Advertisement
ކ. މާލެ
|
14 ޖުލައި 2019 | އާދީއްތަ 12:39
ނައިބް ރައީސް ފައިސަލް ނަސީމް (މ) ފުވައްމުލަކު ކައުންސިލާއި ބައްދަލުކުރައްވަނީ
ނައިބް ރައީސް ފައިސަލް ނަސީމް (މ) ފުވައްމުލަކު ކައުންސިލާއި ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ނައިބް ރައީސް
ނައިބް ރައީސް ފުވައްމުލަކު ސިޓީ ކަައުންސިލާއި ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުން އޮތީ ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގައި
އެ މަނިކުފާނުގެ މި ދަތުރުފުޅަކީ އައްޑޫ ސިޓީ އަދި ފުވައްމުލަކުގައި ކުރިއަށްދާ މަޝްރޫއުތައް ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެއް
މި ދަތުރުފުޅުގައި ހެލްތް މިނިސްޓަރާއި، އެންވަޔަރަމަންޓް މިނިސްޓަރު ބައިވެރިވެ ވަޑައިގަންނަވާ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ފުވައްމުލަކު ސިޓީކައުންސިލާ ބައްދަލު ކުރެއްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގައެވެ.

Advertisement

ނައިބް ރައީސް ފުވައްމުލަކަށް ކުރައްވާ ޒިޔާރަތުގައި ކައުންސިލާއި ބައްދަލުކޮށް ސިޓީގެ ހާލަތު ވަނީ އޮޅުން ފިލުއްވާފައެވެ. މީގެ އިތުރުން ފުވައްމުލަކު ސިޓީގެ މަގުހެދުމުގެ މަޝްރޫއު ކުރިޔަށްދާ ގޮތް އެ މަނިކުފާނު ބެއްލެވުމަށް ވަނީ ހަމަޖެހިފައެވެ.

ނައިބް ރައީސް ކަައުންސިލާއި ބައްދަލުކުރައްވާ، ފުވައްމުލަކު ރައްޔިތުންގެ ހާލު ވަނީ އޮޅުން ފިއްލުވާފައި

ނައިބް ރައީސްގެ މި ދަތުރުފުޅަކީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި ސަރުކާރުން ކުރިޔަށްގެންދާ ތަރައްގީގެ މަޝްރޫއުތައް ބައްލަވާލެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެއެވެ.

އެ މަނިކުފާނުގެ މިދަތުރުފުޅުގައި ހޮނިހިރު ދުވަހު އައްޑޫސިޓީގެ ހުޅުމީދޫގެ މަގުހަދާ ސަރަހައްދާއި އައްޑޫ ކޮންވެންޝަން ސެންޓަރުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ އާ ހޮސްޕިޓަލުގެ އިތުރުން އައްޑޫ ނަރުދަމާނިޒާމް ގާއިމު ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ވަނީ ބައްލަވާލައްވާފައެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެންވަޔަރުމަންޓު މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހުސައިން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް