Advertisement
ކ. މާލެ
|
14 ޖުލައި 2019 | އާދީއްތަ 13:05
ހޮނިހިރުދުވަހުގެ ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވެފައިވާ ފަރާތެއް
ހޮނިހިރުދުވަހުގެ ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވެފައިވާ ފަރާތެއް
ސަން
އެކްސިޑެންޓް
ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި ދެމީހުންނަށް ވެސް އަންނަނީ ފަރުވާދެމުން: ފޮލިސް
ފަރުވާދެމުން އަންނަނީ 25 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެއްގެ އިތުރުން 36 އަހަރުގެ ދިވެހި ފިރިހެނަކަށް

ހޮނިހިރު ދުވަހުގެ ރޭ 1:10 ހާއިރު މަޖީދީމަގާ ސައްޔިދު ކަލޭފާނުމަގު ގުޅުނު ހިސާބުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ދެމީހުންގެ ތެރެއިން އެކަކަށް އައިޖީއެމްއެޗްގައި އަދި އަނެއްމީހާއަށް އޭޑީކޭގައި ފަރުވާދެމުންގެންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން މައުލޫމާތު ދީފިއެވެ.

މި ހާދިސާގައި އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަނީ 25 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނަކަށެވެ.

Advertisement

ބޮޑު އަނިޔާއެއް ލިބިފައިވަނީ ސައްޔިދުކަލޭފާނު މަގުން ވަން ވޭ އާ އިދިކޮޅަށް ދުއްވާފައި ދިޔަ ސައިކަލުގައި އިން ބަންގްލަދޭޝްގެ ދެމީހުންގެ ތެރެއިން ފިރިހެނަކަށް ކަމަށް މަންޒަރުދުއް މީހުންނާއި ހަވާލާދީ ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. އަދި މަޖީދީމަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ވޭވް ބްރޭންޑުގެ ސައިކަލުގައި ތިބީ ދެ ދިވެހީން ކަމަށާއި އަދި އޭގެތެރެއިން އެކަކު ފިލާފައިވާ ކަމަށް ވެސް މަންޒަރުދުއް މީހުންނާއި ހަވާލާދީ ނޫސްތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްއިން އަންނަނީ އިތުރަށް ތަހުގީގް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް