތްނަގާފަ ހުރި ފޮޓޮއެއް ދެއްކުމަށްފަހު އެއީ ސަލާމްކުރަންދިއްކޮށްފައި ހުރި އަތެއް ކަމުގައިވެސް ބުނެދޭން މަސައްކަތްކުރެވިދާނެ. ނަމަވެސް ކަންކަން ތަފްސީރުކުރަންޖެހޭނީ ވަށައިގެން ހުރިކަންކަމަށް ރިޢާޔަތްކޮށްގެން.
15 ޖުލައި 2019 | ހޯމަ 08:09
ޚާރިބު
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި އާމިރު އަދި ލައިޝާ ފެމިލީކޯޓުގެ މުވައްޒަފުންގެ އަބުރަށް ހުތުރުވާގޮތަށް ހުރިހާ ވާހަކައެއް ދެއްކީ ނަމަވެސް ހަސަނު މުވައްޒަފުންނާމެދު މުއާމަލާތްކުރި އިހާނެތި ހުރިހާގޮތެއް ދިފާޢުކުރީ ކިހިނެއްވެގެންބާ؟ ބަޔަސް، އަދި ހަގީގަތާ ޚިލާފު ވާހަކަ ގެނެސްދޭ ޕްރޮގްރާމެއް
15 ޖުލައި 2019 | ހޯމަ 07:05
ނަޖީބް
ކޯޓު ތަކިގައި ދީނީ ކަންކަން އިތުރު ކޮށް، ﷲ އަށް ބޮރުވެތިވުން އިތުރު ކުރަންޖެހޭ.. އެ މީހެއްގެ ކިބައިގައި ދީނީ ރޫހު ހުރި މީހަކު، ރަނގަޅު ނިޔަތެއްގައި ކޮށްފާނެ ކަންކަން ތިޔަ ހުންނަނީ..
15 ޖުލައި 2019 | ހޯމަ 00:12
ޖަޖުން
މިހުރިހާކަމެއްގެ އާޚިރު ނަތީޖާއްކީ ރަންގަޅައްތިބި ފަނޑިޔާރު ބޭޒާރުކޮއް އަބުދﷲ ގާޒީ ފަދަ ފޭކުމީހުންނައް ފުރުސަތުލިބި. ކޯޓުކޮންޓެމްޓުވުން.
14 ޖުލައި 2019 | އާދީއްތަ 19:11
ޚަބަރެއް ފޮނުއްވުމަށް
އިހާނަތް ތެރިވާކަމެއްތަ ޝަހާދަތް ކިޔަންއެންގުން އެއީ!؟