Advertisement
ކ. މާލެ
|
14 ޖުލައި 2019 | އާދީއްތަ 12:42
ތު ހާބަރާދިމާލުން ފެނުނު ސައިކަލު
ތު ހާބަރާދިމާލުން ފެނުނު ސައިކަލު
ފޭސްބުކް
ޕޮލިސް
ގެއްލިގެން ހޯދަމުންދިޔަ ސައިކަލު ފެނުނީ މޫދުން
ސައިކަލް ފެނުނީ ނޯތު ހާބަރާދިމާލުގައި އޮތް ބޯޓަކުން މޫދަށް ވެއްޓުނު އެއްޗެއް ނަގަން ފުންމާލިމީހަކަށް

ދެމަސް ކުރިން ގެއްލިގެން ހޯދަން އިއުލާންކުރި ސައިކަލު މޫދު އަޑިން ފެނިއްޖެއެވެ.

ފުލުހުން ބުނީ ހޮނިހިރު ދުވަހުގެރޭ 8 ޖަހާކަށްހާއިރު ނޯތު ހާބަރާދިމާލުގައި އޮތް ބޯޓަކުން މޫދަށް ވެއްޓުނު އެއްޗެއް ނަގަން ފުންމާލިމީހަކަށް ސައިކަލެއް ފެނިފައިވާކަމަށެވެ.

Advertisement

އަދި ސައިކަލު ފެނިގެން ފުލުހުންނަށް ރިޕޯޓް ކުރުމުން ފުލުހުން ބެލިބެލުމުން އެއީ މި އަހަރުގެ އޭޕްރިލް 16 ވަނަ ދުވަހު ގެއްލިގެން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށައަޅާފައިވާ ސައިކަލެއްކަން އެނގިފައިވާކަށެވެ.

ފލުހުން ފޭސްބުކްގައި ސައިކަލް ގެއްލިގެން ކޮށްފައިވާ އިއުލާން

ފުލުހުން ބުނީ އެމަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށެވެ.

ސައިކަލު ވަގަށް ނެގުމަކީ މާލޭގައި މިހާރު އާންމު ކަމެކެވެ. ގެއްލިގެން ސައިކަލު ހޯދަން ފުލުހުން ވަރަށް ގިނައިން އިއުލާނު ކުރެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް